Roadha Mihaaru
މެރަތަންއަށްވުރެ ޔުނައިޓެޑްގެ މެޗު ރެޓްކްލިފަށް ޕްރެޝަރު

ލަންޑަން މެރަތަންއަށް ވުރެ ޔުނައިޓެޑްގެ ސެމީ ފައިނަލުގެ ފަހު 20 މިނެޓް ރެޓްކްލިފަށް ޕްރެޝަރު

22 އެޕްރީލް 2024

ލަންޑަން (އޭޕްރީލް 22) – ހަތަރު ގަޑިއިރުގެ މެރަތަން އަކަށް ވުރެ، އެފްއޭ ކަޕް ސެމީ ފައިނަލު މެޗުގައި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗު، އެ ކްލަބްގެ ކޯ އޯނަރު ޖިމް ރެޓްކްލިފަށް ޕްރެޝަރު ބޮޑުވެއްޖެ އެވެ.

ލަންޑަން (އޭޕްރީލް 22) – ހަތަރު ގަޑިއިރުގެ މެރަތަން އަކަށް ވުރެ، އެފްއޭ ކަޕް ސެމީ ފައިނަލު މެޗުގައި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗު، އެ ކްލަބްގެ ކޯ އޯނަރު ޖިމް ރެޓްކްލިފަށް ޕްރެޝަރު ބޮޑުވެއްޖެ އެވެ.

ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ކޮންވެންޓްރީއާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗުގެ ކުރިން، ރެޓްކްލިފް ވަނީ ލަންޑަން މެރަތަންގައި ވާދަކޮށްފަ އެވެ. އުމުރުން 71 އަހަރުގެ ބިލިއަނަރު އެ ރޭސް ނިންމީ 4 ގަޑިއިރާއި 30 މިނެޓް 52 ސިކުންތުންނެވެ.

އެ މެރަތަން އަށް ސެމީ ފައިނަލުގެ 90 މިނެޓް ރެޓްކްލިފަށް ޕްރެޝަރަކަށް ވީ، ދެވަނަ ޑިވިޝަންގެ ކްލަބް، ކޮންވެންޓްރީން ފަހަތުން އަރައި ޔުނައިޓެޑްގެ ތިން ލަނޑުގެ ލީޑަށް ނިމުން ގެނެސް ނަތީޖާ ހަމަހަމަ ކުރުމުންނެވެ.

ލަންޑަން މެރަތަން އަށް ފަހު ރެޓްކްލިފް، ފިނިޝިން މެޑަލް އަޅާލައިގެން

ލަންޑަން މެރަތަން އަށް ފަހު ރެޓްކްލިފް، ފިނިޝިން މެޑަލް އަޅާލައިގެން

މެޗުގެ ފަހު 20 މިނެޓާ ހަމައަށް ދިޔައިރު ވެސް ޔުނައިޓެޑް އޮތީ 3-0 ން ލީޑްގަ އެވެ. ހިތްވަރު ގަދަ ކޮންވެންޓްރީގެ ފުރަތަމަ ލަނޑު އެލިސް ސިމްސް ޖެހީ 71 ވަނަ މިނެޓްގަ އެވެ.

އޭގެ ކުރިން ޔުނައިޓެޑްގެ ތިން ލަނޑު ޖެހީ، ސްކޮޓް މެކްޓޮމިނީ އާއި ކުރީގެ ކެޕްޓަން ހެރީ މެގުއާގެ އިތުރުން މިހާރުގެ ކެޕްޓަން ބްރުނޯ ފެނާންޑޭޒް އެވެ.

ކޮންވެންޓްރީގެ ދެވަނަ ލަނޑު ޖެހީ ކެލަމް އޯ ހޭ އެވެ. ނަތީޖާ ހަމަހަމަކޮށް ދިން ލަނޑު ޕެނަލްޓީއަކުން ޖެހީ، ހާޖީ ރައިޓް އެވެ.

ޔުނައިޓެޑަށް ސެމީގެ ޖާގަ ކަށަވަރު ވީ ޕެނަލްޓީޝޫޓްއައުޓްގައި 4-2 ން މޮޅުވުމުންނެވެ.

އަންނަ މަހު ކުޅޭ ފައިނަލު މެޗުގައި ޔުނައިޓެޑް ނުކުންނާނީ، އަމިއްލަ ސިޓީގެ ވާދަވެރި މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ.