12 ޖެނުއަރީ 2022
ހޮލީވޑްގެ މަޝްހޫރު ފިލްމު ސީރީޒް "ޓްރާންސްފޯމާސް" ގެ ބަތަލު ޖޯޝް ޑަމެލް އެމެރިކާގެ ރީތީގެ ރާނީއަކާ އެންގޭޖް ވެއްޖެ އެވެ.
ހޮލީވޑްގެ މަޝްހޫރު ފިލްމު ސީރީޒް "ޓްރާންސްފޯމާސް" ގެ ބަތަލު ޖޯޝް ޑަމެލް އެމެރިކާގެ ރީތީގެ ރާނީއަކާ އެންގޭޖް ވެއްޖެ އެވެ.
ދަރިޔަކު ވެސް ލިބިފައި ވަނިކޮށް ކުރީގެ ކައިވެނި ރޫޅިފައިވާ 49 އަހަރުގެ އެކްޓަރުގެ އާ ބައިވެރިޔަކީ 2016 ވަނަ އަހަރުގެ މިސް ވޯލްޑް މުބާރާތުގައި އެމެރިކާ ތަމްސީލުކުރި އޯޑްރީ މޭރީ، 28، އެވެ. ޖޯޝް އާއި މޭރީ ލޯބީގެ ގޮތުން ގުޅުނީ 2019 ގަ އެވެ.
އެންގޭޖްވި ކަމާއި އޭނާއާ އިންނަން މޭރީ ގާތުގައި އެހި ވާހަކަ ޖޯޝްގެ އިންސްޓަގްރާމްގައި އެ ދެމީހުންގެ ފޮޓޯއަކާ އެކު ހިއްސާކުރުމުން، އޭނާގެ ކުރީގެ އަންހެނުން ލަވަކިޔުންތެރިޔާ/ބަތަލާ ފާގީ ވެސް ވަނީ މަރުހަބާ ކިޔައިފަ އެވެ. އެ ފޮޓޯ މޭރީ ވެސް ޕޯސްޓްކޮށް އުފަލުން ހިތްފުރިފައިވާ ކަމަށާއި ޖޯޝް ދެކެ ވަރަށް ލޯބިވާ ކަމަށް ބުނެފައިވެ އެވެ.
އެ ދެ މީހުން 2009 ގައި ކުރި ކައިވެނި ރޫޅުނީ 2019 ގަ އެވެ. އެ ކައިވެންޏަށް ލިބިފައިވާ ދަރިޔަކީ މިހާރު 8 އަހަރުގެ އެޒެލް ޖެކް ޑަމެލް އެވެ.
ޖޯޝް އަކީ މިހާތަނަށް ވަރަށް ގިނަ އަދަދެއްގެ ފިލްމާއި ޓީވީ ސިލްސިލާތައް ވެސް ކުޅެފައިވާ ތަރިއެކެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކީ 2020 ގެ "ތިންކް ލައިކް އަ ޑޯގް" އެވެ. ޖޯޝްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޖޫންގައި ރިލީޒްކުރަން ހަމަޖެހިފައިވާ ޖެނިފާ ލޮފޭޒްގެ "ޝޮޓްގަން ވެޑިން" ހިމެނެ އެވެ.
ކަމިލަ އާއި މެންޑޭޒްގެ ލޯބީގެ ގުޅުމުގައި ސިއްކަ
އެންގޭޖްމަންޓް ރޫޅާލި ވާހަކަ ޖެނިފާ ލޮޕޭޒް ދޮގުކޮށްފި
ގާގާގެ އާ ބައިވެރިޔަކީ މައިކަލް
ޓޭލާ ދެން ވަރަށް އަވަހަށް ކައިވެނި ކުރާނެ
މަޝްހޫރު ޓީވީ ސްޓާރު ސައިމަން ކައިވެނިކުރަނީ
ބަތަލާ ލިންޒީ އެންގޭޖްވެއްޖެ
ޕްރިޔަންކާގެ ނަމުން "ޖޯނަސް" އުނިކޮށްފި
ބިލް ގޭޓްސްއާ އިންނަން އެހީ ސަމާސާއަކަށް ކަމަށް ބުނެފި
ހޮލީވުޑްގެ އާ ލޯބިވެރިންނަކީ ކްރިސް އާއި ސެލީނާ؟
ބްރިޓްނީ ކައިވެނިކުރާނެ ތަނަކާ ބެހޭގޮތުން ޚިޔާލު ހޯދަނީ