Roadha Mihaaru
ކޮރަޕްޝަން ހިންގަން ދެވަނަ ފުރުސަތެއް ނުދޭނަން: އިބޫ

އިދިކޮޅު ވެރިކަމެއްގައި ކޮރަޕްޝަނަށް އަރައިގަންނަ މީހުންނަށް ދެވަނަ ފުރުސަތެއް ނުދޭނަން: އިބޫ

02 ސެޕްޓެމްބަރ 2018

އިދިކޮޅު ވެރިކަމެއްގައި ވައްކަމާއި ކޮރަޕްޝަނަށް އަރައިގަންނަ މީހުންނަށް ދެވަނަ ފުރުސަތެއް ނުދީ ފިޔަވަޅު އަޅުއްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގއ. ކޮނޑޭ ގައި މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން ގއ. ދާންދޫން މުހައްމަދު ޔާމީން

އިދިކޮޅު ވެރިކަމެއްގައި ވައްކަމާއި ކޮރަޕްޝަނަށް އަރައިގަންނަ މީހުންނަށް ދެވަނަ ފުރުސަތެއް ނުދީ ފިޔަވަޅު އަޅުއްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގއ. ކޮނޑޭ ގައި މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގއ. އަދި ގދ. އަތޮޅުތަކަށް ކުރައްވާ ދަތުރުގައި ކޮނޑޭއަށް ވަޑައިގެން އިބޫ ވިދާޅުވީ ތަރައްގީގެ މަސައްކަތް ކުރިއަށް ގެންދަން ޖެހޭނީ ރިޝްވަތާއި ކޮރަޕްޝަނެއް ނެތި ކަމަށެވެ. ވައްކަމާ އެކީގައި ކުރެވޭ ތަރައްގީއެއް ރައްޔިތުން ބަލައިނުގަންނާނެ ކަމަށާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ އެއީ ކަމަށް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ކެންޑިޑޭޓު އިބޫ މިއަދު ކޮނޑޭއަށް ވަޑައިގަތުމުން، އެ ރަށު ބަޔަކު މަރުހަބާ ދަންނަވަނީ. - ފޮޓޯ: އެމްޑީޕީ

އިދިކޮޅު ކެންޑިޑޭޓު އިބޫ މިއަދު ކޮނޑޭއަށް ވަޑައިގަތުމުން، އެ ރަށު ބަޔަކު މަރުހަބާ ދަންނަވަނީ. - ފޮޓޯ: އެމްޑީޕީ

"ތަރައްގީގެ ކޮންމެ ޕްލޭނެއް ހިންގާއިރު، އޭގެ ފަހަތުގައި ވައްކަމާއި ކޮރަޕްޝަން އިންތިހާއަށް އެބަ އޮތް. އިމާރާތެއް ކުރުމަށް ބޭނުންވާ ފައިސާ އެބަ ހަރަދު ކުރޭ، ދެ ގުނައަށް. މިއީ ރައްޔިތުން ބަލައިނުގަންނަ ކަމަކީ،" އާބާދީގައި އެންމެ 250 އެއްހާ މީހުން ދިރިއުޅޭ ކޮނޑޭގައި އިބޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު ވެރިކަމެއްގައި އެންމެ ބޮޑު އެއް އަމާޒަކީ ވައްކަމާއި ކޮރަޕްޝަނަށް އޮތް ދޮރުތައް ބަންދުކުރުމެވެ. އެފަދަ ކަމަކަށް އަރައިގަންނަ މީހުންނާ ދޭތެރޭގައި ދެވަނަ ފުރުސަތެއް ނުދީ އެމީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ އެ އަތޮޅުގައި އޮތް އެންމެ އާބާދީ ކުޑަ ރަށަކީ ކޮނޑޭ ކަމަށް ވިޔަސް، އެއީ ގުދުރަތީ ގޮތުން ބޮޑު ރަށެއް ކަމަށެވެ. އެހެންކަމުން އާބާދީ ކުޑަވުމަކީ ތަރައްގީއަށް އޮތް ހުރަހެއް ނޫން ކަމަށް ވިދާޅުވި އެވެ.

ލާމަރުކަޒީ ނިޒާމަކުން ރާއްޖެ ތަރައްގީ ކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އިދިކޮޅު ވެރިކަމެއްގައި ރަށް ތަރައްގީ ކުރުމުގެ ހުރިހާ ބާރުތަކެއް ދޫކޮށްލައްވާނީ ކައުންސިލަށް ކަމަށެވެ. އެއީ ޖަޒީރާވަންތަ ގައުމެއް ތަރައްގީކުރަން އެންމެ ރަނގަޅު ގޮތް ކަމަށް ވެސް ވިދާޅުވި އެވެ.

ކޮނޑޭގެ ރައްޔިތުންނަށް އިބޫ ވެވަޑައިގެންނެވި ވައުދުތަކުގެ ތެރޭގައި ގެސްޓްހައުސް އަޅަން ބޭނުންވާ ބިން ލިބޭނެ ގޮތް ހަމަޖައްސައި ދެއްވުން ހިމެނެ އެވެ.

ގއ. ދާންދޫގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ރައްޔިތުން ގާތަށް ވަޑައިގަތުމުން އެންމެ ގިނަ ބަޔަކު ދައްކަނީ އިންސާފު ގާއިމުކޮށްދިނުމުގެ ވާހަކަ ކަމަށެވެ. އެހެންކަމުން އިދިކޮޅު ވެރިކަމެއްގައި އިންސާފު ގާއިމު ކުރެވޭ ތަން ފެންނާނެ ކަމަށް ވިދާޅުވި އެވެ.

އިދިކޮޅު ކެންޑިޑޭޓު އިބޫ މިއަދު ދާންދުއަށް ވަޑައިގަތުމުން، އެ ރަށު ބަޔަކު އޭނާ އަށް މަރުހަބާ ދަންނަވަނީ. - ފޮޓޯ: އެމްޑީޕީ

އިދިކޮޅު ކެންޑިޑޭޓު އިބޫ މިއަދު ދާންދުއަށް ވަޑައިގަތުމުން، އެ ރަށު ބަޔަކު އޭނާ އަށް މަރުހަބާ ދަންނަވަނީ. - ފޮޓޯ: އެމްޑީޕީ

ދެ ރަށުގައި ވެސް އިބޫ ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް ބޮޑު ތާއީދެއް އޮތް ކަމަށާއި އެ އަތޮޅު އަޣުލަބިއްޔަތު ލިބޭނެ ކަމަށެވެ.

އިބޫގެ މި ދަތުރުގައި ކޮނޑޭ ކައުންސިލްގެ ރައީސް އަހުމަދު އަބްދުލް ހަކީމާއި ޕީޕީއެމާއި ޑީއާރުޕީގެ އިސް ބައެއް މީހުންނާއި ވިޔަފާރިވެރިންތަކެއް ވަނީ އެމްޑީޕީއާ ގުޅިފަ އެވެ.