Roadha Mihaaru
ޑރ. ފަތުހުﷲއާ އެކު އައިޖީއެމްއެޗަށް ހާއްސަ ދުވަހެއް

މޫނުގެ އައިބުތައް ފިލުވާ އޮޕަރޭޝަންތަކަށް ހާއްސަ ދިވެހި ޑޮކްޓަރު އައިޖީއެމްއެޗްގައި ބަލަން ފަށައިފި

05 ޖެނުއަރީ 2020

މޫނާއި އަނގައިގެ ކެންސަރަށް ފަރުވާ ކުރުމާއި ބޮޑެތި ޒަހަމްތަކާ ގުޅިގެން އުފެދޭ އައިބުތަކާއި އުފެދުމުގައި ހުންނަ އައިބުތައް ފިލުވަން ޕްލާސްޓިކް ސާޖަރީ ހެދުމުގެ ދާއިރާއަށް ހާއްސަވި ފުރަތަމަ ދިވެހި ޑޮކްޓަރު އައިޖީއެމްއެޗްގައި މަސައްކަތް ފައްޓަވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މޫނާއި އަނގައިގެ ކެންސަރަށް ފަރުވާ ކުރުމާއި ބޮޑެތި ޒަހަމްތަކާ ގުޅިގެން އުފެދޭ އައިބުތަކާއި އުފެދުމުގައި ހުންނަ އައިބުތައް ފިލުވަން ޕްލާސްޓިކް ސާޖަރީ ހެދުމުގެ ދާއިރާއަށް ހާއްސަވި ފުރަތަމަ ދިވެހި ޑޮކްޓަރު އައިޖީއެމްއެޗްގައި މަސައްކަތް ފައްޓަވައިފި އެވެ.

ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލުން ބުނީ މޫނާއި އަނގަޔާއި ކޯކަށިގަނޑުގެ އޮޕަރޭޝަންތަކުގެ ސްޕެޝަލިސްޓް ފަތުހުﷲ ސައީދު، ހަމައެކަނި ހައްދަވާނީ މޫނުގެ ކޮސްމެޓިކް ސާޖަރީ އެކަނި ނޫން ކަމަށެވެ. އޭގެ އިތުރުން މޫނުގައ ބައިތައް ލެއްވުމުގެ ފަރުވާ ވެސް އޭނާ ދެއްވާނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

ޑރ. ފަތުހުﷲ ހާއްސަ ވެވަޑައިގެންފައި ވަނީ އުފެދުމުގައި މޫނުގައި ހުންނަ އައިބުތަކާއި އަނިޔާވެގެން މޫނުގައި ލާ އައިބުތައް ފިލުވަން ކުރާ ކޮސްމެޓިކް ސާޖަރީގެ ދާއިރާ ކަމަށްވާ އޯރަލް އެންޑް މެކްސިލޯފޭޝަލް ސާޖަރީންނެވެ.

މިއީ އެ ދާއިރާ އިން ކިޔަވާވިދާޅުވި ރާއްޖޭގެ ފުރަތަމަ ޑޮކްޓަރެވެ. އަދި މިއީ ރާއްޖޭގެ ހޮސްޕިޓަލެއްގައި އެ ފަރުވާ ފަށާ ފުރަތަމަ ފަހަރު ވެސް މެ އެވެ.

ދިވެހި ޑޮކްޓަރުން ސިއްހީ ދާއިރާގެ ތަފާތު ބައިތަކުން މިހާރު އަަންނަނީ ހާއްސަވަމުންނެވެ. އެގޮތުން ކެންސަރުގެ ހާއްސަ އޮޕަރޭޝަންތައް ކުރުމުގެ ދާއިރާ އިން ހާއްސަވެވަޑައިގަތުމަށް ފަހު ޑރ. މުހައްމަދު ޝިފާން 2018 ގައި ވަނީ އައިޖީއެމްޗްގައި މަސައްކަތް ފައްޓަވައިފަ އެވެ. އޭގެ ފަހުން ވަރަށް ބޮޑެތި އޮޕަރޭޝަންތައް ވެސް އޭނާ ކުރެއްވި އެވެ.