30 ޑިސެމްބަރ 2019
ވިޔަފާރި ބަނދަރުގެ ޖާގަ ހުރި ގޮތުން ބައިނަލްއަގްވާމީ ގިނަ މިންގަނޑުތަކަކަށް އަމަލު ނުކުރެވޭ ކަމަށް، އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
ވިޔަފާރި ބަނދަރުގެ ޖާގަ ހުރި ގޮތުން ބައިނަލްއަގްވާމީ ގިނަ މިންގަނޑުތަކަކަށް އަމަލު ނުކުރެވޭ ކަމަށް، އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
އެކަމަކު ޕޯޓް ސޭފްޓީ ވީކް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ބަނދަރުގެ ރައްކާތެރިކަމަށްޓަކައި ކުރިއަށް އޮތް ތަނުގައި ގިނަ ބަދަލުތަކެއް ގެންނަވާނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ބަނދަރަކީ ކުރާ މަސައްކަތުގެ ގޮތުން އެކްސިޑެންޓްތަކާއި ހިތާމަވެރި ހާދިސާތައް ހިނގުމުގެ ފުރުސަތު ވެސް އޮތް ތަނެކެވެ. އެހެންކަމުން ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަން ވީހާ ވެސް ބޮޑުކޮށް ބެހެއްޓުމަށްޓަކައި ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
"ބަރު މުދާ މި އުފުލަނީ. ބަރު މުދާ އެއް ތަނުން އަނެއް ތަނަށް ގެންދަނީ. ވިއްސާރަ ވިޔަސް އަދި މޫސުން ގޯސްވިޔަސް ބާޖުތަކަށް ކޮންޓެއިނާތައް އަރުވައިގެން ދަތުރު ކުރަން ޖެހެނީ. މި ބަނދަރު ބޭނުން ކުރަން އޮޑިދޯނި ފަހަރަށް ކުޑަކުޑަ ޖާގައެއްގައި ވަދެ ނުކުމެ ހަދާ،" ބަނދަރުގެ މަސައްކަތާ ބެހޭ ތަފްސީލު ދެއްވަމުން އޭނާ ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ މީހުންނާއި މުދަލަށް ލިބޭ ގެންލުންތައް ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން، މުދާ އުފުލުމުގައި އުޅޭ މުވައްޒަފުން ހޭލުންތެރިކުރަން ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތްކުރައްވާނެ ކަމަށެވެ.
"ހިނގާފާނެ ހިތާމަވެރި ހާދިސާއެއް ނުހިނގާނެ ގޮތަކަށް މަސައްކަތްތައް ބައްޓަން ކުރަން މަސައްކަތް ކުރަން ދުނިޔޭގެ ޕޯޓުތަކުގައި އަމަލުކުރާ އިންޓަނޭޝަނަލް ސްޓޭންޑާޑުތަކެއް އެބަހުރި. އެ ސްޓޭންޑަޑުތައް އަޅުގަނޑުމެން އެބަ ޖެހޭ އިމްޕްލިމެންޓްކުރަން،" އޭނާ ވިދާޅުވި އެވެ.
ބަނދަރުގެ ޖާގަ ހުރި ގޮތުން ބައިނަލްއަގްވާމީ އެ މިންގަނޑުތަކަށް އެންމެ ފުރިހަމައަށް އަމަލު ނުކުރެވުނަސް، ޝާހިދު ވިދާޅުވީ، އެއީ ހުއްޖަތަކަށް ހަދައިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ދޫކޮށްނުލައްވާނެ ކަމަށެވެ.
އެމްޕީއެލްއިން ކުރިއަށްގެންދިޔަ ޕޯޓް ސޭޕްޓީ ވީކުގައި އެ ކުންފުނީގެ އެކި ޑިޕާޓްމެންޓްތަކެއްގެ މުވައްޒަފުން، ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރި އެވެ.
އެމްޕީއެލްގެ ޑިވިޑެންޑްގެ ގޮތުގައި 67.5 މިލިއަން
މުދާ ބޭރުކުރަން އާ ވެހިކަލްތަކެއް، އަވަސް ވާނެ
އެމްޕީއެލްގެ "ސޭފްޓީ ވީކް 2022" ފަށައިފި
2018 އިން ފެށިގެން ދިޔައީ ތެލުގެ ވައްކަން ކުރަމުން
އެމްޕީއެލް ފްލެޓަށް ފައިސާ ދެއްކުމަށް އިތުރު ލުޔެއްދީފި
ޑައުންޕޭމަންޓެއް ނެތި ކުރިއަށް ދާން އުނދަގޫ:އެމްޕީއެލް
އެމްޕީއެލް އެޕްރެންޓިސްޝިޕްގެ ބައިވެރިންނަށް ވަޒީފާ
އެމްޕީއެލް ފްލެޓުތަކަށް އަންނަ އަހަރު ކުރީކޮޅު ވަދެވޭނެ
މަތީ ތައުލީމަށް ކިޔަވަން އެމްޕީއެލްގެ ސްކޮލަޝިޕްތަކެއް
އެމްޕީއެލްގައި އޮރެކަލް ކްލައުޑް ބޭނުންކުރަން ފަށައިފި