02 ފެބުރުއަރީ 2020
މެނީލާ (ފެބްރުއަރީ 2) - ކޮރޯނާވައިރަސް އަރާފައި ހުރި މީހަކު ޗައިނާ ފިޔަވައި އެހެން ގައުމަކުން ފުރަތަމަ ފަހަރަށް މަރުވެއްޖެ އެވެ.
މެނީލާ (ފެބްރުއަރީ 2) - ކޮރޯނާވައިރަސް އަރާފައި ހުރި މީހަކު ޗައިނާ ފިޔަވައި އެހެން ގައުމަކުން ފުރަތަމަ ފަހަރަށް މަރުވެއްޖެ އެވެ.
މަރުވެފައި ވަނީ ވޫހާން ސިޓީން ފިލިޕީންސަށް ގޮސް ހުރި 44 އަހަރުގެ ފިރިހެނެކެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނި ގޮތުގައި އެ މީހާ އަށް ކޮރޯނާވައިރަސް އަރާފައި ވަނީ އޭނާ ފިލިޕީންސަށް ދިއުމުގެ ކުރިންނެވެ.
ހުބެއި ޕްރޮވިންސްގެ ވެރިރަށް ވޫހާންގައި ޑިސެމްބަރު މަހު ފެތުރެން ފެށި ވައިރަހުގައި މިހާތަނަށް 300 މީހުން މަރުވެ 14،000 އަށް ވުރެ ގިނަ މީހުންނަށް ވައިރަސް އަރާފައިވެ އެވެ.
ޗައިނާ ފިޔަވައި 24 ގައުމަކުން މިހާތަނަށް ވައިރަސް ވަނީ ފެނިފަ އެވެ. ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އެމެރިކާ، އޮސްޓްރޭލިއާ، ނިއު ޒީލެންޑް، ސިންގަޕޫރު އަދި އިޒްރޭލުން ވަނީ ޗައިނާ މީހުންނާއި ދާދި ފަހުން ޗައިނާ އަށް ދަތުރުކޮށްފައިވާ މީހުން އެ ގައުމުތަކަށް ދަތުރުކުރުން މަނާކޮށްފަ އެވެ. މޮންގޯލިއާ، ރަޝިޔާ އަދި ނޭޕާލުން ވަނީ އެއްގަމު ބޯޑަރު ބަންދުކޮށްފަ އެވެ.
ކޮރޯނާވައިރަސް އަރައިގެން މީހަކު މަރުވުމާ ގުޅިގެން ޗައިނާ މީހުން ފިލިޕީންސް އަށް ދަތުރު ކުރުން މިހާރު ވަނީ މަނާކޮށްފަ އެވެ.
ކޮރޯނާވައިރަސް ފުރަތަމަ ފެނިފައި ވަނީ 11 މިލިއަން މީހުންގެ އާބާދީއެއް ދިރިއުޅޭ ވޫހާން ސިޓީން ޑިސެމްބަރު މަހު ފަހުކޮޅު އެވެ. ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް މިދިޔަ މަހު 23 ގައި ވަނީ އެ ސިޓީ ކަރަންޓީންކޮށްފަ އެވެ.
ޗައިނާގެ ކޯސްޓްގާޑުގެ އަމަލު ފިލިޕީންސުން ކުށްވެރިކޮށްފި
ޗައިނާގެ މަސްބޯޓްތަކާ އެކު ފިލިޕީންސްގެ ކަންބޮޑުވުން
ފުލުހެއްގެ ގަޔަށް ޕުޑިން ޖެހި މީހަކު ޑީޕޯޓްކޮށްލަނީ
ހަޔައެޗީވާސް ސްކޮލަޝިޕުން ކިޔެވޭނީ އޭޝިޔާގެ 11ގައުމުން
ދެކުނު ޗައިނާ ކަނޑުގެ މައްސަލަ ފިލިޕީންސްއާ އެއްކޮޅަށް
ދެކުނު ޗައިނާ ކަނޑާ ބެހޭގޮތުން މިއަދު ގޮތެއް ނިންމާނެ
އެއާބަސް އޭ330 ގެ ފުރަތަމަ ދަތުރު ޗެންގްޑޫއަށް
ފިޔޯރީގައި މަސްކާރުހާނާއެއް ހަދަން ސޮއިކުރަނީ
ޓިބެޓްގެ ބިންހެލުމުގައި މަރުވި އަދަދު 100 އިން މަތި
ބިންހެލުމެއްގައި ޓިބެޓް ސަރަހައްދުން ބަޔަކު މަރުވެއްޖެ