Roadha Mihaaru
ގޭޓްސްގެ ދަރިފުޅު މިސްރުގެ ލޯބިވެރިޔާއާ އެންގޭޖްވެއްޖެ

ބިލް ގޭޓްސްގެ ދޮށީ އަންހެން ދަރިފުޅު މިސްރުގެ ލޯބިވެރިޔާއާ އެންގޭޖްވެއްޖެ

01 ފެބުރުއަރީ 2020

އެމެރިކާގެ މަހުޖަނު އަދި މައިކްރޮސޮފްޓް ކުންފުނީގެ ވެރިޔާ ބިލް ގޭޓްސްގެ ދޮށީ އަންހެން ދަރިފުޅު ޖެނިފާ ގޭޓްސް ލޯބިވެރިޔާއާ އެންގޭޖްވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ މަހުޖަނު އަދި މައިކްރޮސޮފްޓް ކުންފުނީގެ ވެރިޔާ ބިލް ގޭޓްސްގެ ދޮށީ އަންހެން ދަރިފުޅު ޖެނިފާ ގޭޓްސް ލޯބިވެރިޔާއާ އެންގޭޖްވެއްޖެ އެވެ.

ދުނިޔޭގައި ދެވަނަ އަށް އެންމެ މުއްސަނދި މީހާގެ 23 އަހަރުގެ ދަރިފުޅު އެންގޭޖްވީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ މިސްރުގެ ނަޔެލް ނައްސާރް، 29، އާ އެވެ. ދެ މީހުން އެންގޭޖްވި ވާހަކަ އެ މީހުން އިންސްޓަގްރާމްގައި ހިއްސާކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

މިސްރަށް ނިސްބަތް ވިޔަސް، ނައްސާރަކީ އެމެރިކާގެ ޝިކާގޯ އަށް އުފަން ޒުވާނެކެވެ. އެކަމަކު އިމާރާތްތައް ޑިޒައިންކުރުމުގެ މަަސައްކަތްކުރާ ކުންފުންޏެއް ހިންގާ އާއިލާއަކަށް ނިސްބަތްވާ ޒުވާނާ އުޅެބޮޑުވީ ކުވައިތުގަ އެވެ. ނައްސާރަކީ ޕްރޮފެޝަލް އަސް ދުއްވުންތެރިއެއް ވެސް މެ އެވެ.

ސްޓޭންފޯޑް ޔުނިވަސިޓީގައި އެކީގައި ކިޔެވި ޖެނިފާ އާ ނައްސާރު އެންގޭޖްވެފައި މި ވަނީ ރައްޓެހިވެގެން އުޅޭތާ ހަތަރު އަހަރު ފަހުންނެވެ. އެންޖޭޖްމަންޓް އިއުލާންކުރި އިރު، ނައްސާރު އަންނަނީ މި އަހަރު ޖަޕާނުގައި ބާއްވާ އޮލިމްޕިކް ގޭމްސްގައި އަސް ދުއްވުމުގެ ކުޅިވަރުން މިސްރު ތަމްސީލުކުރަން ތައްޔާރުވަމުންނެވެ.

ދޮށީ އަންހެން ދަރިފުޅުގެ އެންގޭޖްމަންޓާ ގުޅިގެން ގޭޓްސް އާއި އަންހެނުން މެލިންޑާ ގޭޓްސް ވަނީ އެ މީހުންގެ ޝުއޫރުތައް އިންސްޓަގްރާމް ސްޓޯރީގައި ވެސް ހިއްސާކޮށްފަ އެވެ. އަދި މިހާރު އެންމެ ބޮޑަށް އިންތިޒާރު ކުރެވެނީ ދެ ކުދިންގެ ކައިވެންޏަށް ކަމަށް ބުނެފައިވެ އެވެ.

ގޭޓްސް އާއި މެލިންޑާގެ ތިބެނީ ތިން ކުދިންނެވެ. އެއީ ދެ އަންހެން ކުދިންނާއި ފިރިހެން ކުއްޖެކެވެ. ފިރިހެން ދަރިފުޅު ރޯރީ ޖޯން ގޭޓްސް އަށް މިހާރު 20 އަހަރެވެ. ހަގު ދަރިފުޅު ފޮއޭބީ އެޑެލް ގޭޓްސް އަށް 17 އަހަރެވެ.