Roadha Mihaaru
މެކްޑޮނަލްޑްސްގެ ރަަހަތައް އުށްބައްތީގެ ވަހުން

މެކްޑޮނަލްޑްސްގެ ރަަހަތައް އުށްބައްތީގެ ވަހުން

24 ފެބުރުއަރީ 2020

އެމެރިކާގެ މަޝްހޫރު ފާސްޓްފުޑް ޗެއިން މެޑޮކްނަލްޑްސް އިން އެ ތަނުގެ މަގުބޫލު ބާގަގެ ތެރޭގައި ހިމެނޭ ކްއާޓާ ޕައުންޑާ ނެރޭތާ 50 އަހަރު ފުރުމާ ދިމާކޮށް އެ ބާވަތުގެ ބާގަ ތައްޔާރުކުރަން ބޭނުންވާ ތަކެތީގެ ރަހަ، ވަހުން ގެނެސްދޭ އުއްބައްތި ކަލެކްޝަނެއް ނެރެން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ މަޝްހޫރު ފާސްޓްފުޑް ޗެއިން މެޑޮކްނަލްޑްސް އިން އެ ތަނުގެ މަގުބޫލު ބާގަގެ ތެރޭގައި ހިމެނޭ ކްއާޓާ ޕައުންޑާ ނެރޭތާ 50 އަހަރު ފުރުމާ ދިމާކޮށް އެ ބާވަތުގެ ބާގަ ތައްޔާރުކުރަން ބޭނުންވާ ތަކެތީގެ ރަހަ، ވަހުން ގެނެސްދޭ އުއްބައްތި ކަލެކްޝަނެއް ނެރެން ނިންމައިފި އެވެ.

ހަ އުއްބައްތި ހިމެނޭ މި ކަލެކްޝަންގެ ދަށުން ނެރޭނީ ބަނަހާއި ޗީޒާއި ސޯސް އާއި ޕިކްލްސް އާއި ފިޔާ އާއި ބީފް ބާގާގެ ވަސް އެކުލެވޭ އުއްބައްތިތަކެވެ. ނަމަވެސް މި ކަލެކްޝަން ނެރޭނެ ސީދާ ތާރީހެއް އަދި އިއުލާންނުކުރި ނަމަވެސް، މީގެ ފޮޓޯތަކެއް ވަނީ ދައްކާލައިފި އެވެ. ކްއާޓާ ޕައުންޑާ އަކީ މެކްޑޮނަލްޑްސް އިން 1970 ގައި ތައާރަފުކުރި ބާގާއެކެވެ.

މި ވައްތަރުގެ ބާގާގެ ވަހުން ބަނޑުފުރައިލަދޭނެ ވަހާ އެކު ތައްޔާރު ކުރި އުއްބަތި ހުންނާނީ ބިއްލޫރި ތަށިތަކުގަ އެވެ. އޭގެ ކުލަތަކުގެ ތެރޭގައި ރަތާއި ފެއްސާއި ހުދާއި ރީނދުލާއި މަޑު މުށި އަދި ގަދަ މުށި ކުލަ ހިމެނެ އެވެ. އަދި އެ އެއްޗެހީގެ ބޭރުގައި ކޮން ވަހެއްކަން އަންގައިދޭ ގޮތަށް ލިޔެފައި ހުންނާނެ އެވެ.

އުއްބައްތީގެ އިތުރުން މެކްޑޮނަލްޑުން ވަނީ ތަފާތު އައިޓަމްތަކަކާ އެކު މާޗެންޑައިޒްތަކެއް ވެސް ނެރެފަ އެވެ.

އޭގެ ތެރޭގައި ޓީ-ޝާޓާއި އަންގި އާއި ކަލަންޑަރާއި ކަރުގައި އަޅާފަށާއި ސްޓިކާ އަދި ޕިން ހިމެނެ އެވެ. މި ތަކެތި މެކްޑޮނަލްޑްސްގެ ފޭން ކުލަބް ސައިޓުން މިހާރު ގަންނަން ލިބެން ހުންނާނެ އެވެވެ.