18 ފެބުރުއަރީ 2020
ދައުލަތުގެ ބައެއް އިދާރާތަކުގެ އީމެއިލް ޕާސްވޯޑްތަކެއް ލީކުވުމާ ގުޅިގެން، އެ އެކައުންޓްތަކުގެ ޕާސްވޯޑް ބަދަލު ކުރުމަށާއި ސޯޝަލް މީޑިއާ އެކައުންޓްތައް ރަޖިސްޓަރީ ކުރުމަށްޓަކައި ކޯޕަރޭޓް އީމެއިލް ބޭނުން ނުކުރަން ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން މިއަދު އަންގައިފި އެވެ.
ދައުލަތުގެ ބައެއް އިދާރާތަކުގެ އީމެއިލް ޕާސްވޯޑްތަކެއް ލީކުވުމާ ގުޅިގެން، އެ އެކައުންޓްތަކުގެ ޕާސްވޯޑް ބަދަލު ކުރުމަށާއި ސޯޝަލް މީޑިއާ އެކައުންޓްތައް ރަޖިސްޓަރީ ކުރުމަށްޓަކައި ކޯޕަރޭޓް އީމެއިލް ބޭނުން ނުކުރަން ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން މިއަދު އަންގައިފި އެވެ.
ބައެއް ގައުމުތަކުގެ ސަރުކާރު މުއައްސަސާތަކުގެ އީމެއިލް އާއި ޕާސްވޯޑްތައް ހެކަރުންތަކެއް ލީކް ކުރިއިރު، ރާއްޖޭގެ ބައެއް މުއައްސަސާތަކުގެ އީމެއިލް އަދި ޕާސްވޯޑްތައް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ. އެކަމަކު، އޭގެ ސަބަބުން ދައުލަތުން ބަލަހައްޓަންޖެހޭ މުހިންމު އެއްވެސް މައުލޫމާތަކަށް ނުރައްކަލެއް ނެތް ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
އެކަމާ ގުޅިގެން ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ވަނީ ލީކް ކޮށްފައިވާ އީމެއިލް އެކައުންޓްތަކަކީ ބައެއް އިދާރާތަކުގެ މުވައްޒަފުން އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓްތައް ރަޖިސްޓަރީ ކުރަން ބޭނުން ކޮށްފައިވާ ކޯޕަރޭޓް އީމެއިލް އެކައުންޓްތަކެއް ކަމަށެވެ. އަދި ސޯޝަލް މީޑިއާ ޚިދުމަތްތަކުގެ ސެކިއުރިޓީ އަށް އަސަރުކުރާ ފަހަރުތަކުގައި އެފަދަ އެކައުންޓްތަކުގެ އީމެއިލް އަދި ޕާސްވޯޑް އާންމުވެދާނެ ކަމަށާއި އޭގެ ސަބަބުން ގިނަ ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމަށް ވެސް އެ ސާކިއުލާގައިވެ އެވެ.
އެހެންވެ، ލީކް ވެފައިވާ އެކައުންޓްތަކުގެ ޕާސްވޯޑް ބަދަލު ކުރުމަށާއި އަމިއްލަ ސޯޝަލް މީޑިއާ ރަޖިސްޓްރީ ކުރަން ކޯޕަރޭޓް އީމެއިލް ބޭނުން ނުކުރަން އިލްތިމާސް ކުރާ ކަމަށް އެ ސާކިއުލާގައިވެ އެވެ.
އެ ސާކިއުލާގައިވާ ގޮތުން، ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން ހޮސްޓްކޮށްގެން ނޭޝަނަލް ޑޭޓާ ސެންޓަރުން ބަލަހައްޓާ އެއްވެސް ސިސްޓަމަކަށް ހެކަރުންގެ ފަރާތުން އަސަރެއް ކޮށްފައެއް ނުވެ އެވެ. ނަމަވެސް، ގިނަ އޮފީސްތަކެއްގެ ސިސްޓަމްތަކަށް ސައިބާ ހަމަލާތައް އަންނަމުންދާ ކަމަށާއި އެފަދަ ހަމަލާތަކުގެ ސަބަބުން ސިސްޓަމްތަކުގެ ސަލާމަތީ ކަންކަމަށް އަސަރު ކޮށްފާނެ ކަމަށް ކޮމިއުނިކޭޝަން މިނިސްޓްރީން ބުނެ އެވެ. އެހެންވެ، ސިސްޓަމްތަކުގެ ސަލާމަތީ ކަންކަމުގެ އެސެސްމަންޓް ހަދައި، ފިޔަވަޅުތައް އަޅަން އެދޭ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ސޯޝަލް މީޑިއާ ބޭނުންކުރުމުގައި ސަމާލުވާންޖެހޭ ކަންކަން
އިންޓަނެޓްގެ އަގު ހެޔޮކުރުމުގެ ނިޔަތެއް ނެތް: މަލީހް
ހަވާލުކުރި ކަންކަން ރަނުންރަނަށް ފުއްދައިފިން: މަލީހު
އިންޓަނެޓުގެ އަގު ހެޔޮވާނެ މުއްދަތެއް އެބައޮތް: މަލީހް
ސިވިލްސާވަންޓުންގެ މަސައްކަތަށް އުރިދޫން ހިލޭ އިންޓަނެޓް
435 ފަރާތަކަށް ގޭގައި މަސައްކަތް ކުރެވޭނެ:މިނިސްޓްރީ
ނުރައްކާތެރި ހާލަތުގައި ވެސް ސަރުކާރު ނުހުއްޓޭނެ:މަލީހު
ސަަރުކާރުގެ އީމެއިލް ޕާސްވޯޑްތަކެއް ލީކުކޮށްލައިފި
ދިރާގާއި އުރީދޫ ނޫން ކުންފުންޏެއް އަންނަން ޖެހޭ: އީވާ
އިންޓަނެޓްގެ އަގު ހެޔޮކުރުމުގެ ބާރު އޮތީ ރައީސްއޮފީހަށް