ސިޑްނީ (ފެބްރުއަރީ 19) - ގެއްލިފައިވާ މެލޭޝިއާ އެއާލައިންސްގެ ބޯޓު އެމްއެޗް370 ވައްޓާލީ ޕައިލެޓް ގަސްދުގައި ކަމަށް މެލޭޝިއާގެ "އިސް އޮފިޝަލުންތަކެއް" ކުރިން ގަބޫލްކުރި ކަމަށް އޮސްޓްރޭލިއާގެ ކުރީގެ ބޮޑު ވަޒީރު ޓޯނީ އެބޮޓް ވިދާޅުވެއްޖެ އެވެ.
19 ފެބުރުއަރީ 2020
ސިޑްނީ (ފެބްރުއަރީ 19) - ގެއްލިފައިވާ މެލޭޝިއާ އެއާލައިންސްގެ ބޯޓު އެމްއެޗް370 ވައްޓާލީ ޕައިލެޓް ގަސްދުގައި ކަމަށް މެލޭޝިއާގެ "އިސް އޮފިޝަލުންތަކެއް" ކުރިން ގަބޫލްކުރި ކަމަށް އޮސްޓްރޭލިއާގެ ކުރީގެ ބޮޑު ވަޒީރު ޓޯނީ އެބޮޓް ވިދާޅުވެއްޖެ އެވެ.
މެލޭޝިއާ އެއާލައިންސްގެ ޖެޓް ގެއްލުނީ ކުއާލަ ލަމްޕޫރުން ބެއިޖިންނަށް ދަތުރު ކުރަނިކޮށް މާޗް 8، 2014 ގަ އެވެ. އެ ބޯޓުން 239 މީހުން ދަތުރުކުރި އެވެ. އެ ބޯޓާ ބެހޭ އެއްވެސް މައުލޫމާތެއް އަދި މިހާތަނަށް ލިބިފައެއް ނުވެ އެވެ. ބޯޓު ހޯދުމަށް އިންޑިއާ ކަނޑުގެ އަޑިން 120،000 އަކަމީޓަރު (46،000 އަކަ މޭލު) ގެ ސަރަހައްދެއް ވަނީ ބަލައިފަ އެވެ. ކަނޑުއަޑި ބެލުމަށް ދުނިޔޭގެ ތާރީޚުގައި ވެސް ހިންގި އެންމެ ބޮޑު އޮޕަރޭޝަނަށް ފަހު އެ މަސައްކަތް ހުއްޓާލީ ޖެނުއަރީ 2017 ގަ އެވެ.
އެމްއެޗް370 ހޯދުމަށް އެމެރިކާގެ އަމިއްލަ ކުންފުންޏަކުން ވަނީ 2018 ވަނަ އަހަރު މަސައްކަތް ފަށައިފަ އެވެ. ނަމަވެސް އެތައް މަހަކަށް ފަހު އެ ކުންފުނިން ކަނޑުއަޑި ބެލުން ހުއްޓާލީ ބޯޓާބެހޭ އެއްވެސް ނިޝާނެއް ނުފެނުމުންނެވެ.
މަތިންދާ ބޯޓު ގެއްލުމާ ގުޅޭ ގޮތުން ތަފާތު ގޮތްތަކަށް ވާހަކަތައް ފެތުރިފައިވެ އެވެ. ސްކައި ނިއުސް އިން މިއަދު ދެއްކި ޑޮކިއުމެންޓަރީއެއްގައި އެބޮޓް ވިދާޅުވެފައި ވަނީ ކެޕްޓަން ޒަހަރީ އަހުމަދު ޝާހު ވަނީ ގަސްދުގައި ބޯޓު ވައްޓާލާފައި ކަމަށް، ބޯޓު ގެއްލުނުތާ ދުވަސްކޮޅެއްގެ ތެރޭގައި، މެލޭޝިއާގެ އިސް އޮފިޝަލުން އޭނާގެ އަރިހު ދަންނަވާފައިވާ ކަމަށެވެ.
"އެއީ މެލޭޝިއާގެ އެންމެ އިސް އޮފިޝަލުންގެ އޭރުގެ ވިސްނުން ހުރި ގޮތް،" އެބޮޓް ވިދާޅުވި އެވެ.
ނަމަވެސް ޒަހަރީގެ އާއިލާ އާއި ގާތް ރަހުމަތްތެރިން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.
މެލޭޝިއާގެ ސިވިލް އޭވިއޭޝަންގެ ކުރީގެ ވެރިޔާ އަޒްހަރުއްދީން އަބްދުލް ރަހްމާން ވަނީ އެބޮޓުގެ ވާހަކަތަކަށް ފާޑު ވިދާޅުވެ، އެ ވާހަކަތަކަށް ބާރު ލިބޭނެ އެއްވެސް ހެއްކެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.
"އެއީ ހަމައެކަނި ތިއަރީއެއް،" އެޗްއެޗް370 ގެއްލުނު އިރު މެލޭޝިއާގެ އޭވިއޭޝަން ދާއިރާއާ ހަވާލުވެ ހުންނެވި އަޒްހަރުއްދީން ވިދާޅުވި އެވެ. "އެފަދަ ތުހުމަތުތައް ކުރުމުން ޕައިލެޓުގެ އާއިލާ އަށް ވެސް ލިބޭނީ އިތުރު ހިތާމައެއް."
އެމްއެޗް370: ފަހުން ފެނުނު ބައިތައް ތަހުގީގަށް
އެމްއެންޔޫ އާއި ދެ ޔުނިވާސިޓީއަކާ އެކު އެއްބަސްވުމެއް
އެމްއެޗް370 ހޯދުމުގެ މަސައްކަތް އަލުން ފަށައިފި
އެމްއެޗް370 ހޯދުމުގެ މަސައްކަތް އަލުން ފަށަނީ
ހުށަހެޅުމެއް ލިބިއްޖެ ނަމަ އެމްއެޗް370 ހޯދަން ފަށާނެ
އެމްއެޗް370 ގެއްލުމާ ބެހޭ ރިޕޯޓުގައި އާ ވާހަކައެއް ނެތް
އެމްއެޗް370 އާ ބެހޭ ރިޕޯޓް މިމަހު 30 ގައި ނެރެނީ
އާ ހެއްކެއް ފެނިއްޖެ ނަމަ އެމްއެޗް370 ހޯދަން ފަށާނެ
އެމްއެޗް370 ހޯދުމުގެ މަސައްކަތް ނިންމާލައިފި
އެމްއެޗް370 ހޯދުމުގެ މަސައްކަތް އަންނަ ހަފުތާގައި ނިންމަނީ