Roadha Mihaaru
އެލިއާ އިން ސީ އެމްބިއުލެންސަށް ދެ އިންޖީނު ދީފި

ސީ އެމްބިއުލެންސްގައި ބޭނުންކުރަން އެލިއާ އިން ދެ އިންޖީނު ހަދިޔާކޮށްފި

05 އޮކްޓޯބަރ 2016

ސީ އެމްބިއުލެންސްތަކަށް ބޭނުންވާ އިންޖީނު ހޯދުމަށް އެލިއާ އިންވެސްޓްމަންޓްސްއާ ހަވާލުކޮށްގެން ހިންގި މަޝްރޫއު ފުރިހަމަކޮށްފި އެވެ. އަދި އެކަން ފާހަގަކުރުމަށް އެލިއާ އިން ވަނީ ދެ އިންޖީނު އެމްއެންޑީއެފަށް ހަދިޔާކޮށްފަ އެވެ.

ސީ އެމްބިއުލެންސްތަކަށް ބޭނުންވާ އިންޖީނު ހޯދުމަށް އެލިއާ އިންވެސްޓްމަންޓްސްއާ ހަވާލުކޮށްގެން ހިންގި މަޝްރޫއު ފުރިހަމަކޮށްފި އެވެ. އަދި އެކަން ފާހަގަކުރުމަށް އެލިއާ އިން ވަނީ ދެ އިންޖީނު އެމްއެންޑީއެފަށް ހަދިޔާކޮށްފަ އެވެ.

އެކަން ފާހަގަކުރުމަށް މިއަދު މެންދުރު ފަހު މާބުލް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި އެލިއާ އިން ހަދިޔާކުރީ 200 ހޯސްޕަވަރުގެ ދެ އައުޓްބޯޑު އިންޖީނެވެ. އެ ދެ އިންޖީނުގެ ލިޔެކިއުންތައް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާ ހަވާލުކޮށްދެއްވީ އެލިއާގެ މެނޭޖިން ޑިރެކްޓަރު އަލާއު އަލީ އެވެ.

މެއި 2014 ގައި ތައާރަފްކުރި ސީ އެމްބިއުލެންސް ހިދުމަތުގައި ގެންގުޅޭ 12 ލޯންޗަށް ބޭނުންވާ 24 އިންޖީން ހޯދުމަށް އެލިއާއާ ހަވާލުކުރީ މިދިޔަ އަހަރު އެވެ. އެ މަޝްރޫއުގެ ދަށުން އެލިއާ އިން ފޯރުކޮށް ދިނީ އެ ކުންފުނިން އެތެރެކޮށް ވިއްކާ ޔަމަހާ އައުޓްބޯޑު އިންޖީނެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި އެލިއާގެ ޖެނެރަލް މެނޭޖަރު އަހުމަދު ސައީދު ވިދާޅުވީ އެލިއާއަކީ ގައުމީ ހިދުމަތުގައި އަބަދުވެސް ހިއްސާވާ ކުންފުންޏެއް ކަމަށެވެ. ސީ އެމްބިއުލެންސް ފަދަ ރާއްޖެ އަށް މުހިންމު ހިދުމަތެއްގައި އެ ކުންފުނިން ވިއްކާ ޔަމަހާ އިންޖީނުގެ ހިއްސާ ވެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ވީހާ ވެސް ފުރިހަމަކޮށް ހިދުމަތް ދިނުމުގައި ދެމި ތިބޭނަން،" ސައީދު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ އީއެމްއީ ޑިޕާޓްމެންޓުގެ ޑެޕިއުޓީ ކޮމާންޑަރު ކާނަލް އިސްމާއިލް ނަސީރު ވިދާޅުވީ އެމްއެންޑީއެފް އާއި އެލިއާއާ ދެމެދު އޮންނަ ގުޅުމަށް ގާތްގަނޑަކަށް 30 އަހަރު ވެފައިވާ ކަމަށެވެ. އެގޮތުން، އެމްއެންޑީއެފްގެ ކަނޑު އުޅަނދުފަހަރުގައި އަޅާފައިވާ އިންޖީންގެ 90 ޕަސެންޓަކީ އެލިއާ އިން ފޯރުކޮށްދީފައިވާ އިންޖީނުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެލިއާ އަށް 52 އަހަރު ފުރިފައިވާއިރު، އެ ކުންފުނިން އަންނަނީ ގިނަ ހިދުމަތްތަކެއް ދެމުންނެވެ. އޭގެ ތެރޭގައި އެއްގަމާއި ކަނޑުގެ އެކި ވައްތަރުގެ އުޅަނދުފަހަރާއި ބޭނުންވާ އާލާތްތައް ވިއްކައި ސާވިސް ދިނުމާއި އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވުން ފަދަ ކަންކަން ހިމެނެ އެވެ.