03 ޖެނުއަރީ 2020
ލަންޑަން (ޖެނުއަރީ 3) - ޑެންމާކުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ޓޮޓެންހަމް ހޮޓްސްޕާސްގައި މަޑުކުރުވަން ކޯޗު ހޯސޭ މޮރީނިއޯ ކުރި މަސައްކަތް ކާމިޔާބުނުވެ މި މަހުގެ ޓްރާންސްފާ މާކެޓްގައި އޭނާ ވިއްކާލަން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ލަންޑަން (ޖެނުއަރީ 3) - ޑެންމާކުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ޓޮޓެންހަމް ހޮޓްސްޕާސްގައި މަޑުކުރުވަން ކޯޗު ހޯސޭ މޮރީނިއޯ ކުރި މަސައްކަތް ކާމިޔާބުނުވެ މި މަހުގެ ޓްރާންސްފާ މާކެޓްގައި އޭނާ ވިއްކާލަން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މި ސީޒަނުގެ ކުރީކޮޅުގައި ޓޮޓެންހަމްގެ ކޯޗަކަށް އޭރު ހުރި މައުރީސިއޯ ޕޮޗެޓީނޯ ވެސް ވަނީ އެރިކްސަން ލައްވައި އާ ކޮންޓްރެކްޓެއްގައި ސޮއިކުރުވަން މަސައްކަތްކޮށްފަ އެވެ. އެ މަސައްކަތް އޭރު ކާމިޔާބުނުވީ އެރިކްސަން އެހެން ކްލަބަކަށްދާން ބޭނުންވެފައި ހުރުމުންނެވެ. ޓޮޓެންހަމްގެ ކޯޗުކަމާ މޮރީނިއޯ ހަވާލުވުމަށް ފަހު އެންމެ އިސްކަމެއްދިން އެއް ކަމަކީ މި ސީޒަނަށް ފަހު ޓޮޓެންހަމާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާ ތިން ކުޅުންތެރިން ކަމަށްވާ ޓޯބީ އަލްޑަވެއިރަލްޑާއި އެރިކްސަން އަދި ޔޭން ވަޓޯންގަންގެ ކޮންޓްރެކްޓް އާ ކުރުމެވެ. މީގެ ތެރެއިިން ކޮންޓްރެކްޓް އާ ކުރީ އަލްޑަވެއިރަލްޑް އެކަންޏެވެ.
ރިޕޯޓްތައް ބުނާގޮތުން މޮރީނިއޯ މިހާރު ވަނީ އެރިކްސަންގެ ކޮންޓްރެކްޓް އާ ނުކުރާނެ ކަމަށް ނިންމައި މި މަހުގެ ޓްރާންސްފާ މާކެޓްގައި އޭނާ ވިއްކާލަން ނިންމައިފަ އެވެ. އުމުރުން 27 އަހަރުގެ އެރިކްސަން މަޑުކުރުވަން މޮރީނިއޯ އެކި ގޮތްގޮތުން ކުރި މަސައްކަތް ކާމިޔާބުވެފައިނުވާއިރު، އޭނާ ވިއްކާލަން ނިންމީ މި ސީޒަނަށް ފަހު އޭނާ ހިލޭ ކްލަބް ދޫކޮށްލުމުގެ ފުރުސަތު އޮތުމުންނެވެ. އަދި މި މަހު އެރިކްސަން ވިއްކާލައިގެން ޓޮޓެންހަމަށް ފައިދާއެއް ލިބެން އޮތް ފުރުސަތުގެ ބޭނުން ހިފާށެވެ. ޓޮޓެންހަމުން އެރިކްސަން ވިއްކާލަން ކިޔާ އަގަކީ 25 މިލިއަން ޑޮލަރެވެ.
އެރިކްސަން ހޯދަން ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ޓީމުތަކުގެ ތެރޭގައި އިޓަލީގެ އިންޓަ މިލާނާއި މެންޗެސްޓާ ޔުނައިޓެޑް ހިމެނެ އެވެ. އިންޓަ މިލާނުން ވަނީ އެރިކްސަންގެ އޭޖެންޓާ އެކު މީގެ ދެ ދުވަސް ކުރިން ލަންޑަނުގައި ބައްދަލުވުމެއް ބާއްވައިފަ އެވެ.
މި މަހުގެ ޓްރާންސްފާ މާކެޓްގައި ޔުނައިޓެޑުން މިޑްފީލްޑަރެއް ގެންނަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ވަނީ ބުނެފަ އެވެ. ޔުނައިޓެޑްގެ ދެ މިޑްފީލްޑަރުން ކަމަށްވާ ސްކޮޓް މެކްޓޮމިނޭ އާއި ޕައުލް ޕޮގްބާ އަށް ވަނީ އަނިޔާވެ ކުޅުމާ ދުރަށް ދާން ޖެހިފަ އެވެ. އެރިކްސަންގެ އިތުރުން ޔުނައިޓެޑުން ފާރަލަމުން އަންނަ މިޑްފީލްޑަރުންނަކީ ބެންފީކާގެ ޖެޑްސަން ފެނާންޑޭސް، އެސްޓަން ވިލާގެ ޖެކް ގްރީލިޝް އަދި ޔުވެންޓަސްގެ އެމްރޭ ޗާން އެވެ.
އެރިކްސަންގެ ތުހުމަތަށް މޮރީނިއޯ ދޭނެ ޖަވާބެއް ނެތް
މޮރީނިއޯގެ ހިތްހަމަނުޖެހުން އިންޓަ އަށް
ޓޮޓެންހަމްގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި
މޮރީނިއޯގެ މޭން މެނޭޖްމެންޓް ކަމަކުނުދޭ: ޕޮގްބާ
ލަދުވެތި ނަތީޖާއާ ހެދި މޮރީނިއޯ މާޔޫސްވެފައި
ބޭލްއާ މެދު ގޮތެއް ނިންމާނީ ރެއާލުން: މޮރީނިއޯ
މޮރީނިއޯ އަށް ޕްރެޝަރާއި އޮކްސިޖަން ހަމަހަމަ
މޮރީނިއޯ ވަކިކުރާނަމަ ބޮޑު ބަދަލެއް ދޭން ޖެހޭ
މެޗު ނުކުޅެވޭނަމަ ކުރިން އަންގަންޖެހޭނެ: މޮރީނިއޯ
ކްލޮޕް ކުރި ތައުރީފަށް މޮރީނިއޯ އެއްބަހެއްނުވި