04 ފެބުރުއަރީ 2020
ދުނިޔޭގެ އެންމެ މުއްސަނދި މީހާ ކަމަށްވާ، އެމެޒޯންގެ ވެރިޔާ ޖެފް ބެޒޯސް އާއި ލޯބިވެރިޔާ ލޯރެން ސަންޗޭޒްގެ ގައިގޯޅި ފޮޓޯތަކާއި އެ ދެ މީހުންގެ މެދުގައިކޮށްފައިވާ ޓެކްސްޓް މެސެޖްތަކުގެ މުއާމަލާތްތަކެއް އެމެރިކާގެ ޓެބްލޮއިޑް ނޫސް ނެޝަނަލް އިންކްއަރާ އަށް ދީ މާލީ މަންފާތަކެއް ހޯދި ކަމަށް ބުނެ ކޮށްފައިވާ ތުހުމަތާ ގުޅިގެން ލޯރެންގެ ބޭބެ މައިކަލް ސަންޗޭޒް، ޖެފަށް ދައުވާކޮށްފި އެވެ.
ދުނިޔޭގެ އެންމެ މުއްސަނދި މީހާ ކަމަށްވާ، އެމެޒޯންގެ ވެރިޔާ ޖެފް ބެޒޯސް އާއި ލޯބިވެރިޔާ ލޯރެން ސަންޗޭޒްގެ ގައިގޯޅި ފޮޓޯތަކާއި އެ ދެ މީހުންގެ މެދުގައިކޮށްފައިވާ ޓެކްސްޓް މެސެޖްތަކުގެ މުއާމަލާތްތަކެއް އެމެރިކާގެ ޓެބްލޮއިޑް ނޫސް ނެޝަނަލް އިންކްއަރާ އަށް ދީ މާލީ މަންފާތަކެއް ހޯދި ކަމަށް ބުނެ ކޮށްފައިވާ ތުހުމަތާ ގުޅިގެން ލޯރެންގެ ބޭބެ މައިކަލް ސަންޗޭޒް، ޖެފަށް ދައުވާކޮށްފި އެވެ.
ހުކުރު ދުވަހު ލޮސް އެންޖެލިސްގެ ކެލިފޯނިއާ ސްޓޭޓް ކޯޓަށް ހުށަހެޅި ދައުވާގައި ބުނީ ނުކުރާ ކަމެއްގެ ތުހުމަތު ބޮލުގައި އެޅުވުމުން އަބުރަށް ހުތުރުވެ، އާންމުންގެ ތެރޭގައި ބަދުނާމުވެފައިވާ ކަމަށެވެ. އެގޮތުން ޖެފް ކުރި ތުހުމަތުތަކާ ގުޅިގެން އެފްބީއައިގެ ޓީމަކުން އޭނާގެ ގެ އަވަށްޓެރިންގެ ކުރިމަތީގައި ރެއިޑްކޮށް، ފާސްކުރުމަކީ ލިބުނު ވަރަށް ބޮޑު ހުތުރެއް ކަމަށް ބުންޏެވެ.
މައިކަލް ބުނިގޮތުގައި ޖެފާއި ލޯރެންގެ ވާހަކަ އޭނާ މީޑިއާތަކަށް ލީކްކޮށްލައިގެން މާލީ މަންފާތަކެއް ހޯދި ކަމަށް ބުނާ ވާހަކަތަކުގައި އެއްވެސް ވަރެއްގެ ހަގީގަތެއް ނެތެވެ. އަދި އޭނާ އަކީ ބޭބެއެއްގެ ހައިސިއްޔަތުންނާއި މެނޭޖަރެއްގެ ހައިސިއްޔަތުން ވެސް ލޯރެންއާ ވަރަށް ޒިންމާދާރު، ހަރުދަނާ ގުޅުމެއް ބާއްވަމުން އަންނަ މީހެއް ކަމަށް ބުނެފައިވެ އެވެ.
މައިކަލް އާއި ލޯރެން.
ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޖެފާއި ލޯރެންގެ ޕްރައިޓް ފޮޓޯތަކާއި މެސެޖްތައް ނެޝަނަލް އިންކްއަރާ އަށް ފޯރުކޮށްދީގެން އޭނާ އަށް 200،000 ޑޮލަރުގެ މަންފާއެއް ލިބިފައިވެ އެވެ. ނަމަވެސް މައިކަލް ގެންދަނީ އެ މީހުންނާ ގުޅޭ އެއްވެސް އެއްޗެއް ލީކްނުކުރާ ކަމަށް ބުނަމުންނެވެ.
ލޯބިވެރިޔާ އަށް ބޭބެ ދައުވާކުރާ މައްސަލާގައި ލޯރެން ބުނީ ޖެފަށް މައިކަލްކުރާ ދައުވާގައި އެއްވެސް އަސްލެއް، ހަގީގަތެއް ނެތް ކަމަށެވެ. މިކަމާ ބެހޭ ގޮތުން ޖެފްގެ ވަކީލު މީޑިއާތަކަށް ވިދާޅުވީ އެ މީހުން ތިބީ ކޯޓްގައި މައިކަލްއާ ކުރިމަތިލާން ތައްޔާރަށް ކަމަށާއި ހެކީގެ ގޮތުގައި ލޯރެންގެ ވާހަކަތައް ވެސް ޑޮކިއުމަންޓްތަކުގެ ގޮތުގައި އެބަހުރި ކަމަށެވެ.
ޖެފާއި ލޯރެންގެ ގުޅުން އާންމުންގެ ތެރޭގައި އާންމުކޮށްފައި ވަނީ މިދިޔަ އަހަރުގެ ކުރީކޮޅު ޖެފްގެ 25 އަހަރުވީ ކައިވެނި ނިމުމަކަށް އައުމާ އެކީގަ އެވެ. ޖެފާއި މެކެންޒީ ޝެރީ ވަކިވި އިރު، އެ ކައިވެންޏަށް ހަތަރު ދަރިން ވެސް ލިބިފައިވެ އެވެ.
ދުނިޔޭގައި މި ވަގުތު ހުރި އެންމެ މުއްސަނދި މީހާ ޖެފް، 56، ގެ މިލްކިއްޔާތު މިހާރު 124 ބިލިއަން ޑޮލަރަށް އަރަ އެވެ.
ބިލް ގޭޓްސްއާ އިންނަން އެހީ ސަމާސާއަކަށް ކަމަށް ބުނެފި
ވަރީގެ މައްސަލާގައި ގޭޓްސްގެ ދަރިފުޅުގެ ޕޯސްޓެއް
ގޭޓްސްގެ ދަރިފުޅު މިސްރުގެ ލޯބިވެރިޔާއާ އެންގޭޖްވެއްޖެ
އެންމެ މުއްސަނދި މީހާގެ ހަޔާތަށް އާ ބައިވެރިއެއް
ޓޭލާ ދެން ވަރަށް އަވަހަށް ކައިވެނި ކުރާނެ
މަޝްހޫރު ޓީވީ ސްޓާރު ސައިމަން ކައިވެނިކުރަނީ
ޖޯޝް ރީތީގެ ރާނީއަކާ އިންނަނީ
އަލަތު ކައިވެންޏަކީ ބަނދެވުމެއް: އެފްލެކް
އޮބާމާ ފައުންޑޭޝަނަށް ބެޒޮސްގެ 100 މިލިއަން ޑޮލަރު
ކަމިލަ އާއި މެންޑޭޒްގެ ލޯބީގެ ގުޅުމުގައި ސިއްކަ