Roadha Mihaaru
ވަރީގެ މައްސަލާގައި ގޭޓްސްގެ ދަރިފުޅުގެ ޕޯސްޓެއް

ވަރީގެ މައްސަލާގައި ގޭޓްސްގެ ދަރިފުޅު ދައްކާނެ ވާހަކައެއް ނެތް

06 މެއި 2021

މައިންބަފައިންގެ ކައިވެނި ރޫޅައިލާތީ މިއީ އާއިލާ އަށް ވަރަށް އުނދަގޫ ވަގުތެއް ކަމަށާއި ނަމަވެސް އެކަމާ ބެހޭ ގޮތުން އިތުރަށް އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާ ކަމަށް ބިލް ގޭޓްސް އާއި މެލިންޑާ ގޭޓްސްގެ ދޮށީ ދަރިފުޅު ޖެނިފާ ކެތަރީން ގޭޓްސް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މައިންބަފައިންގެ ކައިވެނި ރޫޅައިލާތީ މިއީ އާއިލާ އަށް ވަރަށް އުނދަގޫ ވަގުތެއް ކަމަށާއި ނަމަވެސް އެކަމާ ބެހޭ ގޮތުން އިތުރަށް އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާ ކަމަށް ބިލް ގޭޓްސް އާއި މެލިންޑާ ގޭޓްސްގެ ދޮށީ ދަރިފުޅު ޖެނިފާ ކެތަރީން ގޭޓްސް ބުނެފި އެވެ.

އިންސްޓަގްރާމް ސްޓޯރީގައި، 25 އަހަރުގެ ޖެނިފާ ބުނީ ބައްޕަ އާއި މަންމަގެ 27 އަހަރު ކައިވެނި ރޫޅައިލުމަކީ މުޅި އާއިލާގެ ކުރިމަތީގައި މި ވަގުތު އޮތް އެންމެ އުނދަގޫ އަދި ޖަޒުބާތީ ނިންމުން ކަމަށެވެ.

"އެކަމަކު އެ މީހުން ވަކިވާން ނިންމި ނިންމުމާ ބެހޭ ގޮތުން އަހަރެން އަމިއްލަ ހައިސިއްޔަތުން އެއްވެސް ވާހަކައެއް ދައްކާކަށް ބޭނުމެއް ނޫން،" މިދިޔަ އަހަރު މިސްރު ދަރިކޮޅުގެ ލޯބިވެރިޔާއާ އެންގޭޖްވި ޖެނިފާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި މި ދަނޑިވަޅަކީ އެ އާއިލާ އަށް އާންމުންގެ ހެޔޮ ބަސްތައް ބޭނުންވާ ވަގުތެކެވެ. އަދި މިއީ އާއިލާ އަށް ވަރަށް ބޮޑަށް ޕްރައިވެސީ ވެސް ބޭނުންވާ ދަނޑިވަޅެދއް ކަމަށާއި ބޭނުން ވަނީ ހަޔާތުގެ ކުރިއަށް ދުވަސްތައް އޮތް އޮމާންކަމާ އެކު ކުރިއަށް ގެންދަން ކަމަށެވެ.

ބިލް އާއި މެލިންޑާގެ ކައިވެނި ރޫޅައިލާކަން ދެ ބޭފުޅުން އިއުލާންކުރެއްވީ އަންގާރަ ދުވަހު ނެރުއްވި ބަޔާނެއްގަ އެވެ. އޭގައި ވިދާޅުވީ ވަކިވާން ނިންމެވީ ދެން އެކީގައި އުޅެވެން ނެތް ކަމަށް ގަބޫލުކުރެވިގެން ކަމަށެވެ. އެކަމަކު ވަކިވާން ނިންމެވި ސަބަބާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ހާމަކޮށްފައެއް ނުވެ އެވެ.

ބިލް އާއި މެލިންޑާ އަށް ތިން ބޭފުޅުން ލިބިވަޑައިގެންފައިވެ އެވެ. އެއީ ޖެނިފާގެ އިތުރުން ރޯރީ ޖޯންސް ގޭޓްސް، 21، އާއި ފޮއޭބީ އެޑެލް ގޭޓްސް، 18، އެވެ.