ކުއާލަ ލަމްޕޫރު (މެއި 24) - ގެއްލިފައިވާ މެލޭޝިއަން އެއާލައިންސްގެ ބޯޓް އެމްއެޗް370 ހޯދުމުގެ މަސައްކަތް އަންނަ ހަފުތާގައި ނިންމާލާނެ ކަމަށް އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އެންތަނީ ލޯކް ވިދާޅުވެއްޖެ އެވެ.
24 މެއި 2018
ކުއާލަ ލަމްޕޫރު (މެއި 24) - ގެއްލިފައިވާ މެލޭޝިއަން އެއާލައިންސްގެ ބޯޓް އެމްއެޗް370 ހޯދުމުގެ މަސައްކަތް އަންނަ ހަފުތާގައި ނިންމާލާނެ ކަމަށް އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އެންތަނީ ލޯކް ވިދާޅުވެއްޖެ އެވެ.
އާ ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރު ކަމާ ހަވާލުވި ލޯކް ވިދާޅުވީ ބޯޓް ހޯދުމުގެ މަސައްކަތް ނިންމާލާ ގޮތަށް ކުރިން ހަމަޖެހިފައި ވަނީ އެޕްރީލް މަހު ކަމަށެވެ. ނަމަވެސް މެއި މަހަށް މުއްދަތު އިތުރުކޮށް އަންނަ ހަފުތާގައި އެ މަސައްކަތް ނިންމާލާން ހަމަޖެހިފައިވާ ކަމަށެވެ.
"ބޯޓު ހޯދުމުގެ މަސައްކަތް މި މަހު 29 ގައި ނިމެނޭ،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ލޯކް ވިދާޅުވި އެވެ.
ބޮޑު ވަޒީރު މަހާތިރު މުހައްމަދު ވިދާޅުވެފައި ވަނީ އެމްއެޗް370 ހޯދަން އެމެރިކާގެ އޯޝަން އިންފިނިޓީއާ އެކު ގާއިމްކުރި އެއްބަސްވުން އަލުން މުތާލިއާ ކުރާނެ ކަމަށެވެ.
އެމްއެޗް370 ހޯދަން، ކަނޑުއަޑި ބަލައި ހޯދުމުގެ އެމެރިކާގެ ތަޖްރިބާކާރު ކުންފުނި އޯޝަން އިންފިނިޓީއާ އެކު މެލޭޝިއާ އިން ސޮއިކުރީ ޖެނުއަރީ މަހު އެވެ. އެމްއެޗް370 ހޯދުމަށް އޯޝަން އިންފިނިޓީން ބަލާނީ އިންޑިއާ ކަނޑުގެ ދެކުނުން ކުރިން ބެލި ސަރަހައްދުގެ އުތުރުން 25،000 އަކަ ކިލޯމީޓަރު (9،700 އަކަ މޭލު)ގެ ސަރަހައްދެކެވެ.
ބޯޓު ފެނިއްޖެ ނަމަ އޯޝަން އިންފިނިޓީ އަށް ދޭ އަގު ކަނޑައަޅާނީ ބޯޓު ފެނުނު ސަރަހައްދަށް ބަލައިފަ އެވެ. އެ ގޮތުން 5،000 އަކަ ކިލޯ މީޓަރުގެ ސަރަހައްދަކުން ފެނިއްޖެ ނަމަ އޯޝަން އިންފިނިޓީ އަށް ދޭނީ 20 މިލިއަން ޑޮލަރެވެ. ބޯއިން 777 ބޯޓު 25،000 އަކަ ކިލޯ މީޓަރުގެ ސަރަހައްދުން ބޭރުން ފެނިއްޖެ ނަމަ ދޭނީ 70 މިލިއަން ޑޮލަރެވެ. ބޯޓު ނުފެނިއްޖެ ނަމަ އެއްވެސް ފައިސާއެއް ދޭކަށް ނުޖެހޭނެ އެވެ.
އެމްއެޗް370 ހޯދުމަށް ކަނޑުއަޑީގެ 120،000 އަކަ ކިލޯ މީޓަރު (46،000 އަކަ މޭލު) ގެ ސަރަހައްދެއް މިހާރު ވެސް ވަނީ ބަލައިފަ އެވެ.
މާޗު ،2014 ގައި މެލޭޝިއާ އިން ފުރައިގެން 239 މީހުންނާ އެކު ޗައިނާ އަށް ދަތުރުކުރި ބޮއިން 777 ގެ މަތިންދާ ބޯޓު ގެއްލުނު ފަހުން ބޯޓާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެ އެވެ. ބޯޓު ހޯދަން އިންޑިއާ ކަނޑުގެ ސަރަހައްދު ބެލުމަށް މެލޭޝިއާ، ޗައިނާ އަދި އޮސްޓްރޭލިއާ ގުޅިގެން ކުރަމުން ދިޔަ މަސައްކަތް މިދިޔަ އަހަރުގެ ޖެނުއަރީ މަހު ވަނީ ހުއްޓާލައިފަ އެވެ. ގާތްގަނޑަކަށް 1،046 ދުވަހަށް ފަހު މަސައްކަތް ހުއްޓާލި އިރު ވަނީ 200 މިލިއަން އޮސްޓްރޭލިއަން ޑޮލަރު ޚަރަދުކޮށްފަ އެވެ.
އެމްއެޗް370 ހޯދުމުގެ މަސައްކަތް އަލުން ފަށައިފި
އެމްއެޗް370 ހޯދުމުގެ މަސައްކަތް އަލުން ފަށަނީ
އެމްއެޗް370 ވައްޓާލީ ޕައިލެޓްކަމަށް ކުރިން ގަބޫލްކުރި
ހުށަހެޅުމެއް ލިބިއްޖެ ނަމަ އެމްއެޗް370 ހޯދަން ފަށާނެ
އެމްއެޗް370 ގެއްލުމާ ބެހޭ ރިޕޯޓުގައި އާ ވާހަކައެއް ނެތް
އެމްއެޗް370 އާ ބެހޭ ރިޕޯޓް މިމަހު 30 ގައި ނެރެނީ
އާ ހެއްކެއް ފެނިއްޖެ ނަމަ އެމްއެޗް370 ހޯދަން ފަށާނެ
އެމްއެޗް370 ހޯދުމުގެ މަސައްކަތް ނިންމާލައިފި
އެމްއެޗް370 ހޯދަން އުޅެނިކޮށް ދެ އާގު ބޯޓު ފެނިއްޖެ
އެމްއެޗް370 ހޯދުން ޖޫން މަހު ނިންމާލެވޭނެ: އޮފިޝަލް