22 މާޗް 2021
މެނީލާ (މާޗް 22) - ސައުތު ޗައިނާ ކަނޑުގައި ފިލިޕީންސްގެ ކަނޑުގެ ސަރަހައްދަށް ޗައިނާގެ 200 އަށް ވުރެ ގިނަ މަސް ބޯޓު ވަންނަން ކައިރިވެފައިވާ ކަމަށާއި އެ ބޯޓުތައް އެ ސަރަހައްދުން ދުރަށް ގެންދިއުމަށް ފިލިޕީންސް އިން ގޮވާލައިފި އެވެ.
މެނީލާ (މާޗް 22) - ސައުތު ޗައިނާ ކަނޑުގައި ފިލިޕީންސްގެ ކަނޑުގެ ސަރަހައްދަށް ޗައިނާގެ 200 އަށް ވުރެ ގިނަ މަސް ބޯޓު ވަންނަން ކައިރިވެފައިވާ ކަމަށާއި އެ ބޯޓުތައް އެ ސަރަހައްދުން ދުރަށް ގެންދިއުމަށް ފިލިޕީންސް އިން ގޮވާލައިފި އެވެ.
ޑިފެންސް މިނިސްޓަރު ޑެލްފިން ލޮރެންޒަނާ ވިދާޅުވީ ޗައިނާގެ މަސްބޯޓުތަކުން ދަނީ ފިލިޕީންސްގެ ކަނޑުގެ ސަރަހައްދުގެ ހައްގުތަކަށް ހުރަސް އަޅަމުން ކަމަށެވެ. އަދި އެއީ މަސް ބޯޓުތަކެއް ކަމަށް ނުބެލެވޭ ކަމަށާއި އެ ބޯޓުތަކުގައި ތިބީ ސިފައިން ކަމަށް ބެލެވޭ ކަމަށް ވެސް ފިލިޕީންސް އިން ބުނެފައިވެ އެވެ.
މީގެ ފަސް އަހަރު ކުރިން ބައިނަލްއަގުވާމީ ކޯޓަކުން ވަނީ ސައުތު ޗައިނާ ކަނޑުގެ 90 ޕަސެންޓުގެ މިލްކުވެރި ކަމަށް ޗައިނާ އިން ކުރާ ދައުވާއާ ދެކޮޅު ހަދައިފަ އެވެ. ފިލިޕީންސްގެ އިތުރުން ބުރުނާއީ، މެލޭޝިއާ، ޓައިވާން އަދި ވިއެޓްނާމުން ވެސް ސައުތު ޗައިނާ ކަނޑުގެ މިލްކުވެރިކަން ހޯދަން ޗައިނާ އިން ކުރާ މަސައްކަތަށް ދެކޮޅު ހަދަ އެވެ.
ފިލިޕީންސްގެ ކޯސްޓް ގާޑުން އާއްމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ޗައިނާގެ މަސް ބޯޓުތައް އެންކަރުކޮށްފައި ވަނީ ސައުތު ޗައިނާ ކަނޑުގެ ވިޓްސުން ރީފްގަ އެވެ. އެ ފަރު އޮންނަނީ ފިލިޕީންސްގެ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި ކަމަށް ވެސް ބުނެފައިވެ އެވެ. އެ ފަރަށް ޗައިނާގެ 200 ވަރަކަށް ބޯޓު އެންކަރުކޮށްފައިވާ ކަމަށް ފިލިޕީންސް އިން ބުނެ އެވެ.
"ފިލިޕީންސްގެ ސަރަހައްދުން އެ ބޯޓުތައް އަނބުރާ ގެންގޮސް ފިލިޕީންސްގެ އިގްތިސާދީ ސަރަހައްދުގެ މިނިވަން ކަމަށް ހުރަސް ނޭޅުމަށް ގޮވާލަން،" ޑިފެންސް މިނިސްޓަރު ލޮރެންޒޯ ވިދާޅުވި އެވެ.
ޗައިނާގެ ކޯސްޓްގާޑުގެ އަމަލު ފިލިޕީންސުން ކުށްވެރިކޮށްފި
ދެކުނު ޗައިނާ ކަނޑުގެ މައްސަލަ ފިލިޕީންސްއާ އެއްކޮޅަށް
ދެކުނު ޗައިނާ ކަނޑާ ބެހޭގޮތުން މިއަދު ގޮތެއް ނިންމާނެ
ޗައިނާ ކަނޑުގެ ސިފައިން ތަމްރީންތަކެއް ބާއްވައިފި
ކަނޑުގެ މައްސަލައިގައި އެމެރިކާ އާއި ޗައިނާ ޒުވާބަކަށް
ނަޝީދަށް ޗައިނާގެ ސަރުކާރުން ރައްދު ދީފި!
"ސައުތު ޗައިނާ ކަނޑަށް އަތްގަދަކުރުން ގާނޫނާޚިލާފް"
ކޮރޯނާވައިރަސް: ޗައިނާ އިން ބޭރުން ފުރަތަމަ މަރު
ފުލުހެއްގެ ގަޔަށް ޕުޑިން ޖެހި މީހަކު ޑީޕޯޓްކޮށްލަނީ
ސައުތު ޗައިނާ ކަނޑަށް އެމެރިކާގެ މަނަވަރެއް ވަދެއްޖެ