06 ފެބުރުއަރީ 2020
ކ. މާފުށީ މަގުމަތީގައި ބިކިނީއާ އެކު ހުރި ޓޫރިސްޓު އަންހެނަކު ހައްޔަރު ކުރުމުގައި ފުލުހުން އަމަލުކުރި ގޮތުން އަމާޒުވާ ބޮޑެތި ފާޑުކިޔުންތަކާ ގުޅިގެން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިރޭ މާފަށް އެދިވަޑައިގެންފި އެވެ.
ކ. މާފުށީ މަގުމަތީގައި ބިކިނީއާ އެކު ހުރި ޓޫރިސްޓު އަންހެނަކު ހައްޔަރު ކުރުމުގައި ފުލުހުން އަމަލުކުރި ގޮތުން އަމާޒުވާ ބޮޑެތި ފާޑުކިޔުންތަކާ ގުޅިގެން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިރޭ މާފަށް އެދިވަޑައިގެންފި އެވެ.
އެ ޓޫރިސްޓު މީހާ ހިފެހެއްޓުމަށް މަސައްކަތް ކުރާ ވީޑިއޯއެއް މިއަދު ހަވީރު ސޯޝަލް މީޑިއާގައި އާއްމުވެފައިވާއިރު، އެ ވީޑިއޯ އިން ފެންނަނީ ޔުނީފޯމުގައި ތިބި ދެ ފުލުހަކާއި އާއްމުންގެ ބަޔަކު ވެގެން އެ މީހާ ހުއްޓުވަން އުޅޭ ތަނެވެ. އޭރު އަންހެން މީހާ ދިޔައީ އޭނާ ދޫކޮށްލަން ގޮވާލައި ގަދަ ދައްކަމުންނެވެ.
ފުލުހުން ފަހުން އޭނާ ގެންދިޔައީ އަތުގައި ބިޑި އަޅުވައި ތުވާއްޔެއް ގައިގައި އޮޅާލައިގެންނެވެ.
އެއްވެސް އަންހެން ފުލުހަކު، ނެތި މުޅިން ވެސް ފިރިހެން ފުލުހުންތަކެއް ވެގެން އަންހެނަކު ހުއްޓުވަން މަސައްކަތް ކުރުމުންނާއި އަދި ފުލުހުން އަމަލުކުރި ގޮތުގައި ޕްރޮފެޝަނަލް ކަމެއް ނެތް ކަމަށް ބުނެ، އެތައް ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. ޚާއްސަކޮށް ރާއްޖެ އަށް ޒިޔާރަތްކުރި ޓޫރިސްޓަކާ މެދު ފުލުހުން އަމަލުކުރީ ވަރަށް އިހާނެތިކޮށް، ރާއްޖޭގެ ޓޫރިޒަމަށް ވެސް އަސަރު ކުރާނެ ގޮތަކަށް ކަމަށް އެއް ބަޔަކު ދަނީ ބުނަމުންނެވެ.
އެކަމާ ގުޅިގެން ސީޕީ ހަމީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، އެ ޓޫރިސްޓާ މެދު ފުލުހުން އަމަލުކޮށްފައި ވަނީ ގޯސްކޮށް ކަމަށެވެ. އެކަމަށް އަންހެން މީހާ އާއި އާއްމުންގެ ފަރާތުން މާފަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
Incident in Maafushi in which our officers restrained a female tourist seems to be badly handled. I apologise to the tourist & the public for this. The challenge I have taken up is to professionalise the police service & we are working on that. This matter is being investigated.
— Mohamed Hameed (@M_Hameedh) February 6, 2020
"އެންމެ ބޮޑު މަސައްކަތުގެ ގޮތުގައި ނަގާފައިވަނީ ފުލުހުންގެ މުއައްސަސާ ޕްރޮފެޝަނަލް ތަނަކަށް ހެދުން. އެ މަސައްކަތް އަންނަނީ ކުރަމުން. އެ މައްސަލަ ދަނީ ތަހުގީގު ކުރަމުން،" ޕޮލިސް ކޮމިޝަނަރު ވިދާޅުވި އެވެ.
ފުލުހުންގެ ގަވާއިދުގައި އޮންނަ ގޮތުން، އަންހެނަކު ހައްޔަރު ކުރެވޭނީ އަންހެން ފުލުހަކަށެވެ. ނަމަވެސް، ޓޫރިސްޓް މީހާ ހައްޔަރުކޮށްފައި ވަނީ ފިރިހެން ފުލުހުންނެވެ. އެކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާފުށީގައި މިވަގުތު އަންހެން ފުލުހެއް ނެތް ކަމަށެވެ.
އެ އަންހެން މީހާ ހުއްޓުވަން މަސައްކަތްކުރި ވަގުތު ނުކިޔަމަންތެރިކަން ދެއްކުމުން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ބިޑި އަޅުވައިގެންނެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މަސްތުގެ ހާލަތުގައި ހުރި ކަމަށް ތުހުމަތު ކުރެވޭތީ ކަމަށާއި މިރޭ 7:10 ހާއިރު ފުލުހުންގެ ބެލުމުގެ ދަށުން އޭނާ ދޫކޮށްލާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"މިފަދަ ހާދިސާއެއްގައި މިއަށް ވުރެ ރަނގަޅަށް އަމަލު ކުރެވޭނެ ކަމަށް މި ސާވިސް އިން ދެކެން. އެހެންކަމުން މި ހާދިސާ ހިނގައި ދިޔަ ގޮތް ބެލުމަށް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުގެ ފަރާތުން ދަނީ ހަރަކާތްތެރިވަމުން،" އޮފިޝަލް ވިދާޅުވި އެވެ.
ޓޫރިސްޓް މައްސަލާގައި ނަޝީދާއި އިމްރާންގެ ހިޔާލު ތަފާތު
މިލިއަން ޑޮލަރުގެ ޓޫރިޒަމާއެކު ދިރިއުޅުން ފުނޑިއްޖެ!
ޓޫރިސްޓްގެ ކިބައިން މަޖިލިސް މާފަށް އެދިއްޖެ
ޓޫރިސްޓް ހައްޔަރުކުރީ ވަަރަށް ގޯސްކޮށެއް ނޫން: އިމްރާން
މާފުށިން ޓޫރިސްޓަކު ހައްޔަރުކުރުން: މިހާރު ތައުރީފް!
ހަނީމޫނަށް މަރުގެ ނިމުމެއް، ދެއްކީ ހުސް އިހުމާލު!
ބިޒްނާސް މޯލްޑިވްސް މުވައްޒަފުން ހިބަޅިދޫން ބާލަނީ!
ލޯންޗަކުން ޖެހި ޒަހަމްވި ޓޫރިސްޓަކު ބަދަލު ހޯދަނީ!
އާންމުންގެ ހިޔާލު: މާފުއްޓަށް މިހެންވީ ކީއްވެ؟
މާފުއްޓަކީ ސަތޭކައިގެ ބްރޭންޑެއް؛ އުޖާލާ ޓޫރިޒަމެއް!