21 ޖެނުއަރީ 2020
އާ ކޮމިޝަނަރު އޮފް ޕްރިޒްންސް (ސީޕީ) އަހުމަދު މުހައްމަދުފުޅާ އެކު، ޖަލުތަކުގެ އޮޑިޓް ރިޕޯޓުގައި ބަޔާން ކޮށްފައިވާ ކަންކަން ތަންފީޒު ކުރުމުގެ މަސައްކަތް ހަލުވިކޮށް ކުރިއަށް ގެންދަވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
އާ ކޮމިޝަނަރު އޮފް ޕްރިޒްންސް (ސީޕީ) އަހުމަދު މުހައްމަދުފުޅާ އެކު، ޖަލުތަކުގެ އޮޑިޓް ރިޕޯޓުގައި ބަޔާން ކޮށްފައިވާ ކަންކަން ތަންފީޒު ކުރުމުގެ މަސައްކަތް ހަލުވިކޮށް ކުރިއަށް ގެންދަވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ޖަލުތަކުގެ އިސްވެރިޔާގެ މަގާމުގައި މިއަދާ ހަމައަށް ހުންނެވި އަބްދުﷲ މުނާޒް ވަކިކުރައްވައި، އެ މަގާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަލަށް އައްޔަން ކުރެއްވި، ރ. ކަނދޮޅުދޫ ރިހިތަޅާގޭ، އަހުމަދު މުހައްމަދުފުޅު މިހާތަނަށް ހުންނެވީ އިންސްޕެކްޓަރު އޮފް ޕްރިޒްންސް އަށެވެ. އެއީ ޖަލުގެ ހާލަތު ބެލުމަށް ފަހު، ސީދާ ހޯމް މިނިސްޓަރަށް ކަންކަން ރިޕޯޓު ކުރަންޖެހޭ މަގާމެކެވެ. އެހެންވެ، މިދިޔަ ނުވަ ވަރަަކަށް މަސް ދުވަހު އާ ސީޕީ ވަނީ މިނިސްޓަރު އިމްރާނާ އެކު އެ މިނިސްޓްރީގައި ވަރަށް ގާތުން މަސައްކަތް ކުރައްވައިފަ އެވެ.
HEP @ibusolih
— Imran Abdulla (@ShimranAb) January 21, 2020
Raajjeyge jalutha islahkurumah vevadaigenfaivaa vaudhu fudhaa, jalu audit ge recommendation thanfeez kurumuge masahkayi aa CP @ahumadhumohamed aaeku haluvikoh kuriah adhaane iA. Adhi kureege CP @a_munaaz MCS ah kohdhevvi khidhumayi faahangakoh shukuru dhannavan.
ހޯމް މިނިސްޓަރު އިމްރާންގެ ޓުވީޓް
ޕްރިޒްންސް ކޮމިޝަނަރަކަށް ޒުވާން އަހުމަދު އައްޔަން ކުރެއްވުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި އިމްރާން ވިދާޅުވީ، ޖަލުތައް އިސްލާހު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދު ފުއްދަވާނެ ކަމަށެވެ. އަދި މިނިސްޓަރު ވަނީ ޖަލުގެ އިސްވެރިޔާގެ މަގާމު އަހަރެއްހާ ދުވަހު ފުރުއްވި މުނާޒަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ޖަލުތަކުގެ ހާލަތު ބަލައި ރަނގަޅު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ކެމްޕެއިންގައި އެންމެ ބޮޑަށް ދެއްކެވި އެއް ވާހަކަފުޅެވެ. އަދި މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަންތައްތަކުގެ ތެރެއިން ވަނީ ޖަލުތަކުގެ އޮޑިޓެއް ތައްޔާރުކޮށްފަ އެވެ.
