28 ޖެނުއަރީ 2020
މާލޭގެ ހުކުރު މިސްކިތުގެ މުންނާރު ސާފުކޮށް، ރީތިކުރުމުގެ މަސައްކަތް ނިންމާލައިފި އެވެ.
މާލޭގެ ހުކުރު މިސްކިތުގެ މުންނާރު ސާފުކޮށް، ރީތިކުރުމުގެ މަސައްކަތް ނިންމާލައިފި އެވެ.
މުންނާރު އާބާތުރަ ފިލުވުމުގެ މަސައްކަތް ސްޓެލްކޯގެ މުވައްޒަފުން ފެށިއިރު މުންނާރުގައި ވަރަށް ބޮޑަށް ފެހި ޖަހައި ވަނީ ބާވެފަ އެވެ. މިހާރު މުޅި މުންނާރުގައިި އުވަ އާއި ކުލަ ލައި ވަނީ ރީތިކޮށްފަ އެވެ. ނޫކުލައިންނާއި އަޅިކުލަ އާއި ފެހި ކުލައިން ފާހަގަކޮށްފައިވާ ހިސާބުތަކުގައި ވެސް އަލުން ވަނީ ކުލަ ލައިފަ އެވެ.
ސީއެސްއާރުގެ ދަށުން ސްޓެލްކޯއިން އެ މަސައްކަތް ކުރީ ހެރިޓޭޖް މިނިސްޓްރީގެ ތަކެތީގަ އެވެ.
ުމުންނާރު އޭރާއި މިހާރު
ހުކުރު މިސްކިތުގެ ހަތަރު ހިރިގާ ވަޅާއި މުންނާރުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފައްޓަވައި ދެއްވީ މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ. އިއްޔެ ވަނީ އެ މަސައްކަތް ނިމުން ފާހަގަ ކުރުމުގެ ގޮތުން އެ މަސައްކަތް ކުރި ސްޓެލްކޯގެ މުވައްޒަފުންނާއި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ބައްދަލު ކުރައްވާފަ އެވެ.
މި މަރުކަޒާއި @MoACHmv އާއި @STELCOMALDIVES ގުޅިގެން ކުރިއަށްގެންދިޔަ މާލޭ ހުކުރު މިސްކިތުގެ 4 ހިރިގާ ވަޅާއި މުންނާރުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ނިމުމާއި ގުޅިގެން މިނިސްޓަރ @yumna_maumoon އެ މަސައްކަތުގައި ބައިވެރިވި ސްޓެލްކޯގެ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވައިފި pic.twitter.com/d96cUwLlxx
— National Center for Cultural Heritage (@HeritageMv) January 27, 2020
ސްޓެލްކޯގެ މުވައްޒަފުންނާ މިނިސްޓަރު ޔުމްނާ ބައްދަލު ކުރެއްވުން---
މުންނާރަކީ 300 އަހަރު ވީ ބިނާއެކެވެ. މުންނާރު ބިނާކުރައްވައި ނިމުނީ ހިޖުރައިން 1085 ވަނަ އަހަރު އެވެ. މުންނާރު ބިނާކުރެއްވީ އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގައި އެއިރު އަރަބިކަރައިގެ މުންނާރުތައް ހުންނަގޮތަށް ކަމަށްވެ އެވެ.
ހިރި ގަލާއި އުވައިން ބިނާކޮށްފައިވާ މުންނާރަކީ މާލޭގެ އެންމެ މަޝްހޫރު އެއް ބިނާ އެވެ.
ސްޓެލްކޯއިން މާލޭގެ ހުކުރު މިސްކިތް ސާފުކުރަނީ
މުންނާރު ސާފު ކުރުމުގެ މަސައްކަތް ރައީސް ފައްޓަވައިފި
ގައުމީ ފެންވަރުގައި 3 ރަށެއްގައި އީދު ފާހަގަކުރަނީ
ގައުމީ ތަރަކައިގެ ދުވަހުގެ ގޮތުގައި ސެޕްޓެމްބަރު 12
ހުކުރު މިސްކިތް ވަށައިގެން ބޮޑު ކަލްޗަރަލް ޒޯނެއް!
ކޯގަންނު ގަބުރުސްތާނުގެ ގާތަކަށް ގެއްލުން ދީފި
ޒަހަމްވީ ދިދަ ނަގަން ގޮނޑިއަށް އަރައި ފުންމަނިކޮށް
މަހާނަގާ ތަކަށް ގެއްލުން ލިބޭތީ ގަސްތަކެއް ބަދަލުކުރަނީ
އެންމެ ދުވަސްވީ އެއް ގަބުރުސްތާނަށް ގެއްލުން ދީފި
އުތީމުން 500 އަހަރު ކުރީގެ ވަޅެއް ފެނިއްޖެ