21 ޖެނުއަރީ 2020
އައްޑު އަށް ސިޓީގެ ދަރަޖަ ދީފައި އޮތަސް ސިޓީއެއްގެ ގޮތުގައި ނުހިނގާތީ، އައްޑޫގެ މީހުން ދިރިއުޅޭ އަވަށްތަކުގެ ތެރެއިން ހުޅުދު އާއި މީދު އަށް ބޭނުން ވަނީ ރަށު ކައުންސިލެއް ކަމަށް ބުނެ، ރަށު ކައުންސިލެއް އިންތިހާބު ކުރަން ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.
އައްޑު އަށް ސިޓީގެ ދަރަޖަ ދީފައި އޮތަސް ސިޓީއެއްގެ ގޮތުގައި ނުހިނގާތީ، އައްޑޫގެ މީހުން ދިރިއުޅޭ އަވަށްތަކުގެ ތެރެއިން ހުޅުދު އާއި މީދު އަށް ބޭނުން ވަނީ ރަށު ކައުންސިލެއް ކަމަށް ބުނެ، ރަށު ކައުންސިލެއް އިންތިހާބު ކުރަން ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.
"އަފިރިންގެ ކައުންސިލް އަފިންނަށް" ގެ ނަމުގައި ސޮއިކުރާ ޕެޓިޝަނުގެ ކޮޕީއެއް މިހާރު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ފޮނުވައިފަ އެވެ.
އޭގައި ބުނެފައި ވަނީ ލާމަރުކަޒީ ގާނޫނުގެ ދަށުން ރައްޔިތުންނަށް ލިބެންޖެހޭ ހިދުމަތްތައް ގާތުން ލިބިގަތުމަށްޓަކައި ހުޅުދު އާއި މީދޫގެ ރައްޔިތުން މި ވަގުތު އަންނަނީ ޕެޓިޝަނެއްގައި ސޮއިކުރަމުން ކަމަށާއި ރައްޔިތުން ބޭނުން ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެ ދެ ރަށަށް ވަކި ކައުންސިލެއް ހޮވަން ކަމަށެވެ.
އެ ސިޓީގައި ބުނީ މިކަމާ ގުޅިގެން ޕެޓިޝަނެއްގައި ސޮއިކުރަނީ "ރަށު ކައުންސިލެއް ހޮވަން މެނުވީ އެ ރަށުގެ ރައްޔިތުން ވޯޓްލާން ބޭނުން ނުވާތީ" ކަމަށެވެ. އެހެންވެ، މިކަމަށް ރައީސްގެ އެއްބާރުލުމާއި ތާއީދު ބޭނުންވާ ކަމަށް ބުންޏެވެ.
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުގައި އައްޑު އަކީ ސިޓީއަކަށް ހެދިޔަސް އިދާރީ ހުރިހާ ކަމެއް އަދިވެސް ކުރަމުމުން ދަނީ ކުރިއެކޭ އެއްގޮތަށް އައްޑޫގެ އަތޮޅުވެރިކަން ކުރި ހިތަދޫގަ އެވެ.
"އެހެންކަމުން ލާމަރުކަޒީ ނިޒާމުގެ ފުރިހަމަ ބޭނުން ހުޅުދު އާއި މީދޫ ރައްޔިތުންނަށް ހިފެން އަންނަނީ ރައްޔިތުންނާ ވީހާ ވެސް ގާތުން ހިދުމަތްތައް ލިބޭ ގޮތަށް ކަންކަން ނިންމުމުގެ އިހުތިޔާރާއި ބާރު އެ ދެ ރަށުގެ އިދާރީ ދާއިރާތަކަށް ލިބިގެންނެވެ،" ޕެޓިޝަނުގައިވެ އެވެ.
އޭގައި ބުނީ ސިޓީ ކައުންސިލެއްގެ ދަށުން ކަންކަން ތަރުތީބުވެފައި ހުރި ގޮތަށް ބަލާ އިރު، ހުޅުދު އާއި މީދު އަށް މިދިޔަ ނުވަ އަހަރުގެ ތެރޭގައި ހާސިލުވާން ޖެހޭ ކަންކަން ނުވާ ކަމަށެވެ.
"...[އެހެންވެ] މިކަންކަމަށް ރިއާޔަތްކޮށް ހުޅުދު އާއި މީދޫގެ ރައްޔިތުން މިހާރު އެދެނީ އެކަހެރިކަމާއި ދަތިކަން ހައްލުކުރުމަށްޓަކައި ހުޅުދު އާއި މީދު އަށް ރަށުގެ ހައިސިއްޔަތު އަލުން ލިބުމެވެ. އަދި ހަމައެއާ އެކު ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި މި ދެ ރަށުގައި ވެސް ރަށު ކައުންސިލެއް އުފެދުމެވެ،" ޕެޓިޝަނުގައިވެ އެވެ.
އައްޑު އަށް ސިޓީގެ ދަރަޖަ ލިބުނު ފަހުން މިހާރު ރަށްތައް އަވަށްތަކުގައި ގޮތުގައި ކަނޑައަޅައި، އަވަށްތަކުގައި ތިއްބަވަނީ ކައުންސިލަރުންނެވެ. އެގޮތުން ހުޅުދު އާއި މީދޫ ތަމްސީލުކުރާ ދެ ކައުންސިލަރުން އައްޑޫ ސިޓީ ކައުންސިލްގައި ތިއްބަވަ އެވެ.
އައްޑޫ ސިޓީ ކައުންސިލުން ވަކިވާން ހުޅުމީދޫގެ ޕެޓިޝަނެއް
ހުޅުދޫ/މީދޫ ޕެޓިޝަން މަޖިލީހުގެ ރައީސާއި އެލްޖީއޭ އަށް
4 މަހަށް ފަހު އައްޑޫގެ މޮނިޓަރިން ހާލަތު އުވާލައިފި
ކައުންސިލުން ހުޅުމީދޫ ވަކިވާން ޖެހޭ ސަބަބެއް ނެތް: މޭޔަރު
ސިޓީ ކައުންސިލުން ހުޅުމީދޫ ވަކިކުރަން ހުށަހަޅަނީ
އައްޑޫގެ ކޮވިޑް ކޭސްތައް 100 އިން ދަށަށް
ހުޅުދު އާއި މީދޫގައި ބިދޭސީންގެ މައްސަލަ ބޮއްސުންލައިފި
އަމާޒަކީ އައްޑޫގެ ކޮންޓެކްޓް ޓްރޭސިން އަވަސްކުރުން
އަނެއްކާ ވެސް ކޮވިޑް ފެނި މުޅި އައްޑޫ ބަންދުކޮށްފި
ކޮވިޑް ކޭސްތަކާ އެކު ހުޅުމީދޫ އަލުން މޮނިޓަރިންގައި