16 ފެބުރުއަރީ 2019
ޕުޑިން ތައްޓާ އެކު ރޭލަށް ނޭރޭނެ ކަމަށް އަންގައި، އެކަން ހުއްޓުވި ފުލުހެއްގެ ގަޔަށް ސޯޔާބީން ޕުޑިން ތައްޓެއް ޖެހި ޗައިނާގެ ޒުވާން އަންހެނަކު ފިލިޕީންސުން ހައްޔަރުކޮށްފި އެވެ.
ޕުޑިން ތައްޓާ އެކު ރޭލަށް ނޭރޭނެ ކަމަށް އަންގައި، އެކަން ހުއްޓުވި ފުލުހެއްގެ ގަޔަށް ސޯޔާބީން ޕުޑިން ތައްޓެއް ޖެހި ޗައިނާގެ ޒުވާން އަންހެނަކު ފިލިޕީންސުން ހައްޔަރުކޮށްފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ފިލިޕީންސްގެ ވެރިރަށް މެނީލާގެ މެޓްރޯ ރެއިލް ޓްރާންސިޓް (އެމްއާރްޓީ) ގައި މި މަހުގެ 9 ވަނަ ދުވަހު ސޯޔާބީން ޕުޑިން ތައްޓަކުން ފުލުހަކަށް ހަމަލާ ދިނީ، އެ ގައުމުގައި ފެޝަން ޑިޒައިނިން ކިޔަވަމުން އަންނަ ޗައިނާގެ ޒަންގް ޖިއާލޭ، 23، އެވެ.
ބީބީސީން ބުނި ގޮތުގައި ވިލިއަމް ކްރިސްޓޯބަލް ކިޔާ ފުލުސް މީހާގެ ގަޔަށް ޕުޑިން ތަށި ޖެހީ، އެ ހުސްކޮށްފައި ނުވަތަ ބަހައްޓާފައި ނޫނީ ރޭލަށް ނޭރޭނެ ކަމަށް ބުނުމުން އައި ރުޅީގަ އެވެ.
"ޓާހޯ" ކިޔާ ސޯޔާބީން ޕުޑިން ތައްޓެއް.
ފިލިޕީންސްގެ އެމްއާރްޓީއަކީ ރޭލު ދަތުރުތަކަށް އަރާ އިރު، ދިޔާ އެއްޗެހި ހިފައިފެން އެރުން މަނާކޮށްފައި އޮންނަ ހިދުމަތެކެވެ. މި އުސޫލާ ޗައިނާގެ އަންހެނަކު ހިލާފުވާން މަސައްކަތްކޮށް، ފުލުހަކަށް ހަމަލާ ދިން މައްސަލާގައި އޭނާ ހައްޔަރުކޮށްފައިވާ އިރު ހަތަރު ދައުވާއެއް ވަނީ އުފުލައިފަ އެވެ.
އެއީ ރަސްމީ މަސްއޫލިއްޔަތު އަދާކުރަން އުޅުނު މުވައްޒަފަކަށް ހަމަލާ ދިނުމާއި އުސޫލާ ހިލާފުވުމުގެ ދައުވާ އާއި އިމިގްރޭޝަންގެ ގަވައިދާ ހިލާފުވުމުގެ ދައުވާގެ އިތުރުން ބޭރު ގައުމެއްގެ އުސޫލުތަކަށް އިހުތިރާމު ކުޑަކޮށް ފުލުހުންގެ ހިދުމަތަށް ގަދަރު ކުޑަކުރުމުގެ ދައުވާ އެވެ.
ޒަންގް ފުލުހުންގެ ބެލުމުގެ ދަށުގައި.
މި މައްސަލައާ ގުޅިގެން ޒަންގް ބްލެކްލިސްޓްކޮށް، ފިލިޕީންސުން ޑިޕޯޓްކޮށްފާނެ ކަމަށް ބެލެވޭ އިރު، އޭނާ ވަނީ ފަހުން މާފަށް ވެސް އެދިފަ އެވެ. ޒަންގް ބުނީ ފުލުސް މީހާގެ ގަޔަށް ޕުޑިން ތަށި ޖެހުނީ އެ ވަގުތު މޫޑް ހަރަބާވުފައި ހުރުމުން ކަމަށެވެ.
"އެހެންވެ އަހަންނަށް އިތުރު ފުރުސަތެއް [ޑިޕޯޓްކޮށް ނުލައި] ދޭނެ ކަމަށް އުންމިދު ކުރަން،" މީޑިއާތަކަށް ޒަންގް ބުންޏެވެ.
ޗައިނާގެ ސިޓީތަކަށް މޭކަޕް ރޫމްތައް
އަންހެނުންނަށް ކަމުދާނެ ފަސް ސެންޓު
ޝިޒޫގެ ކޭކުގެ ރަހަ ޗައިނާގައި ވެސް ހެޔޮވަރު
94 އަހަރުގެ މިނީ މައުސް އަށް އާ ލުކެއް
ޓެކުހަށް މަކަރު ހެދުމުން 210 މިލިއަންގެ ޖޫރިމަނާއެއް
ސޯޝަލް މީޑިއާ އަކީ ހަލާކެއް: ރެސާ
"ޒާރާ" ގެ ވެރިޔަކަށް ކުންފުނީގެ ވެރިޔާގެ ދަރިއެއް
ޗައިނާގެ ކޯސްޓްގާޑުގެ އަމަލު ފިލިޕީންސުން ކުށްވެރިކޮށްފި
ކެބިން ކްރޫން ސްކާޓް ދޫކޮށްލައި ހަރުވާޅަށް
ފޮޓޯޝޫޓަކަށް ވަގުތު ނުދީގެން ކެންޑަލްއަށް ދައުވާކޮށްފި