Roadha Mihaaru
ދެކުނު އޮޑިޓް އޮފީހުން 85 ޕަސެންޓް މަސައްކަތް ނިންމި

ދެކުނު ގޮފިން 85 ޕަސެންޓް މަސައްކަތް ނިންމި: އޮޑިޓް އޮފީސް

20 ފެބުރުއަރީ 2020

އައްޑޫގައި ހުންނަ، އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ދެކުނު ގޮފިން މިދިޔަ އަހަރު ކުރަން ރޭވި އޮޮޑިޓްތަކުގެ 85 ޕަސެންޓް ނިންމައިިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އައްޑޫގައި ހުންނަ، އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ދެކުނު ގޮފިން މިދިޔަ އަހަރު ކުރަން ރޭވި އޮޮޑިޓްތަކުގެ 85 ޕަސެންޓް ނިންމައިިފި އެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނީ އައްޑު އާއި ފުވައްމުލައް، އަދި ގއ. އަތޮޅާއި ގދ. އަތޮޅުގައިވާ ދައުލަތުގެ 151 އިދާރާ ހުންނަ އިރު، ދެކުނު ގޮފިން މިދިޔަ އަަހަރު ކުރަން ރޭވީ 79 އޮޑިޓެއް ކަމަށާއި އޭގެ ތެރެއިން 70 އޮޑިޓް ނިންމާފައިވާ ކަމަށެވެ. އެގޮތުން އާމްދަނީ އާއި ހަރަދުގެ އޮޑިޓްގައި އެކުލެވެނީ ޖުމްލަ 3.9 މިލިޔަން ރުފިޔާ ކަަމަށާއި ގަވައިދާ ހިލާފަށް ދިނުމުގެ ސަބަބުން ދައުލަތަަށް އަނބުރާ ހޯދަން ޖެހޭ 3.7 މިލިޔަން ރުފިޔާ އެ އޮޑިޓްތަކުން ފާހަގަވި ކަމަށް ވެސް ބުންޏެވެ.

ދެކުނުގައި ކުރި އޮޑިޓްތަކުން އެނގިފައިވާ ގޮތުގައި އެ ސަރަހައްދުގެ އިދާރާތަކުން ބަޖެޓްގެ ބާކީގެ ގޮތުގައި 10.4 މިލިޔަން ރުފިޔާ ދައްކަން ޖެހޭ ކަމާއި އާމްދަނީގެ ގޮތުގައި ލިބެން ޖެހޭ 3.4 މިލިޔަން ރުފިޔާ އަދި ނުލިބި އެބަހުއްޓެވެ.

އޮޑިޓް އޮފީހުގެ ދެކުނު ގޮފީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް ނެރުމަށް ގދ. ތިނަދޫގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވީ އެ އޮފީހުގެ ސަބަބުން ދެކުނު ސަރަހައްދުގައިވާ އިދާރާތަކުގެ މާލީ ހިންގުމުގެ ކަންކަން ވަރަށް ބޮޑުތަނުން ރަނގަޅު ވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އޮޑިޓަރުންނަކީ ކުށް ހޯދާ ބައެއް ނޫން އެއީ މުއައްސަސާތަކުގެ މާލީ ހިންގުން ހަރުދަނާކުރުމުގައި މަދަދުވެރި ބައިވެރިއެއްގެ ދައުރު އަދާކުރާ ބައެއް ކަަމަށެވެ. މީހުން ބިނާކުރަން އޮޑިޓާ ޖެނެރަލްގެ އޮފީހުން ހިންގާ ތަމްރީނު ޕްރޮގްރާމްތަކަކީ އޭގެ މިސާލެއް ކަަމަށް ވެސް ހަަސަން ވިދާޅުވި އެވެ.

ދެކުނު ގޮފީގެ އަހަރީ ރިޕޯޓް ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި އޮޑިޓާ ޖެނެރަލްގެ އޮފީހުގެ އިސްވެރިންނާއި މުވައްޒަފުންގެ ޓީމެއް ބައިވެރިވި އެވެ. އޭގެ އިތުރުން ގއ. އަދި ގދ. އަތޮޅުގެ ކައުންސިލްތަކާއި ތިނަދޫގައި ހުންނަ، ދައުލަތުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވިއެވެ. ރިޕޯޓް ނެރެދެއްވީ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ އެވެ.