Roadha Mihaaru
ހަތަރު މައިިންގެ ބޮލުގައި ވެސް އުފަންވިއިރު ހުދު ލަފެއް

ހަތަރު މައިިންގެ ބޮލުގައި ވެސް އެއް ތަނެއްގައި ހުދު އިސްތަށިކޮޅެއް

16 ނޮވެމްބަރ 2016

އެމެރިކާގެ ސައުތު ކެރޮލައިނާގައި ދިރިއުޅޭ 23 އަހަރުގެ ބްރިއެނާ ވާތީ އާއި އޭނާގެ 18 މަހުގެ އަންހެން ދަރިފުޅު މިލިއެނާ ނިތްކުރީގައި އިންނަ ހުދު ލަފަކީ އާއިލީ ނިޝާނެކެވެ. އުފަންވި އިރު ވެސް މި ދެ މައިންގެ ކިބާގައި ހުރި މި ނިޝާނަށް ދުނިޔޭގެ ސަމާލުކަން ލިބުނެވެ. އެ ސިފަ ހާއްސަވަނީ މަންމަ، މާމަ އަދި މުނިމާމަގެ ވެސް މި ލަފު އެގޮތަށް ހުންނާތީވެ އެވެ.

ފާތިމަތު މުނާލް ޝުޖާއު ފާތިމަތު މުނާލް ޝުޖާއު

އެމެރިކާގެ ސައުތު ކެރޮލައިނާގައި ދިރިއުޅޭ 23 އަހަރުގެ ބްރިއެނާ ވާތީ އާއި އޭނާގެ 18 މަހުގެ އަންހެން ދަރިފުޅު މިލިއެނާ ނިތްކުރީގައި އިންނަ ހުދު ލަފަކީ އާއިލީ ނިޝާނެކެވެ. އުފަންވި އިރު ވެސް މި ދެ މައިންގެ ކިބާގައި ހުރި މި ނިޝާނަށް ދުނިޔޭގެ ސަމާލުކަން ލިބުނެވެ. އެ ސިފަ ހާއްސަވަނީ މަންމަ، މާމަ އަދި މުނިމާމަގެ ވެސް މި ލަފު އެގޮތަށް ހުންނާތީވެ އެވެ.

"ބޭރަށް ނިކުމެއްޖެ ނަމަ މީހުން ވަރަށް ގިނައިން ހުއްޓުވައި މި ލަފާ ބެހޭ ގޮތުން ސުވާލުކުރާނެ،" ބްރިއެނާ ބުނެފައިވެ އެވެ. "މީހުން އަހާ ސުވާލުތަކަށް ޖަވާބު ދެވޭތޯ ބަލަން. އެކަމަކު ބައެއް ފަހަރު އުނދަގޫވޭ."

ބްރިއެނާގެ އާއިލާ މެމްބަރުންގެ ނިތްކުރިއާ ދިމާލުން ބޮލު ތެރޭގައި ހުދު ލަފެއް ޖަހަނީ "ޕޮލިއޮސިސް"ގެ ސަބަބުންނެވެ. އެއީ އިސްތަށިގަނޑުގެ ފޮލިކްލްސްއިން މެލަނިން މަދުވުމުގެ ސަބަބުން އިސްތަށިގަނޑުގެ އަސްލު ކުލަ ވެއްޓުމުންނެވެ.

ޕޮލިއޮސިސްގެ ސަބަބުން ބޮލުގެ އެއް ތަންކޮޅެއް ހުދުވެފައިވާ އާއިލާގެ ބައެއް މެންބަރުން

ޕޮލިއޮސިސްގެ ސަބަބުން ބޮލުގެ އެއް ތަންކޮޅެއް ހުދުވެފައިވާ އާއިލާގެ ބައެއް މެންބަރުން

ބްރިއެނާ ބުނިގޮތުގައި މި ލަފު މިގޮތަށް ޖެހިފައި ވަނީ އޭނާގެ މާމަގެ އިތުރުން، އާއިލާގެ ކިތައް މީހުންނަށްކަމެއް ނޭނގެ އެވެ.

ބްރިއެނާ އާއި އޭނާގެ ދަރިފުޅު

ބްރިއެނާ އާއި އޭނާގެ ދަރިފުޅު

ބްރިއެނާ ބުނިގޮތުގައި އޭނާގެ ދަރިފުޅުގެ ޕޮލިއޮސިސް ހުރުމުން އެއީ އުނިކަމެއްގެ ގޮތުގައި ނުދެކެ އެވެ. ބްރިއެނާ ސްކޫލުގައި އުޅުނު އިރު ބައެއް ކުދިން އޭނާ އަށް މަލާމާތް ކުރި ނަމަވެސް އެކަމާ ދެރަ ނުވާ ކަމަށާއި ހުދު ލަފަކީ ހާއްސަ ކަމެއްގެ ގޮތުގައި އަބަދުވެސް ގަބޫލުކުރި ކަމަށް ވެސް ބުންޏެވެ.

ބްރިއެނާ އެދެނީ އޭނާގެ ދަރިފުޅު ވެސް މިއީ އުނިކަމެއްގެ ގޮތުގައި ނުދެކި، ހާއްސަ ކަމެއްގެ ގޮތުގައި ބަލައިގަންނަ ކުއްޖަކަށް ވުމަށެވެ.