ޖަލުގައި އިސްލާހު ކުރަންޖެހޭ ކަންކަން ފާހަގަކޮށް، މިދިޔަ އަހަރުގެ އޭޕްރީލް މަހު އެކުލަވައިލި 290 ސޮފްހާގެ ރިޕޯޓު ތަންފީޒު ކުރުމަކީ މިހާތަނަށް ފެނިފައިވާ މަންޒަރުތަކަށް ބަލާއިރު މި ސަރުކާރަށް ވެސް އޮތް ގޮންޖެހުމެއް ކަމަށް ބައެއް މީހުން ބުނެ އެވެ. ޖަލުތަކުގެ އިސްވެރިޔާގެ މަގާމުން މުނާޒް ވަކިކުރެއްވިއިރު، އޭނާ އަށް ވެސް އެ ރިޕޯޓު ތަންފީޒު ކުރުމުގައި ނަތީޖާ ނުނެރެވުނު ކަމަށް ބުނެ ބައެއް މީހުން ދަނީ ފާޑުކިޔަމުންނެވެ.
ޖަލުތަކުގެ އޮޑިޓް ރިޕޯޓުގައި، ޖަލަށް ގެންނަން ބޭނުންވާ ބަދަލުތަކާއި އިސްލާހުކުރަންޖެހޭ 180 އަށް ވުރެ ގިނަ ކަންތައްތައް ފާހަގަކޮށްފައި ވެ އެވެ. އަދި އެއީ އިންސާނުން ބަންދުކޮށްގެން ގެންގުޅެން އެކަށީގެންވާ ތަންތަން ނޫން ކަމަށް ކަނޑައަޅާފައި ވެ އެވެ.
ޖަލުތަކުގެ އޮޑިޓް ރިޕޯޓު ތަންފީޒު ކުރަން، ޕްރިޒަންސް ރިފޯމް މޮނިޓަރިން ކޮމިޓީ" ގެ ނަމުގައި ޚާއްސަ ކޮމިޓީއެއް ވެސް މިދިޔަ އަހަރުގެ ޖޫން 3 ގައި ހޯމް މިނިސްޓްރީން ވަނީ އެކުލަވާލައިފަ އެވެ. އާ ސީޕީ އަކީ ވެސް އެ ކޮމިޓީގެ މެމްބަރެކެވެ.
އާ ޕްރިޒްންސް ކޮމިޝަނަރު އަހުމަދު ވަނީ ޕޮލިޓިކަލް ސައިންސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސްގެ ދާއިރާ އިން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީން ބެޗްލާސް ޑިގްރީ ހާސިލް ކުރައްވައިފަ އެވެ. އަދި އެ ޔުނިވާސިޓީން އޭނާ ވަނީ ސޯޝަލް ޕޮލިސީގެ ދާއިރާ އިން މާސްޓާސް ހައްދަވައިފަ އެވެ.
އަހުމަދު ވަނީ ހިއުމަން ރައިޓްްސް ކޮމިޝަންގެ ޑިރެކްޓާ އޮފް ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމްގެ މަގާމު ވެސް ކުރިން ފުރުއްވައިފަ އެވެ.
މުނާޒަށް އެއްބާރުލުން ދިނިން: އިމްރާން
އިމްރާނާ ދެކޮޅަށް މުނާޒު ނުކުންނަވައިފި!
އަދީބު ޝަކުވާ ނުކުރިޔަސް ފަރުވާ އެބަކުރަން: އިމްރާން
ޖަލާ ބެހޭ ކޮމިޝަންގެ މަސައްކަތް އަވަސްކޮށްދޭން އެދިއްޖެ
އިމްރާނާއި ސީޕީ އަހުމަދު ގައިދީންނާ އެކު ރޯދަވީއްލައިފި
ޖަލުތަކުގައި ތިބި ހަރުކަށި މީހުންނަށް ހާއްސަ ޔުނިޓެއް
ގައިދީންނަށް އަނިޔާކުރާ ނަމަ ފިޔަވަޅު އަޅަން: އިމްރާން
ޖަލުތަކުގެ ރިޕޯޓް ތަންފީޒްކުރަން ހާއްސަ ކޮމިޓީއެއް
"އިމްރާންގެ ޓްވީޓުން ތަފާތު ކުރުން އޮންނަކަން ހާމަވޭ"
ޔާމީން ވެއްދީ ޔުނިޓުގެ ފެންވަރު ރަނގަޅުކޮށްފައި