20 އޮކްޓޯބަރ 2016
ނުރަ އިސްތަށި އުފުރުމުން ނުރަ އިތުރަށް ފަޅައި ގިނަވާނެ ހެއްޔެވެ؟ އިސްތަށިގަނޑު ގިނައިން ކޮށުމުން އަވަހަށް އިސްތަށިގަނޑު ދިގުވޭހެއްޔެވެ؟ މިއީ އާއްމުކޮށް މީހުން ގަބޫލުކުރާ ބައެއް ކަންތައްތަކެވެ. ނަމަވެސް މިއީ ހަގީގަތް ހެއްޔެވެ؟
ނުރަ އިސްތަށި އުފުރުމުން ނުރަ އިތުރަށް ފަޅައި ގިނަވާނެ ހެއްޔެވެ؟ އިސްތަށިގަނޑު ގިނައިން ކޮށުމުން އަވަހަށް އިސްތަށިގަނޑު ދިގުވޭހެއްޔެވެ؟ މިއީ އާއްމުކޮށް މީހުން ގަބޫލުކުރާ ބައެއް ކަންތައްތަކެވެ. ނަމަވެސް މިއީ ހަގީގަތް ހެއްޔެވެ؟
އިނގިރޭސިވިލާތުގެ ހެއާ ސްޕެޝަލިސްޓް އިއޭން ސެލިސް ބުނެފައި ވަނީ އިސްތަށި ފަޅަނީ ގަހަކުން ފަތް ފަޅާ ގޮތަށް ނޫން ކަމަށެވެ.
"ގަހެއްގެ މޫގަނޑުން ބުރިކޮށްލައިިފި ނަމަ، އެއިން ދެ ކުރި ފަޅާފާނެ. އިސްތައްޓެއް އުފުރާލައިފި ނަމަ އެތަނުން އިސްތަށި ފަޅާނެ އެކަމަކު އިތުރު ކަމެއް ނުވޭނެ،" އިއޭން ސެލިސް ބުނެފައިވެ އެވެ.
ނުރަ އިސްތަށި ފަޅަނީ އެމީހެއްގެ އާއިލީ ވިރާސީ ގުޅުމުގެ ސަބަބުން ކަމަށް އިއޭން ބުނެފައިވެ އެވެ. ވީމާ ނުރަ އިސްތަށި އުފުރުމުގެ ބަދަލުގައި ވިޓަމިން ސަޕްލިމަންޓްސް އަދި ކެއުމުގައިކްރޭންބެރީ ހިމަނާލުމުން ނުރަ ފެޅުން ލަސް ވާނެ ކަމަށް އިންޓަނޭޝަަނަލް ޖާނަލް އޮފް ޓްރައިކޮލޮޖީއިން ބުނެފައިވެ އެވެ.
އިސްތައްޓަކީީ ޕްރޮޓީން ފައިބަ އެކެވެ. އަދި އިސްތައްޓަކީ މަރުވެފައިވާ އެއްޗެއް ކަމަށް ނުވަތަ ދިރޭ އެއްޗެއް ކަމަކަށް ވެސް ނުބުނުވޭނެ ކަމަށް އިއޭން ބުނެފައިވެ އެވެ. އެހެންވެ، އިސްތަށިގަނޑު ގިނައިން ކޮށިޔަސް އަވަހަށް ދިގުވެ ވަރުގަދައެއް ނުވާނެ އެވެ. އިސްތަށި ފަޅާ ރޭޓު ބިނާ ވަނީ ޖެނެޓިކް ގޮތުން ވާރުތަވެފައިވާ ކަންކަމުގެ މައްޗަށް ކަމަށް އިއޭން ބުންޏެވެ.
ވީމާ ކަސްރަތުކޮށް، ރަނގަޅު ކާނާ ކާ ނަމަ، އިސްތަށިގަނޑު ވަރުގަދަ ވެދާނެ އެވެ. ނަމަވެސް އިއޭން ބުނާ ގޮތުގައި އިސްތަށިގަނޑު ހެދި ބޮޑުވުމުގެ ރޭޓު މިއިން ކަމަކުން އިތުރެއް ނުވެ އެވެ.
