22 ޖެނުއަރީ 2019
ވެންްޑިން މެޝިނާއި ފޯނު ބޫތު ފަދަ ވަސީލަތްތަކާ ދާދި އެއްގޮތަކަށް ޗައިނާގައި މޭކަޕްގެ ކުރުމުގެ ހިދުމަތް ދޭން ފަށައިފި އެވެ.
ވެންްޑިން މެޝިނާއި ފޯނު ބޫތު ފަދަ ވަސީލަތްތަކާ ދާދި އެއްގޮތަކަށް ޗައިނާގައި މޭކަޕްގެ ކުރުމުގެ ހިދުމަތް ދޭން ފަށައިފި އެވެ.
އެ ގައުމުގެ ސިޓީތަކުގައި މިހާރު އަންނަނީ މޭކަޕް ރޫމްތައް ބަހައްޓަމުންނެވެ. އަދި މިކަމަށް އަންހެނުންގެ ފަރާތުން ލިބޭ ތަރުހީބު ވެސް އަންނަނީ ބޮޑުވަމުންނެވެ. މިއީ ބޭނުން ކޮންމެ މީހަކަށް ވެސް މޭކަޕްކޮށްލެވޭ ގޮތަށް ބަހައްޓާ ބޫތުތަކެކެވެ.
މޭކަޕްކޮށްލަން ބޭނުން ނަމަ ފީއެއް ދައްކަން ޖެހޭނެ އެވެ. އެކަން މޮބައިލް ފޯނުން، ކިއުއާރް ކޯޑް ބޭނުންކޮށްގެން ކޮށްލެވޭނެ އެވެ. އަގު 58 ޔުއާން (8.50 ޑޮލަރު) އަށް ވުރެ މައްޗެއް ނުވާނެ އެވެ.
މޭކަޕް ރޫމެއްގައި މީހަކު މޭކަޕް ކުރަނީ.
މި މޭކަޕް ރޫމްތަކުގެ އެންމެ ހާއްސަ ކަމަކީ އެންމެ މަތީ ފެންވަރުގެ މޭކަޕް ސާމާނު ލިބެން ހުންނަ ކަމެވެ. އެގޮތުން އެންމެ ފެންވަރު ރަނގަޅު ބްރޭންޑްތަކުގެ މޭކަޕް ސާމާނުން ޗާލުވެލާނެ ފުރުސަތު ކޮންމެ މީހަކަށް ވެސް ލިބޭނެ އެވެ.
ކުރަން ޖެހޭހާ ވެސް ކަމަކީ ފީ ދައްކާލައި ވަދެ މޭކަޕްކޮށްގެން ދިއުމެވެ. މޭކަޕްކުރަން ނަގާނެ ކަމަށް ލަފާކޮށްފައި ވަނީ 15-45 މިނިޓެވެ.
މޭކަޕް ރޫމެއްގެ އެތެރޭގެ މަންޒަރެއް.
ޗައިނާގެ ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި މޭކަޕް ރޫމްތަކަށް ގިނަ ބައެއްގެ ތަރުހީބު ލިބެމުން ދިޔަ ނަމަވެސް، މި ހިދުމަތަށް ފާޑު ކިޔުންތައް ވެސް އަމާޒުވެފައިވެ އެވެ. އެއް ކަމަަކީ ގިނަ އަންހެނުންނަކީ އެ މީހުންގެ މޭކަޕް ސާމާނު އެހެން މީހަކާ ހިއްސާ ކުރަން ބޭނުން ނުވާ ބަޔަކަށްވުމެވެ.
އެހެންވެ މޭކަޕް ރޫމްތަކެއް ބަހައްޓައިގެން މޭކަޕްކުރާ ސާމާނު އެކަކު އަނެކަކަށް ހިއްސާ ކުރާ ގޮތަށް ތައާރަފު ކުރި ހިދުމަތަކީ ކުރިމަގު އޮތް ހިދުމަތަކަށް ވެދާނެތޯ ބައެއް މީހުން ސުވާލު އުފައްދާފައިވެ އެވެ.
ރިއާނާ އަކީ ވެސް މިހާރު ބިލިއަނަރެއް
"ރެއާ ބިއުޓީ" ގެ ނަމުގައި ސެލީނާގެ މޭކަޕް ލައިނެއް
ވިކްޓޯރިއާ ބެކަމްގެ ބިއުޓީ ކަލެކްޝަނެއް
ރީތިވާން 300 ޕްލާސްޓިކް ސާޖަރީ ހެދި މީހެއް
ފުލުހެއްގެ ގަޔަށް ޕުޑިން ޖެހި މީހަކު ޑީޕޯޓްކޮށްލަނީ
މިލްކް މޭކަޕަކީ ކޯއްޗެއް؟
މޭކަޕާ ބެހޭގޮތުން އަންހެނުން ބުނަނީ ކީކޭ؟
އަންހެނުންނަށް ކަމުދާނެ ފަސް ސެންޓު
ޗޫޓީގެ ސުވާލާއި ޖަވާބު: ރީތި ކަމަކީ އަދި ރީތިވުމަކީ ކޮބާ؟
ޝިޒޫގެ ކޭކުގެ ރަހަ ޗައިނާގައި ވެސް ހެޔޮވަރު