ކުއާލަ ލަމްޕޫރު (މެއި 30) - ގެއްލިފައިވާ އެމްއެޗް370 އާ ގުޅޭ ގޮތުން އާ ހެއްކެއް ލިބިއްޖެ ނަމަ ބޯޓު ހޯދަން އަލުން ފެށުން އެކަށީގެންވާ ކަމަށް މެލޭޝިއާގެ ބޮޑު ވަޒީރު މަހާތިރު މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
30 މެއި 2018
ކުއާލަ ލަމްޕޫރު (މެއި 30) - ގެއްލިފައިވާ އެމްއެޗް370 އާ ގުޅޭ ގޮތުން އާ ހެއްކެއް ލިބިއްޖެ ނަމަ ބޯޓު ހޯދަން އަލުން ފެށުން އެކަށީގެންވާ ކަމަށް މެލޭޝިއާގެ ބޮޑު ވަޒީރު މަހާތިރު މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްއެޗް ހޯދުމުގެ މަސައްކަތް އެންމެ ފަހުން ކުރީ އެމެރިކާގެ ކުންފުނި އޯޝަން އިންފިނިޓީންނެވެ. އެ ކުންފުނިން ވަނީ އިންޑިއާ ކަނޑުގެ ދެކުނުން ކުރިން ބެލި ސަރަހައްދުގެ އުތުރުން 80،000 އަކަ ކިލޯމީޓަރު (30،888 އަކަ މޭލު)ގެ ސަރަހައްދެއް ބަލައިފަ އެވެ. ނަމަވެސް ބޯޓާ ބެހޭ އެއްވެސް މައުލޫމާތެއް ނުލިބުމުން އެމްއެޗް370 ހޯދުމުގެ މަސައްކަތް އޯޝަން އިންފިނިޓީން އިއްޔެ ވަނީ ހުއްޓާލައިފަ އެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މަހާތިރު ވިދާޅުވީ އެމްއެޗް370 ހޯދުމުގެ މަސައްކަތް އަލުން ފެށުމުގެ ޕްލޭނެއް މި ވަގުތު ނެތް ކަމަށެވެ.
"އެމްއެޗް ހޯދަން މިހާތަނަށް ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާތީ ބޯޓު ހޯދަން އިތުރު މަސައްކަތެއް ކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް. ބޯޓުން ދަތުރު ކުރި މީހުންގެ އިހްސާސްތައް ވެސް އެނގޭ. އެކަމަކު ބޯޓު ހޯދުމުގެ މަސައްކަތް އަބަދަކު ނުކުރެވޭނެ. ނަމަވެސް ބޯޓާ ބެހޭ އާ މައުލޫމާތެއް ނުވަތަ ހެއްކެއް ލިބިއްޖެ ނަމަ އެމްއެޗް370 ހޯދުމުގެ މަސައްކަތް ފެށުން އެކަށީގެންވޭ،" މަހާތިރު ވިދާޅުވި އެވެ.
މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު އެންތަނީ ލޯކް ވިދާޅުވީ އެމްއެޗް370 ގެއްލުމާ ގުޅޭ ގޮތުން ބައިނަލްއަގުވާމީ އެކްސްޕާޓުންގެ ޓީމުގެ ރިޕޯޓް ޖުލައި މަހު ނިންމާލެވޭނެ ކަމަށެވެ.
އޯޝަން އިންފިނިޓީ އަށް އަގު ދިނުމަށް އެއްބަސްވެފައި ވަނީ ބޯޓު ފެނިއްޖެ ނަމަ ބޯޓު ފެނުނު ސަރަހައްދަށް ބަލައިފަ އެވެ. އެ ގޮތުން 5،000 އަކަ ކިލޯ މީޓަރުގެ ސަރަހައްދަކުން ފެނިއްޖެ ނަމަ އޯޝަން އިންފިނިޓީ އަށް ދޭނީ 20 މިލިއަން ޑޮލަރެވެ. ބޯއިން 777 ބޯޓު 25،000 އަކަ ކިލޯ މީޓަރުގެ ސަރަހައްދުން ބޭރުން ފެނިއްޖެ ނަމަ ދޭނީ 70 މިލިއަން ޑޮލަރެވެ. ބޯޓު ނުފެނިއްޖެ ނަމަ އެއްވެސް ފައިސާއެއް ދޭކަށް ނުޖެހޭނެ އެވެ.
އެމްއެޗް370 ހޯދުމަށް ކަނޑުއަޑީގެ 120،000 އަކަ ކިލޯ މީޓަރު (46،000 އަކަ މޭލު) ގެ ސަރަހައްދެއް ކުރިން ވެސް ވަނީ ބަލައިފަ އެވެ.
މާޗު ،2014 ގައި މެލޭޝިއާ އިން ފުރައިގެން 239 މީހުންނާ އެކު ޗައިނާ އަށް ދަތުރުކުރި ބޮއިން 777 ގެ މަތިންދާ ބޯޓު ގެއްލުނު ފަހުން ބޯޓާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެ އެވެ. ބޯޓުން ދަތުރުކުރީ ޗައިނާގެ 153 މީހުންނާއި މެލޭޝިއާގެ 38 މީހުންގެ އިތުރުން އެމެރިކާ، އީރާން، ކެނެޑާ، އިންޑޮނީޝިއާ، އޮސްޓްރޭލިއާ، އިންޑިއާ، ފްރާންސް، ނިއު ޒީލެންޑް، ޔޫކްރޭން، ރަޝިޔާ، ޓައިވާން އަދި ނެދަލޭންޑްސް މީހުންނެވެ. ބޯޓުގެ 12 ކްރޫންނަކީ މެލޭޝިއާ މީހުންނެވެ.
ބޯޓު ހޯދަން އިންޑިއާ ކަނޑުގެ ސަރަހައްދު ބެލުމަށް މެލޭޝިއާ، ޗައިނާ އަދި އޮސްޓްރޭލިއާ ގުޅިގެން ކުރަމުން ދިޔަ މަސައްކަތް މިދިޔަ އަހަރުގެ ޖެނުއަރީ މަހު ވަނީ ހުއްޓާލައިފަ އެވެ. ގާތްގަނޑަކަށް 1،046 ދުވަހަށް ފަހު މަސައްކަތް ހުއްޓާލި އިރު ވަނީ 200 މިލިއަން އޮސްޓްރޭލިއަން ޑޮލަރު ޚަރަދުކޮށްފަ އެވެ.
"ޑިފެންސްގެ ދާއިރާއިން ގުޅުން ބަދަހިކުރަން ބޭނުންވޭ"
ރައީސަށް މެލޭޝިއާ އިން ހޫނު މަރުހަބާއެއް
އެމްއެޗް370 ހޯދުމުގެ މަސައްކަތް އަލުން ފަށައިފި
އެމްއެޗް370 ހޯދުމުގެ މަސައްކަތް އަލުން ފަށަނީ
އުމުރުން 99 އަހަރުގެ މަހާތީރު ހޮސްޕިޓަލްގައި
މަހާތީރު ދެ މަސް ފަހުން ހޮސްޕިޓަލުން ދޫކޮށްލައިފި
މެލޭޝިޔާގައި ސަރުކާރެއް އުފެއްދޭ ވަރެއް ނުވި
ނުފޫޒު ގަދަ މަހާތީރަށް މިފަހަރު ލަދުވެތި ނަތީޖާއެއް
މަހާތިރުގެ ހާލުކޮޅު ރަނގަޅު: އާއިލާ
ސަރުކާރު ވައްޓާލަން މަހާތިރާއި އަންވަރު އެއްގަލަކަށް