Roadha Mihaaru
ރަޝިއާގެ މީހުން އަމިއްލަ "މެކްޑޮނާލްޑްސްއެއް" ހަދައިފި

ރަޝިއާގެ މީހުން އަމިއްލަ "މެކްޑޮނާލްޑްސްއެއް" ހަދައިފި

13 ޖޫން 2022

އެމެރިކާގެ މަލްޓިނޭޝަނަލް ފާސްޓް ފުޑް ޗެއިން "މެކްޑޮނާލްޑްސް"ގެ ރެސްޓޯރެންޓުތައް ރަޝިއާގައި ބަންދުކުރުމުން، ހަމަ އެތަނުން ލިބުނު ކެއުންތަކާ އެކު، ރީބްރޭންޑްކޮށް އަމިއްލަ ރެސްޓޯރެންޓްތަކެއް އެ ގައުމުގައި އިއްޔެ ހުޅުވައިފި އެވެ.

ރަޝިއާގައި ހުންނަ "މެކްޑޮނާލްޑްސް"ގެ 850 ރެސްޓޯރެންޓްތައް ބަންދުކުރީ ރަޝިއާ-ޔުކްރެއިން ހަނގުރާމައާ ގުޅިގެންނެވެ.

ބަންދުކުރި ރެސްޓޯރެންޓްތައް، "މެކްޑޮނާލްޑްސް" އިން ވަނީ ރަޝިއާގައި ވިޔަފާރީވެރިޔަކަށް ވިއްކާލައިފަ އެވެ. އެ ރެސްޓޯރެންޓްތައް ގަތުމަށް ފަހު، އެ މީހާ ބޭނުންވީ ހަމަ އެ ކެއުންތައް ލިބޭ ތަންތަން ގޮތުގައި އެތަންތަން ހިންގުމަށެވެ.

ރެސްޓޯރެންޓްތައް ރީބްރޭންޑްކޮށް، ރަޝިއާ ބަހުން ވަނީ ނަން ވެސް ދީފަ އެވެ. އިނގިރޭސި ބަހަށް ތަރުޖަމާކުރުމުން އެ ބްރޭންޑަށް ކިޔެނީ "ޑެލީޝިއަސް: ފުލް ސްޓޮޕް" އެވެ. ފުރަތަމަ ދުވަހު ވެސް، ކަސްޓަމަރުންގެ ބޮޑު ކިއުއެއް އޮތެވެ.

ރަޝިއާގައި "މެކްޑޮނާލްޑްސް"ގެ ރެސްޓޯރެންޓެއް އެންމެ ފުރަތަމަ ހުޅުވީ 1990ގަ އެވެ. އަދި އެއީ ރަޝިއާގައި އެމެރިކާ އިން ފެށި އެންމެ ފުރަތަމަ ވިޔަފާރީ ވެސް މެ އެވެ.

ރަޝިއާ-ޔުކްރެއިން ހަނގުރާމައާ ގުޅިގެން އެމެރިކާގެ ވަރަށް ގިނަ ކުންފުނިތަކުން ވަނީ ރަޝިއާގައި ވިޔަފާރީކުރުން ހުއްޓާލައިފަ އެވެ.