Roadha Mihaaru

މިހާރު ސްޓައިލް: މޭކަޕާ ބެހޭގޮތުން އަންހެނުން ބުނަނީ ކީކޭ؟

08 އޮކްޓޯބަރ 2016

މޭކަޕް ކުރުމުން އެމީހެއްގެ އަސްލު ސިފަ ގެއްލެއޭ ބުނެ އެވެ. އެއީ މޭކަޕް ކުރާ ގޮތަކުން އެމީހެއްގެ ސިފަ އިތުރަށް ރީތިވާތީ އެވެ. ތުންފަތުގައި ގަދަ ކުލައެއް ޖެއްސުމުން މަލާމާތްކޮށް އެކުލައެއް ޖެއްސީ ކީއްވެތޯ ސުވާލުކޮށް ފާޑު ކިޔަ އެވެ.

ފާތިމަތު މުނާލް ޝުޖާއު ފާތިމަތު މުނާލް ޝުޖާއު

މޭކަޕް ކުރުމުން އެމީހެއްގެ އަސްލު ސިފަ ގެއްލެއޭ ބުނެ އެވެ. އެއީ މޭކަޕް ކުރާ ގޮތަކުން އެމީހެއްގެ ސިފަ އިތުރަށް ރީތިވާތީ އެވެ. ތުންފަތުގައި ގަދަ ކުލައެއް ޖެއްސުމުން މަލާމާތްކޮށް އެކުލައެއް ޖެއްސީ ކީއްވެތޯ ސުވާލުކޮށް ފާޑު ކިޔަ އެވެ.

މިއީ އާއްމުކޮށް އަންހެނުން ކުރިމަތިލާންޖެހޭ ފާޑު ކިޔުންތަކެކެވެ. ނަމަވެސް އެމީހަކު ހިތްހަމަޖެހޭ ގޮތަކަށް މޭކަޕްކޮށް ފަރިވެލުމުގައި އޮތީ ކޮން ގޯހެއް ހެއްޔެވެ؟

މިހާރު ސްޓައިލްގެ އާ އެޕިސޯޑުގައި އެކި ދާއިރާތަކުގައި މަސައްކަތް ކުރާ އަންހެނުން މޭކަޕާ ބެހޭގޮތުން އެމީހުންގެ ވިސްނުން ހާމަކުރެ އެވެ. މޭކަޕް ކުރަނީ މީހުން "އިމްޕްރެސް" ކުރާކަށެއް ނޫން ކަން އަމިނަތު މިއުޝާ ބުންޏެވެ. އެއީ އެ މީހަކު ބޭނުންވާ އަދި ހިތްހަމަޖެހޭ ގޮތަށް ކޮށްލާ ކަމެއް ކަމަށް މޭކަޕް އާޓިސްޓް ރުތުބާ ބުންޏެވެ.

މޭކަޕާއި ބެހޭގޮތުން އަންހެނުންގެ ހިޔާލު

މޭކަޕާއި ބެހޭގޮތުން އަންހެނުންގެ ހިޔާލު

މޭކަޕް ކުރުމަކީ ކޮންމެ ދުވަހަކު ކުރަން މަޖުބޫރު ކަމެއް ނޫނެވެ.

"ކޮންމެ މީހަކީ ރީތި މީހެއް، މޭކަޕް ކުރިއަސް ނުކުރިއަސް،" މޭކަޕް އާޓިސްޓް އައިޝަތު ދީމާ ބުންޏެވެ.

އިންޓަނެޓްގައި ނައިން ގެގް ފަދަ ސައިޓު ތަކުގަ މޭކަޕް ކޮށްފައި ތިބޭ އަންހެނުންނަށް މަލާމާތްތައް ރައްދު ކޮށްފައި ހުރެ އެވެ. އޭގެ ތެރެއިން މަޝްހޫރު އެއް "މީމް" އަކީ "ޓޭކް ހާ ސްވިމިން އޮން ދަ ފަސްޓް ޑޭޓް" އެވެ. އޭގައި ބުނާ ގޮތުގައި އަންހެނަކު މޭކަޕް ކުރުމުން ވަރަށް ތަފާތުވެ އެވެ. އަސްލު ސިފައާ ހިލާފަށް ރީތި ވެ އެވެ. މިއީ ބޮޑު އޮޅުވާލުމެއް ކަމަށް ގިނަ މީހުން ބުނެ އެވެ.

"ވަރަށް ގިނަ މީހުން ބުނާނެ މޭކަޕް ކުރީމަ ވަރަށް ތަފާތު ވެޔޭ. އެކަމަކު ދީކޮ ދެކޭ ގޮތުގަ އެމީހެއްގެ ރީތިކަން ބޮޑަށް ފާޅު ވަނީ،" ދީމާ ބުންޏެވެ.