11 އޮކްޓޯބަރ 2016
އެމީހަކު ބޭނުން ގޮތަކަށް އިސްތަށިގަނޑު ސްޓައިލްކޮށް، ބޭނުން ކުލައެއް ޖައްސަނީ އެވެ. ނަމަވެސް ކުޑަކުދިންނަށް މި މިނިވަންކަން ދިނުން ބުއްދިވެރި ހެއްޔެވެ؟
އެމީހަކު ބޭނުން ގޮތަކަށް އިސްތަށިގަނޑު ސްޓައިލްކޮށް، ބޭނުން ކުލައެއް ޖައްސަނީ އެވެ. ނަމަވެސް ކުޑަކުދިންނަށް މި މިނިވަންކަން ދިނުން ބުއްދިވެރި ހެއްޔެވެ؟
ގޭގައި އުޅޭ މީހަކު އިސްތަށިގަނޑުގައި ކުލައެއް ޖައްސާފައި ހުންނަ ނަމަ ކުޑަކުދިން މިއީ ވަރަށް ރީތި ކަމެއްގެ ގޮތުގައި ދެކެ އެވެ. އަދި އެ ކުދިން ވެސް އިސްތަށިގަނޑު ޑައި ކުރާ ހިތްވެ އެވެ. އެކަމަށް އެއްބަސްވާންވީ ހެއްޔެވެ؟
މިދިޔަ މަހު އިންޓަނެޓުގައި މިކަމާ ބެހޭގޮތުން ގިނަ ބަހުސްތަކެއް ކޮށްފައިވެ އެވެ. އެމެރިކާގެ ހެއާ ސްޓައިލިސްޓެއް ކަމަށްވާ މޭރީ ތޮމާސްޓަން، އޭނާގެ ހަ އަހަރުގެ ކުޑަ އަންހެން ދަރިފުޅުގެ އިސްތަށިގަނޑު އެކި ކުލައިން ޑައި ކުރި އެވެ. މޭރީ ތޮމާސްޓަންގެ އިންސްޓަގްރާމް ޕޭޖުގައި އޭނާގެ ދަރިފުޅުގެ "ޔުނިކޯން" ސްޓައިލް ދައްކާލާފައިވެ އެވެ.
އެއީ އޭނާގެ ދަރިފުޅު ލައިރާ ބުނެގެން ސްޓައިލް ކޮށްލި ގޮތެކެވެ. މުޅި އިސްތަށިގަނޑުގައި ކުލަ ޖައްސާފައި، އެއްފަޅި ކުރުކޮށް ކޮށާފައި އެކި ޕެޓާނަށް އިސްތަށިގަނޑުގައި ކުލަ ޖައްސާފައި ހުއްޓެވެ. މޭރީ ތޮމަސްޓަންގެ މި އިންސްޓަގްރާމް ޕޯސްޓަށް ގިނަ ބައެއްގެ ތަރުހީބާއި ފާޑު ކިޔުން ވެސް ރައްދުވި އެވެ.
"ބައެއް ފަހަރު އަހަރެމެންނަށް އެއީ ކުޑަކުދިންކަން ހަނދާން ނެތެނީ،" ކޮމެންޓު ކުރި މީހަކު ބުނެފައިވެ އެވެ.
ތޮމަސްޓަން މި ކޮމެންޓުތަކަށް ރައްދު ދިނެވެ. އޭނާ ބުނިގޮތުގައި ކުޑަ ދަރިފުޅު ބޭނުންވާ ގޮތް ހަދަންޖެހެ އެވެ. އޭނާގެ ދަރިފުޅު ނޫ ކުލައިގެ އިސްތަށިގަނޑެއް ބޭނުންވީމާ އެގޮތަށް ޑައި ކޮށްދިނީ އެވެ. އަދި އޭނާ ލައިރާގެ އިސްތަށިގަނޑު ޑައި ކުރަން ބޭނުންކުރީ އެންމެ ކޮލިޓީ ޕްރޮޑަކްޓް ކަމަށް ބުނެފައިވެ އެވެ.
ތޮޮމަސްޓަން އަކީ ލައިސަންސްޑް ސްޓައިލިސްޓަކަށް ވުމުން އޭނާގެ ދަރިފުޅުގެ އިސްތަށިގަނޑު ހަލާކު ނުވާނެ ގޮތް އެނގޭ ކަމަށް ބުނެފައިވެ އެވެ.
ނިޔު ޔޯކްގެ ޑާމަޓޮލޮޖިކަލް ސާޖަން، ޑޮކްޓަ ސޭޖަލް ޝާހް ބުނިގޮތުގައި ކުޑަކުދިންގެ އިސްތަށިގަނޑު ޑައި ކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ. ތުއްތު ކުދިންގެ އިސްތަށިގަނޑު ނާޒުކު ވީމާ ޑައިކޮށް ބްލީޗް ކުރުމުން އެކުދިންގެ ޅަ އިސްތަށިގަނޑު އަވަހަށް ހަލާކު ވާނެ ކަމަށް އޭނާ ބުންޏެވެ. ޑައިކުރަން ބޭނުން ނަމަ އެންމެ ރަނގަޅީ 16 އަހަރުގައި ނުވަތަ އެއަށްވުރެ ފަހުން ކަމަށް އޭނާ ނަސޭހަތްތެރި ވި އެވެ.
ފިނިހޫނުމިނަށް އިސްތަށީގެ ކުލަ ބަދަލުވާ ހެއާ ޑައިއެއް
ނުރަ އުފުރުމުން ގިނައިން ނުރަ ފަޅާނެތަ؟
މޫނު އޮމާންކޮށްލަން ކުޑަ ޓިޕެއް
ލަކުޑިން ހަދާފައި ހުންނަ ފުނަލުން ލިބޭ ފައިދާ
ސެލޫނަށް ނުގޮސް ގޭގައި ރީތިވާނެ ގޮތް
ކުލަ އަލި ނޫން ހަމާ ގުޅޭނެ ފަސް ލިޕްސްޓިކް ކުލަ
ރިއާނާ އަކީ ވެސް މިހާރު ބިލިއަނަރެއް
ހަލީމާ އަލުން މޮޑެލިން އަށް
ހެރީ ސްޓައިލްސް ސެންޓާއި ކޮސްމެޓިކް ލައިނެއް ނެރެނީ
މިސް ޔުނިވާސްގެ ތާޖު މެކްސިކޯގެ ރީތީގެ ރާނީ އަށް