11 ނޮވެމްބަރ 2020
އެމެރިކާގެ މަޝްހޫރު ފާސްޓް ފުޑް ޗެއިން މެކްޑޮނަލްޑްސް އިން އަންނަ އަހަރު "މެކްޕްލާންޓް" ގެ ނަމުގައި އާ އުފެއްދުމެއް ނެރެން ނިންމައިފި އެވެ.
އެމެރިކާގެ މަޝްހޫރު ފާސްޓް ފުޑް ޗެއިން މެކްޑޮނަލްޑްސް އިން އަންނަ އަހަރު "މެކްޕްލާންޓް" ގެ ނަމުގައި އާ އުފެއްދުމެއް ނެރެން ނިންމައިފި އެވެ.
މިކަން އިއުލާންކުރަމުން އެ ކުންފުނީގެ ބްލޮގްގައި ބުނީ ބާގަ އަށް ހާއްސަ ޕްރޮޓީނެއްގެ ގޮތުގައި ނެރޭ އާ އުފެއްދުމަކީ އެއްގަމު މަހުގެ ބާވަތްތަކުގައި ބޭނުންކުރާނެ ޕްލާންޓް-ބޭސްޓް ޕްރޮޓީނެއް ކަމަށެވެ. ހާއްސަކޮށް ކުކުޅު މަހުހެ ބަދަލުގަ އެވެ. މެކްޑޮނަޑްލްސްގެ "މީޓް-ފްރީ" މެނޫ އަށް އެންމެ ފުރަތަމަ މި ތައާރަފުކުރާނީ އެ ކުންފުނީގެ އެންމެ ބޮޑެތި މާކެޓްތަކުގަ އެވެ. އެ ކުންފުނިން ވަނީ މިދިޔަ އަހަރު ކެނެޑާ އާއި އޮސްޓްރޭލިއާގައި ޕްލާންޓް-ބޭސްޑް ބާގާގެ ޓްރައިލްތަކެއް ތައާރަފުކޮށްފަ އެވެ.
އެކަމަކު "މެކްޕްލާންޓް" އެންމެ ފުރަތަމަ ނެރޭނެ މާކެޓްތަކާއި ނެރޭނެ ސީދާ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
McDonald’s will introduce a line of plant-based burgers https://t.co/KemJVUAPga
— Boing Boing (@BoingBoing) November 9, 2020
"މެކްޕްލާންޓަކީ އަހަރެމެންގެ ވަރަށް ހާއްސަ އުފެއްދުމަކަށް ވާނެ،" މެކްޑޮނަލްޑްސްގެ އިންޓަނޭޝަނަލް ބިޒްނެސްގެ ޕްރެޒިޑެންޓް އިއާން ބޯޑެން ވިދާޅުވި އެވެ. "މިފަދަ އުފެއްދުމަށް މާކެޓަށް ނެރުމަށް ނިންމީ މިހާތަނަށް ހެދި ޓްރައިލްތަކުގެ ނަތީޖާ އަޑް ބަލާފައި. ވަރަށް ގިނަ ކަސްޓަމަރުންތަކެއް މިހާރު ޑިމާންޑްކުރޭ ޕްލާންޓް-ބޭސްޑް މެނޫ އަށް."
imagine being a multi billion dollar company and the best veg product name you can come up with is McPlant
— janeys got a gunnel #BLM (@jin_jan_) November 9, 2020
ބޯޑެން ވިދާޅުވި ގޮތުގައި "މެކްޕްލާންޓް" އަކީ މެކްޑޮނަލްގެ ސިގްނޭޗާ ރަހަތައް ނުގެއްލޭ ގޮތަށް، ކަސްޓަމަރުން ގަޔާވެ ހުރިހާ ގޮތްތަކެއް ބަލައިގެން ގެނެސްދޭނެ އުފެއްދުމެއް ކަމަށެވެ.
"ވަރަށް ޔަގީންކަން އެބައޮތް ކަސްޓަމަރުންނަށް ވަރަށް ގަޔާވާނެ ލޯބިވާނެ އެއްޗަކަށް މެކްޕްލާންޓްވާނެކަން. މިއީ އަހަރެމެންގެ ކަލިނަރީ ޓީމްގެ ވަރަށް ވެސް އުފެއްދުންތެރި ފުރިހަމަ މަސައްކަތަކަށް ވާނެ." އޭނާ ވިދާޅުވި އެވެ.
"މެކްޕްލާންޓް" ގެ ވާހަކަ މެކްޑޮނަލްޑްސް އިން ހިއްސާކުރުމާ އެކު ކަސްޓަމަރުން އަންނަނީ އެކި ކަހަލަ ޝުއޫރުތައް ވެސް ސޯޝަލް މީޑިއާގައި ފާޅުކުރަމުންނެވެ.
މެކް އަދި ބާގަ ކިންގާ ވާދަޔަށް "ވެންޑީޒް" ނުކުންނަނީ
ކޭއެފްސީ ގޭމިން ކޮންސޯލް އަކީ ޖޯކެއް ނޫން
ބާގަ ކިންގުން އެދެނީ މެކްޑޮނަލްޑްސް އަށް އޯޑަރު ދޭން
މަގާމުން ވަކިކުރި ސީއީއޯ އަށް މެކްޑޮނަލްޑްސް އިން ދައުވާ
މެކްޑޮނަލްޑްސް އިން ދޭ ކުޅޭ އެއްޗެހި ބަދަލުކުރަނީ
މެކްޑޮނަލްޑްސްގެ ރަަހަތައް އުށްބައްތީގެ ވަހުން
މެކްޑޮނަލްޑްސް ހަނޑޫ ބަނަސް ބާގަ ވިއްކަނީ
ރަޝިއާގެ މީހުން އަމިއްލަ "މެކްޑޮނާލްޑްސްއެއް" ހަދައިފި
"މެންގޯ ސްޓިކީ ރައިސް" މާ ބޮޑަށް މަޝްހޫރުވެއްޖެ
ވަކިކުރި ސީއީއޯއަކަށް ދިން 105 މިލިއަން ހޯދަނީ