Roadha Mihaaru
އިބޫ ހުވަދުއަށް: ކުރަހާ މަންޒަރުގައި ކުލަ ޖައްސައިފި

އިބޫ ހުވަދު އަތޮޅަށް: "ކުރަހާ މަންޒަރުގައި ކުލަ ޖައްސައިފި"

03 ސެޕްޓެމްބަރ 2018

ހުވަދު އަތޮޅުން އިދިކޮޅު ކޯލިޝަނަށް ބޮޑު ތާއީދެއް އޮތް ކަމަށާއި އިދިކޮޅު ކޯލިޝަނުން "ކުރަހާ މަންޒަރުގައި" ހުވަދު އަތޮޅުގެ ރައްޔިތުން "ކުލަ" ޖައްސާފައިވާ ކަމަށް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން ގދ. މަޑަވެލިން މުހައްމަދު ޔާމީން

ހުވަދު އަތޮޅުން އިދިކޮޅު ކޯލިޝަނަށް ބޮޑު ތާއީދެއް އޮތް ކަމަށާއި އިދިކޮޅު ކޯލިޝަނުން "ކުރަހާ މަންޒަރުގައި" ހުވަދު އަތޮޅުގެ ރައްޔިތުން "ކުލަ" ޖައްސާފައިވާ ކަމަށް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.

ގއ. އަދި ގދ. އަތޮޅުގެ ރަށްތަކަށް އިބޫ ކުރައްވަމުން ގެންދަވާ ދަތުރުގައި އެންމެ ފަހު މަންޒިލެއްގެ ގޮތުގައި ގއ. މަޑަވެއްޔަށް ވަޑައިގެން، އެ ރަށުގައި ތިބި އިދިކޮޅު ސަޕޯޓަރުންނާ ބައްދަލު ކުރައްވައި އިބޫ ވިދާޅުވީ މުޅި ހުވަދު އަތޮޅުން ފެންނަމުން ދަނީ އުންމީދީ މަންޒަރުތަކެއް ކަމަށެވެ. އެގޮތުން ހުރިހާ ރަށެއްގެ ރައްޔިތުން ތިބީ ކޯލިޝަނާ އެކީގައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން އަތުގުޅާލައިގެން ކަމަށް އިބޫ ވިދާޅުވި އެވެ.

އިބޫ މިއަދު ހޯޑެއްދު އަށް ވަޑައިގަތުމުން، އެ ރަށު މީހުން އޭނާ އަށް ހޫނު މަރުހަބާއެއް ދަންނަވަނީ. - ފޮޓޯ: އެމްޑީޕީ

އިބޫ މިއަދު ހޯޑެއްދު އަށް ވަޑައިގަތުމުން، އެ ރަށު މީހުން އޭނާ އަށް ހޫނު މަރުހަބާއެއް ދަންނަވަނީ. - ފޮޓޯ: އެމްޑީޕީ

"އަޅުގަނޑުމެން މި ކުރަހާ މަންޒަރުގައި މި އަތޮޅުން ކުލަ ޖައްސައިފި. ރީނދުލާއި ރަތާއި ފެއްސާއި ފިޔާތޮށި ކުލައިން ރީތި މަންޒަރެއްގެ ގޮތުގައި ދައްކައިފި. ދެން އޮތީ އެހެން އަތޮޅުތައް. މި އަތޮޅުން ތި ދައްކައިދިން މަންޒަރާ އެކީގައި ރާއްޖޭގެ އެކިކަންކޮޅުތަކުން ވެސް އެ މަންޒަރު ފެންނާނެ،" އިބޫ ވިދާޅުވި އެވެ.

"އެ މަންޒަރު ފުރިހަމަ ވެގެން ރީތި ފޮޓޯއެއްގެ ގޮތުގައި ފެނިގެންދާނެ."

މަޑަވެލީގައި ދެއްކެވި ވާހަކަ އިބޫ ނިންމަވާލެއްވީ މިފަހަރުގެ ރިޔާސީ އިންތިހާބަށް ހާއްސަކޮށްގެން، ހުވަދު އަތޮޅުގެ ރައްޔިތުންތަކެއް ހެދި ލަވައިގެ ކަޑިއަކުންނެވެ.

އިބޫ ވިދާޅުވި ލަވައިގެ ކަޑިއަކީ "އަހެނެ މިކެލެ ބަދަލެ ކެރެންނާ" އެވެ.

މަޑަވެއްޔަށް ވަޑައިގަތުމުގެ ކުރިން، ގދ. ހޯޑެއްދޫގައި އިދިކޮޅު ކޯލިޝަންގެ ދެ ޖަގަހައެއް ހުޅުއްވައި ދެއްވުމަށް ފަހު އިދިކޮޅު ސަޕޯޓަރުންނާ ބައްދަލު ކުރައްވައި އިބޫ ވިދާޅުވީ އިދިކޮޅު ވެރިކަމެއްގައި ރާއްޖެ ތަރައްގީ ކުރާނީ ކޮރަޕްޝަނާ ނުލައި ކަމަށެވެ. އަދި ހުވަދު އަތޮޅު ތަރައްގީ ކުރުމުގެ ބޮޑު ތަސައްވުރެއް އިދިކޮޅު ކޯލިޝަންގައި އެބައޮތް ކަމަށާއި އެކަން ފުރިހަމަވެގެންދާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

ހޯޑެއްދޫ ބަޔަކު، އިބޫ އަށް މަރުހަބާ ދަންނަވަން ނުކުމެފައި. - ފޮޓޯ: އެމްޑީޕީ

ހޯޑެއްދޫ ބަޔަކު، އިބޫ އަށް މަރުހަބާ ދަންނަވަން ނުކުމެފައި. - ފޮޓޯ: އެމްޑީޕީ

އެގޮތުން ހުވަ އަތޮޅު ތަރައްގީ ކުރާނެ ސިޔާސަތުތަކެއް އެކުލަވާލާފައިވާއިރު، އޭގެ ތެރޭގައި އެއާޕޯޓާއި ބަނދަރާއި ބޯހިޔާވަހިކަން ހޯދައިދީ، މަސްވެރިކަމާއި ދަނޑުވެރިކަމާއި ތައުލީމާއި ސިއްހީ ހިދުމަތް ތަރައްގީ ކުރުން ހިމެނޭ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

މަޑަވެލީގައި އިބޫ ވަނީ ގއ. އަދި ގދ. އަތޮޅަށް ފެއްޓެވި ހަތަރު ދުވަހުގެ ދަތުރު ފުރިހަމަކަމާއެކު ކުރިއަށް ގެންދިއުމަށް އެހީތެރިވި ހުރިހާ އެންމެންނަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ގއ. އަދި ގދ. އަތޮޅުގައި މަސައްކަތް ކުރާ ފުލުހުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބުނު ކަން އިބޫ ފާހަގަ ކުރެއްވި އެވެ.

އިބޫ މިއަދު ހޯޑެއްދޫ އަދި މަޑަވެއްޔަށް ވަޑައިގަތުމުން، އިދިކޮޅު ސަޕޯޓަރުން ވަނީ އޭނާ އަށް ހޫނު މަރުހަބާއެއް ދަންނަވައިފަ އެވެ. ގއ. އަދި ގދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އިބޫ ކުރެއްވި ދަތުރު ނިންމަވާލެއްވުމަށް ފަހު މިރޭ މާލެ ވަޑައިގަންނަވާނެ އެވެ.