10 ފެބުރުއަރީ 2020
ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި ކޮމިޝަންގެ ނައިބު ރައީސް ޝަހީދު މުހައްމަދާ އެކު ޖުމްލަ ހަތަރު މެމްބަރަކު ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ނިންމައިފި އެވެ.
ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި ކޮމިޝަންގެ ނައިބު ރައީސް ޝަހީދު މުހައްމަދާ އެކު ޖުމްލަ ހަތަރު މެމްބަރަކު ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ނިންމައިފި އެވެ.
ސީއެސްސީގެ ރައީސާއި ނައިބު ރައީސްގެ އިތުރުން މަގާމުން ވަކިކުރަން ނިންމީ މެމްބަރު އިބްރާހިމް ޝަހީގާއި ޒަކަރިއްޔާ ހުސައިނެވެ. ކޮމިޝަންގެ ފަސް މެމްބަރުންގެ ތެރެއިން ފާތުމަތު އާމިރާ މަގާމުން ވަކިކުރާކަށް ނުނިންމަ އެވެ. ތައުލީމީ ދާއިރާ އަށް ގިނަ ހިދުމަތްތަކެއް ކުރެއްވި އާމިރާ މެމްބަރު ކަމަށް އައްޔަން ކުރެއްވީ މި ވެރިކަން ފެށުނު ފަހުން 2018 ގެ ނޮމްބަރު މަހުގެ ތެރޭގަ އެވެ.
ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް މުހައްމަދު ޒާހިރު (ޒާހިރު)ގެ އަނބިކަނބަލުން ފާތިމަތު އާމިރާ މެމްބަރަކަށް އައްޔަންކުރެއްވީ، އެ ކޮމިޝަންގެ މެމްބަރަކަށް ހުންނެވި ފާތިމަތު ރީނީ އަބްދުއްސައްތާރުގެ މަގާމުގެ މުއްދަތު ހަމަވުމުންނެވެ.
ސީއެސްސީގެ ހަތަރު މެމްބަރުން ވަކިކުރަން މި ނިންމީ އެ މެމްބަރުންނާ ގުޅޭ މައްސަލަތަކެއް ކޮމިޓީން ބެލުމަށް ފަހު އެވެ. ހަތަރު މެމްބަރުން މަގާމުން ވަކިވާނީ، ކޮމިޓީގެ ނިންމުން މަޖިލީހުގެ ތަޅުމަށް ފޮނުވައި މެމްބަރުންގެ ވޯޓުންނެވެ.
ސިވިސް ސާވިސް ކޮމިޝަންގެ މަސައްކަތް ލަސްވެ ހިންގަން ދަތިވާކަމަށް ވިދާޅުވެ، މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ވަޒީރުން މިއަދު ވަނީ ނުރުހުންފާޅުކުރައްވައިފަ އެވެ.
ކޮމިޓީގައި ގިނަ ވަޒީރުން ވިދާޅުވީ، ސިވިލް ސާވިސް ކޮމިޝަންގައި ހައްލުކުރަން ޖެހޭ ގިނަ މައްސަލަތަކެއް އެބަހުރި ކަމަށެވެ. އެ ކޮމިޝަންގައި، ކުރީގެ ސަރުކާރުގެ ސިޔާސީ ފިކުރަށް ތާއީދުކޮށް، ސިޔާސީ ހަރަކާތްތަކުގައި އުޅުއްވި ބޭފުޅުންތަކެއް ތިއްބެވުމަކީ ވެސް ވަޒީރުންތަކެއް ކަންބޮޑުވުން ފާޅުކުރެއްވި މައްސަލަ އެކެވެ.
ވަޒީފާ އަށް މުވައްޒަފުން ނެގުމާއި މިނިސްޓްރީތަކުގެ އޮނިގަނޑުތައް އެކުލަވައިލުމުގައި ވެސް ސިވިލް ސާވިސްގެ ދުވެލި ލަސްވެ، ބައެއް ކަންކަމަށް އެއްބަސްނުވެވި މަސައްކަތްތައް ހުއްޓިފައި ހުންނަ ކަމަށް ވެސް ބައެއް ވަޒީރުން ވިދާޅުވި އެވެ.
ބައެއް ވަޒީރުންގެ ހުށަހެޅުއްވުމަކީ ސިވިލް ސާވިސް ކޮމިޝަނުން މިހާރަށް ވުރެން ބޮޑަށް މިނިސްޓްރީތަކަށް އެއްބާރުލުން ލިބޭ ގޮތަށް ކޮމިޓީން އަމަލުކޮށް ދިނުމެވެ. މިހާރު ތިއްބެވި މެމްބަރުންނާ އެކު ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ދަތިތަކެއް ހުރި ކަން ކޮމިޓީގައި ބައެއް ވަޒީރުން ވަނީ ވިދާޅުވެފަ އެވެ.
ސީއެސްސީ އަކީ ކުރީގެ ސަރުކާރުގައި ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވި މުއައްސަސާއެކެވެ. އެތަނުގެ މިނިވަންކަން ގެއްލި، ސަރުކާރުގެ ނުފޫޒުން ކަންކަން ކުރަމުން ދިޔަ ކަމަށް ތުހުމަތުކުރި އެވެ. ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ ޖަލްސާތަކަށް ސިވިލް ސާވިސްގެ މުވައްޒަފުން ދާން މަޖުބޫރު ކުރުވި އިރު ވެސް ފިޔަވަޅު ނާޅާކަމުގެ ހިތްހަމަނުޖެހުން ފާޅުކުރި އެވެ. އަދި އޭރު މުވައްޒަފުންގެ ވަޒީފާތަކާ މެދު ފިޔަވަޅު އަޅަމުން ދިޔަ އިރު މުވައްޒަފުންގެ ހައްގުގައި ސިވިލް ސާވިސް އިން މަސައްކަތް ނުކުރާ ކަމުގެ ތުހުމަތު ވެސް ކުރި އެވެ.
ސީއެސްސީގެ އާ ރައީސަކަށް ނާސިހު
އާމިރާ ނޫން ހުރިހާ މެމްބަރުން ވަކިކުރަން ފާސްކޮށްފި
އާމިރާގެ މައްސަލަ ކޮމެޓީއަށް ފޮނުވައިފި
ވަކިކުރަން ނިންމީ ފުރިހަމަ ތަހުގީގެއް ނުކޮށް: ޝަމީމް
ވަޒީރުންގެ ކަންބޮޑުވުންތަކަށް ސީއެސްސީ ޖަވާބުދާރީވަނީ
ވަޒީރުންގެ ނުރުހުން: ސީއެސްސީއާ ހެދި ހިންގަން ދަތި!
ޕެންޝަނަށް ބޮޑެތި ބަދަލުތަކެއް ގެންނަން ހުށަހަޅައިފި
މިނިސްޓަރުގެ ބަހަށް ޕީއެސް ވަކިކުރުމާ މެދު ކަންބޮޑުވުން
މަގާމު ހޯދަން ލޮބީ ނުކުރަން ނަޝީދު އެދިވަޑައިގެންފި
ސީއެސްސީ އަށް އާ މެމްބަރުން އައްޔަންކޮށްފި