Roadha Mihaaru
ޖަލުތަކުގެ ރިޕޯޓް ތަންފީޒްކުރަން ހާއްސަ ކޮމިޓީއެއް

ޖަލުތަކާ ބެހޭ ރިޕޯޓްގައި ހުރި ކަންކަން ތަންފީޒުކުރަން ކޮމިޓީއެއް އެކުލަވާލަައިފި

27 ޖެނުއަރީ 2020

ރާއްޖޭގެ ޖަލުތަކުގެ ހާލަތު ދިރާސާކުރުމަށް ފަހު މިދިޔަ އަހަރު ނެރުނު ރިޕޯޓުގައި ހުރި ކަންތައްތައް ތަންފީޒު ކުރަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން ހާއްސަ ކޮމިޝަނެއް މިއަދު އެކުލަވާލައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ރާއްޖޭގެ ޖަލުތަކުގެ ހާލަތު ދިރާސާކުރުމަށް ފަހު މިދިޔަ އަހަރު ނެރުނު ރިޕޯޓުގައި ހުރި ކަންތައްތައް ތަންފީޒު ކުރަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން ހާއްސަ ކޮމިޝަނެއް މިއަދު އެކުލަވާލައިފި އެވެ.

ޖަލުތަކުގެ ހާލަތު ބެލުމަށް ފަހު އިސްލާހުކުރަން ޖެހޭ ކަންކަން އެ ރިޕޯޓްގައި ފާހަގަކޮށްފައި ހުއްޓެވެ. އެކަމަކު ފިޔަވަޅުތައް އެޅުން ލަސްކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.

އެމްސީއެސް އިން ކުރި ޓްވީޓެއްގައި ބުނި ގޮތުގައި ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު އެކުލަވާލެއްވި ކޮމިޓީން ތަންފީޒުކުރާނީ އަދި ތަންފީޒުކުރެވޭ މިންވަރު ބަލާނީ، އިސްލާހުކުރަން ރިޕޯޓްގައި އެ ކޮމިޝަނަށް ހުށައަޅާފައި ހުރި ކަންކަން ކަމަށެވެ.

އެމްސީއެސް އިން މިއަދު ކުރި ޓްވީޓެއް

ޖަލުތަކާ ބެހޭ ރިޕޯޓްގައި ދައުލަތުގެ އެހެން އިދާރާތަކުން ރަނގަޅުކުރަން ޖެހޭ ބައެއް ކަންކަން ވެސް ހިމަނާފައިވެ އެވެ.

އެމްސީއެސްގެ މުވައްޒަފުން ހިމެނޭ ގޮތަށް އަލަށް އުފެއްދެވި ކޮމިޓީގެ މެމްބަރުންނާ ބައްދަލުކުރައްވައި، އަހުމަދު އެދިވަޑައިގަތީ، އެމްސީއެސް އިން ބުނި ގޮތުގައި، ކަންކަން ތަންފީޒުކުރަން ހާއްސަ އިސްކަމެއް ދިނުމަށެވެ.

ގައިދީންގެ އަސާސީ ބައެއް ހައްގުތައް އެކަށީގެންވާ މިންވަރަށް ނުދޭތީ ކަމަށް ބުނެ، މި މަހު ކުރީކޮޅު މާފުށީ ޖަލުގެ ހާލަތު ވަރަށް ގޯސްވި އެވެ. އެ މައްސަލަގަނޑުގެ ތެރޭގައި ކޮމިޝަނަރުގެ މަގާމުން އަބްދުﷲ މުނާޒު ވަނީ ވަކިކޮށްފަ އެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައި ހުރި ކަންކަން ރަނގަޅުކުރަން އިސްކަން ދެއްވާނެކަމުގެ ޔަގީންކަން ކޮމިޝަނަރުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު އަހުމަދު ވަނީ ދެއްވައިފަ އެވެ.