16 ޖެނުއަރީ 2020
މެންޗެސްޓާ (ޖެނުއަރީ 16) - އިނގިރޭސި އެފްއޭ ކަޕްގެ ތިން ވަނަ ބުރުގެ ރީޕްލޭ މެޗުގައި ވުލްވްސް އަތުން 1-0 އިން މޮޅުވެ މެންޗެސްޓާ ޔުނައިޓެޑް މުބާރާތުގެ އަނެއް ބުރުން ފުރުސަތު ހޯދި ނަމަވެސް އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާގެ ހިތްހަމަޖެހިލެވޭކަށް ނެތެވެ.
މެންޗެސްޓާ (ޖެނުއަރީ 16) - އިނގިރޭސި އެފްއޭ ކަޕްގެ ތިން ވަނަ ބުރުގެ ރީޕްލޭ މެޗުގައި ވުލްވްސް އަތުން 1-0 އިން މޮޅުވެ މެންޗެސްޓާ ޔުނައިޓެޑް މުބާރާތުގެ އަނެއް ބުރުން ފުރުސަތު ހޯދި ނަމަވެސް އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާގެ ހިތްހަމަޖެހިލެވޭކަށް ނެތެވެ.
ސޯލްޝެއާ ކަންބޮޑުވާން ޖެހުނީ މެޗުގެ ދެ ވަަނަ ހާފްގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އެރި ޓީމުގެ އެއް ވަނަ ފޯވާޑް މާކަސް ރެޝްފޯޑަށް އަނިޔާވެ ބަދަލުކުރަން ޖެހުމެވެ. މި ސީޒަނުގައި ރަނގަޅު ފޯމެއްގައި ހުރި ރެޝްފޯޑް މެޗުގެ 64 ވަނަ މިނިޓްގައި ކުޅެން އެރުމަށް ފަހު ލިބުނު އަނިޔާއެއްގެ ސަބަބުން 16 މިނިޓް ފަހުން ވަނީ ބަދަލުކޮށްފަ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި އަންނަ އާދިއްތަ ދުވަހު ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗު ރެޝްފޯޑަށް ގެއްލުމުގެ ބިރު އެބައޮތެވެ. ރޭގެ މެޗަށް ފަހު ސޯލްޝެއާ ބުނީ ރޭގެ މެޗުގައި ރެޝްފޯޑް ކުޅުވަން ބޭނުންނުވި ކަަމަށާއި އެކަމަކު ހާލަތު މެދުވެރިވި ގޮތުން މެޗުން މޮޅުވާން ބޭނުންވާތީ އޭނާ ލައްވައި ކުޅުވީ ކަމަށެވެ.
ރޭގެ މެޗުގައި ޔުނައިޓެޑްގެ ރެޝްފޯޑަށް އަނިޔާވުމުން އޭނާ ދަނޑުމަތީގައި އިށީދެލައިގެން. -- ފޮޓޯ: އޭއެފްޕީ
"ވަރުބަލިވުމާއި އެހެނިހެން ސަބަބުތަކެއް ހުރީމަ އަހަރެން ރެޝްފޯޑް ކުޅުވަން ބޭނުމެއް ނުވި. އެކަމަކު މިއީ ނަތީޖާ ނެރެން ޖެހޭ މެޗެއް ވީމަ އަަހަރެން އެރުވީ. އެކަން ކުރުމުން މި ފެނުނީ އޭގެ ގޯސް އަސަރުކުރިތަން. ރެޝްފޯޑްގެ ކަކުލާ ދިމާލުން ތަދުވާތީ އޭނާ އަށް ނުދުވެވުނު އެހެންވެ ބަދަލުކުރީ. ލިބުނު އަނިޔާގެ ތަފްސީލެއް އެނގޭނީ ޓެސްޓްތައް ހެދީމަ،" ސޯލްޝެއާ ބުންޏެވެ.
"ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ޓެސްޓްތައް ހެދުމަށް ފަހު ގޮތެއް ނިންމަން އެނގޭނީ. އުއްމީދަކީ އާދިއްތަ ދުވަހު (ލިވަޕޫލާ ދެކޮޅަށް) އޭނާ އަށް ކުޅެވޭނެކަމަށް،"
ރެޝްފޯޑް ވަނީ މި ސީޒަނުގައި މިހާތަނަށް ޔުނައިޓެޑާއި އިންގްލެންޑް ގައުމީ ޓީމަށް 22 ގޯލު ޖަހައިދީފަ އެވެ. މިއީ އޭނާގެ ކެރިއަރުގައި ލަނޑު ޖެހުމުގެ ރެކޯޑް އެންމެ ރަނގަޅު ސީޒަނެވެ.
ވުލްވްސް ކޮޅަށް ރޭގެ މެޗުގައި ޔުނައިޓެޑްގެ ހަމައެކަނި ލަނޑު ޖެހީ މެޗުގެ ދެ ވަނަ ހާފްގައި ސްޕެއިންގެ މިޑްފީލްޑަރު ހުއާން މަޓާ އެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ވުލްވްސްގެ ޕެޑްރޯ ނެޓޯ ޖެހި ގޯލެއް ރެފްރީ ނުލަ އެވެ. އެއީ އެ އެޓޭކްގައި ވުލްވްސްގެ ފޯވާޑް ރައުލް ހިމެނޭޒް އަތުގައި ބޯޅައިން ޖެހުމުންނެވެ.
އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި ޔުނައިޓެޑް ކުޅޭނީ ވަޓްފޯޑް ނޫނީ ޓްރަންމެއި ރޯވާސްއާ ދެކޮޅަށެވެ.
ލަމްޕާޑާއި ސޯލްޝެއާގެ "ވީއޭއާރް" ކޯޅުމެއް
އެފްއޭ ކަޕްގެ ތައްޓާ އެކު ޔުނައިޓެޑް ފެނުން މައްޗަށް
މެރަތަންއަށްވުރެ ޔުނައިޓެޑްގެ މެޗު ރެޓްކްލިފަށް ޕްރެޝަރު
ޓެންހަގަށް ޔުނައިޓެޑްގެ ވަޒީފާ ވެސް ސަލާމަތްވެއްޖެ
ޔުނައިޓެޑް އަނެއް ބުރަށް؛ ސިޓީ ޖެހެނީ ޓޮޓެންހަމާ
އެފްއޭ ކަޕާއެކު ސިޓީ "ޓްރެބަލް" ކާމިޔާބުކުރުމާ ގާތަށް
ޔުނައިޓެޑުން ވަނީ ކުރިއެރުން ހޯދާފައި: ގާޑިއޯލާ
މާޝިއަލްއަށް އަނިޔާވެ، އެފްއޭ ކަޕް ފައިނަލް ގެއްލިއްޖެ
އެފްއޭ ކަޕް ފައިނަލުގައި މެންޗެސްޓާ ޑާބީއެއް
ނުވަ ކުޅުންތެރިންނާ ދެކޮޅަށް ކުޅެ ޔުނައިޓެޑް ސެމީއަށް