Roadha Mihaaru
ނަޝީދު، 444ރ ދައްކަވަން އޭސީސީން އަންގައިފި

ނަޝީދު، 444ރ މަޖިލީހަށް ދައްކަވަން އޭސީސީން އަންގައިފި

19 ފެބުރުއަރީ 2020

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަމިއްލަ ގޮތުން ކުރެއްވި ދަތުރުފުޅަކަށް ރައްޔިތުންގެ މަޖިލީހުން ހަރަދުކުރިކަން ސާބިތުވުމުން، އެ ފައިސާ މަޖިލީހުގެ އިދާރާއަށް ދައްކަވަން އޭސީސީން މިއަދު އަންގައިިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަމިއްލަ ގޮތުން ކުރެއްވި ދަތުރުފުޅަކަށް ރައްޔިތުންގެ މަޖިލީހުން ހަރަދުކުރިކަން ސާބިތުވުމުން، އެ ފައިސާ މަޖިލީހުގެ އިދާރާއަށް ދައްކަވަން އޭސީސީން މިއަދު އަންގައިިފި އެވެ.

އޭސީސީން މިދިޔަ އާދީއްތަ ދުވަހު ނިންމި ނިންމުގައި ބުނެފައި ވަނީ މިދިޔަ އަހަރު އޮކްޓޯބަރު މަހު ގއ. ވިލިނގިލީގައި ބޭއްވި "ދެކުނު މަހާސިންތާ"ގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ފުވައްމުލަކާއި އައްޑުއަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން، އެ މަނިކުފާނުގެ އަރިހުގައި ދިޔަ ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފުންގެ ޓިކެޓަށް 444 ރުފިޔާ އިތުރުވި ކަމަށެވެ. އެއީ މަހާސިންތާ ނިންމަވާފައި މާލެ ވަޑައިގަތުން ލަސްވުމުން ޓިކެޓަށް އިތުރުވި މިންވަރުކަން އޭސީސީގެ ނިންމުމުން އިނގެ އެވެ.

އޭސީސީން އެންގީ 444 ރުފިޔާ އަނބުރާ ހޯދުމަށް ފަހު މަޖިލީހުގެ އިދާރާއިން އެކަން އެ ކޮމިޝަނަށް އެންގުމަށެވެ.

އޭސީސީގެ ނިންމުން ނަޝީދު ވަނީ މިއަދުގެ ޖަލްސާގައި ވެސް އިއްވަވައިފަ އެވެ. އެކަމަކު ބައެއް ވާހަކަފުޅުތައް ދެއްކެވީ ޖޯކެއްގެ ގޮތުގަ އެވެ. އެމަނިކުފާނު ވިދާޅުވީ ސެކިއުރިޓީން ނެތި ތަނަކަށް ވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިނުގަންނަވާ ކަމަށެވެ. އެހެކަމުން އެހެންވިމާ އެ ފައިސާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދެއްކެވުމަށް އެދިވަޑައިގަތެވެ.

"އަޅުގަނޑު ގަސްދެއް ނުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަންގެ މި ނިންމުމަށް ޗެލެންޖް ކުރާކަށް. އިއްޒަތްތެރި މެމްބަރުން އެދިވަޑައިގަންނަވާ ނަމަ ޗެލެންޖް ކުރެވޭނެ،" ނަޝީދު ވިދާޅުވި އެވެ.