އިސްތަށިގަނޑު ރަނގަޅަށް ސާފުވަނީ ފޮނު އަރާ ޝޭމްޕޫއެއް ބޭނުން ކުރުމުން ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. ނަމަވެސް، ޝޭމްޕޫއަކުން ގަދަޔަށް ފޮނު އަރާކަށް ނުޖެހޭނެ އެވެ. އަދި ޝޭމްޕޫއިން ގިނައިން ފޮނު އަރަނީ ސަލްފޭޓް ކިޔާ ކެމިކަލްއެއް ގިނައިން ހުރީމަ އެވެ. ސަލްފޭޓް ގިނައިން އިސްތަށިގަނޑާއި ބޮލުގެ ހަންގަނޑުގައި އުނގުޅުމުން، ހަންގަނޑު ހިކި ހަލާކުވާނެ އެވެ. ގިނައިން އިސްތަށިގަނޑު ދޮންނަންޖެހޭ ނަމަ ސަލްފޭޓް-ފްރީ ޝޭމްޕޫއެއް ބޭނުންކުރުން ރަނގަޅެވެ.
ސާފުތާހިރުވުމުގެ ނަމުގައި އިސްތަށިގަނޑު މާގިނައިން ދޮވުމަކީ ބުއްދިވެރިކަމެއް ނޫނެވެ.
"ކޮންމެ މީހެއްގެ ބޮލުން ސިބަމް (ތެޔޮ) އުފެދެނީ އެކި ރޭޓަށް،" އިނގިރޭސިވިލާތުގެ މަގުބޫލު ބާބާޝޮޕް ރަފިއަންސްގެ އެޑަމް ބްރެޑީ ބުނެފައިވެ އެވެ.
އިސްތަށިގަނޑު ދޮންނަން ޖެހޭނީ އެމީހެއްގެ ބޯ ނުވަތަ އިސްތަށިގަނޑު ތެޔޮވާން ފެށީމަ އެވެ. ބައެއް މީހުންގެ އިސްތަށިގަނޑު ކޮންމެ ދުވަހަކު ތެޔޮ ވެދާނެ އެވެ. އަނެއް ބަޔަކު އިސްތަށިގަނޑު ތެޔޮ ވަނީ ހަފުތާއެއްހާ ދުވަހުންނެވެ.
ބިލްޑު ކޮށްގެން ހަށިގަނޑުގެ މަސްތައް ބަދަލު ކޮށްލެވިދާނެ އެވެ. ނަމަވެސް، އިސްތަށި ފަޅަނީ ހެއާ ފޮލިކަލް އިންނެވެ. ފޮލިކަލް އިން އިސްތަށި ފަޅާ ގޮތް ބަދަލެއް ނުކުރެވޭނެ އެވެ. އެޑަމް ބުނިގޮތުގައި، އެކި ވައްތަރުގެ ސްޓައިލިން ޖެލް އާއި ކްރީމް ބޭނުންކޮށްގެން ވަގުތީ ގޮތުން އިސްތަށިގަނޑު ވަކި ގޮތަކަށް ސްޓައިލް ކޮށްލެވޭނެ އެވެ. ނަމަވެސް، ކޮންމެ ދުވަހަކު ގަވައިދުން އެއްގޮތަކަށް އިސްތަށިގަނޑުގައި ފުނާ އެޅިއަސް އިސްތަށިގަނޑުގެ ބައްޓަން ބަދަލު ނުކުރެވޭނެ ކަމަށް އޭނާ ބުންޏެވެ.
ތެތް އިސްތަށިގަނޑާ އެކު ނުނިދާތި
ބުޅި އިސްތަށިގަނޑު ރީތިކޮށް ބަހައްޓާނީ ކިހިނެއް؟
ފިނިހޫނުމިނަށް އިސްތަށީގެ ކުލަ ބަދަލުވާ ހެއާ ޑައިއެއް
ހަތަރު މައިިންގެ ބޮލުގައި ވެސް އުފަންވިއިރު ހުދު ލަފެއް
ކުޑަކުދިންގެ އިސްތަށިގަނޑުގައި ކުލަޖައްސަން ވާނެތަ؟
މޫނު އޮމާންކޮށްލަން ކުޑަ ޓިޕެއް
ލަކުޑިން ހަދާފައި ހުންނަ ފުނަލުން ލިބޭ ފައިދާ
ސެލޫނަށް ނުގޮސް ގޭގައި ރީތިވާނެ ގޮތް
ކުލަ އަލި ނޫން ހަމާ ގުޅޭނެ ފަސް ލިޕްސްޓިކް ކުލަ
ރިއާނާ އަކީ ވެސް މިހާރު ބިލިއަނަރެއް