Roadha Mihaaru
ރައީސް ހުވަދު އަތޮޅު ދަތުރުފުޅު ފަައްޓަވައިފި

ރައީސް ޔާމިން ގދ. އާއި ގއ. އަތޮޅުގެ ދަތުރުފުޅު ފަައްޓަވައިފި

07 އޯގަސްޓް 2018

ސަރުކާރުން ހިންގާފައިވާ ތަރައްގީގެ މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ގދ. އަދި ގއ. އަތޮޅަށް ދަތުރުފުޅެއް ފައްޓަވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސަރުކާރުން ހިންގާފައިވާ ތަރައްގީގެ މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ގދ. އަދި ގއ. އަތޮޅަށް ދަތުރުފުޅެއް ފައްޓަވައިފި އެވެ.

ރައީސް ޔާމީންގެ މި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަތީ ގދ. މަޑަވެއްޔަށެވެ. އެ ރަށަށް ފަހު ފަރެސްމާތޮޑާ އާއި ގައްދުއަށް ވަޑައިގަންނަވާނެ އެވެ. އެ ތިން ރަށުގައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތަކުގެ ނިމުން ފާހަގަކުރެއްވުމުގެ އިތުރުން ބަނދަރު ހުޅުއްވައި ދެއްވަން ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން، ގައްދޫގައި ގާއިމްކޮށްފައިވާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވުމަށާއި، އެރަށުގައި ހަދާފައިވާ ހައުސިން ޔުނިޓްތައް ވެސް ހުޅުވައިދެއްވާނެ އެވެ.

ގއ. ގައި އެމަނިކުފާނު ވަޑައިގަންނަވާނީ ކޮނޑޭ އާއި ކޮލަމާފުއްޓާއި ވިލިނގިއްޔަށެވެ. އޭގެ އިތުރުން ކޫއްޑޫ އަށް ވަޑައިގެން އެ ރަށުގައި ތަރައްގީކޮށްފައިވާ މަސްވެރިންގެ މެރީނާ ހުޅުއްވައި ދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ރައީސް ޔާމީން ދާދި ފަހުން ވަނީ ހއ، ހދ.، ށ. އަދި މ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެންފަ އެވެ.