Roadha Mihaaru
ގާގާގެ އާ ބައިވެރިޔަކީ މައިކަލް

ލޭޑީ ގާގާގެ އާ ބައިވެރިޔަކީ މައިކަލް ޕޮލާންސްކީ

07 ފެބުރުއަރީ 2020

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ލޭޑީ ގާގާ، ވިޔަފާވެރިޔާ މައިކަލް ޕޮލާންސްކީއާ ރައްޓެހިވެގެން އުޅޭކަން ކަށަވަރުކޮށް ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ލޭޑީ ގާގާ، ވިޔަފާވެރިޔާ މައިކަލް ޕޮލާންސްކީއާ ރައްޓެހިވެގެން އުޅޭކަން ކަށަވަރުކޮށް ދީފި އެވެ.

އެ ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ވާހަކަ މީޑިއާތަކުގައި ދެކެވޭތާ ދުވަސްތަކެއް ފަހުން ގާގާ ވަނީ މައިކަލްއާ އެކު މަޔާމީގައި ނަގާފައިވާ ގައިގޯޅި ފޮޓޯއަކުން ދެ މީހުންގެ ގުޅުން ކަށަވަރުކޮށް ދީފަ އެވެ. އޭގައި އޭނާ ބުނީ މަޔާމީގައި ވަރަށް އުފާވެރި ވަގުތަކެއް އެކީގައި ހޭދަކޮށްފައިވާ ކަމަށެވެ.

މާކް ޒަކަބާގާ އެކު ފޭސްބުކް ވުޖޫދަށް ގެނައުމުގައި ހިއްސާވި ޝޯން ޕާކާގެ ކެންސަ އިމިއުނޯތެރަޕީ އިންސްޓިޓިއުޓްގައި އިސްކޮށް މިހާރު މަސައްކަތްކުރަމުން އަންނަ މައިކަލް އަކީ ހާވާޑް ޔުނިވަސިޓީގެ ގްރެޖްއޭޓެކެވެ. އޭނާ އާއި ގާގާ ރައްޓެހިވެގެން އުޅޭ ވާހަކަ އެންމެ ބޮޑަށް ދެކެވެން ފެށީ އާ އަހަރާ ދިމާކޮށް މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު އެވެ.

މައިކަލް.

މައިކަލް.

މައިކަލްއާ ރައްޓެހިވެގެން އުޅޭކަން ގާގާ ކަށަވަރުކޮށް ދިން އިރު އޭނާ 2018 ގައި ކުޅުނު ފިލްމު "އަ ސްޓާ އިޒް ބޯން" ގެ ބަތަލު/ޑައިރެކްޓަރު ބްރެޑްލީ ކޫޕާއާ ރައްޓެހިވެގެން އުޅޭކަމުގެ އަޑުތަކެއް ވެސް ވަރަށް ގަދައަށް މިދިޔަ އަހަރު އަރާފައިވެ އެވެ. ނަމަވެސް ގާގާ ވަނީ އެ ކަހަލަ އެއްވެސް ގުޅުމެއް ކޫޕާއާ އެކު ނުބާއްވާ ކަމަށް ބުނެފަ އެވެ.

ކުރިން ކައިވެންޏެއްކޮށް، ދަރިއަކު ވެސް ހުރި ކްރިސްޓިއަން ކެރީނޯ، 51، އާ 2018 ގެ އޮކްޓޯބަރު މަހުގެ ތެރޭގައި އެންގޭޖްވުމަށް ފަހު، ގާގާ، 33، ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު އެންގޭޖްމަންޓް ރޫޅާލައިފަ އެވެ.