19 މާޗް 2023
އަންނަ ބުރާސްފަތި ދުވަހު ފަށާ މި އަހަރުގެ ރޯދަމަހާ ދިމާކޮށް ރާއްޖެ އެތެރެކުރާ މުދާތައް ބޭރުކުރުން މިހާރަށް ވުރެ އަވަސް ކުރަން އެމްޕީއެލުން އާ ވެހިކަލްތަކެއް ގެނެސްފި އެވެ.
އަންނަ ބުރާސްފަތި ދުވަހު ފަށާ މި އަހަރުގެ ރޯދަމަހާ ދިމާކޮށް ރާއްޖެ އެތެރެކުރާ މުދާތައް ބޭރުކުރުން މިހާރަށް ވުރެ އަވަސް ކުރަން އެމްޕީއެލުން އާ ވެހިކަލްތަކެއް ގެނެސްފި އެވެ.
އެއީ ކޮންޓެއިނަރު އުފުލަން ހަތަރު ރީޗް ސްޓެކާ އާއި އެމްޕްޓީ ހޭންޑްލާއެއްގެ އިތުރުން ދެ ފޯކް ލިފްޓެވެ.
އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ނޫސްވެރިން ގާތު މިއަދު ވިދާޅުވީ، ކޮންމެ ރޯދަމަހަކު ވެސް މުދާ އެތެރެ ކުރާ ވަރު ވަރަށް ބޮޑަށް އިތުރުވާ ކަމަށާއި އެކަމަށް ތައްޔާރުވުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ، ކޮންޓެއިންނަރު އުފުލާ ބައެއް ވެހިކަލްތައް ހަލާކު ވެފައި ވާތީީ، ޑިލޭތަކެއް ދިމާވާ ކަމަށާއި އެކަމަކު އާ ވެހިކަލްތަކާއެކު އެކަމަށް ބޮޑު ހައްލެއް ލިބޭނެ ކަމަށެވެ.
އަލަށް ގެނައި ވެހިކަލްތަކާއެކު، ކޮންޓެއިނަރު އުފުލުމަށް 8 ވެހިލަށް އެމްޕީއެލުން މިހާރު ބޭނުން ކުރާނެ އެވެ.
އެމްޕީއެލްގެ ސީއީއޯ ޝާހިދު މީޑިއާތަކަށް މައުލޫމާތު ދެއްވަނީ. އޭނާ ވިދާޅުވީ، މުދާ ކްލިއާ ކުރުން މިދިޔަ އަހަރަށް ވުރެ ވެސް އަވަސް ވާނެ ކަމަށް-- ފޮޓޯ: ނިޝާން އަލީ/ މިހާރު
"މި ފަހަރު އަޅުގަނޑުމެންގެ ޓާގެޓަކީ ޖެނެރަލް ކާގޯ އާއި ޕެރިޝަބަލް މުދާ ވެސް އެއްކޮށް ބާލައި، ކްލިއާ ކުރުމުގެ ޕްރޮސެސް އަވަސްކުރުން. މިދިޔަ އަހަރަށް ވުރެ ކޮންސައިނިން އަށް މުދާ ކްލިއާ ކުރަން އަވަސް ވާނެ،" ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، އެއްތަނުން އަނެއް ތަނަށް މުދާ އުފުލުމުގެ މަސައްކަތް އަވަސް ކުރުމުގެ އިތުރުން އަވަހަށް ހަލާކުވާ ޒާތުގެ މުދާ ބޭލުމަށް ހާއްސަ ސަރަހައްދެއް މިހާރު ވަނީ ހަދައިފަ އެވެ.
"ވަގުތީ ގޮތުން މުދާ ސްޓޯ ކުރަން ބޭނުންވާ ސްޓޯރޭޖެއް މި ވަނީ ހެދިފައި. އެ ތަނުގެ ޖާގަ ބޮޑު ކުރެވޭނެ. ޖެނެރަލް ކާގޯ ބަހައްޓަން ވެސް އަޅުގަނޑުމެން މާލޭގައި ވެސް އަދި ހުޅުމާލޭގައި ވެސް ޓެމްޕަރަރީ ޝެޑް މި ވަނީ ހަދާފައި،" އެމްޑީ ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ، އެމްޕީއެލުން އެންމެ ބޮޑު އިސްކަމެއް ދެނީ އެ ކުންފުނީގެ މަސައްކަތްތަކާ ހެދި މުދާ ކްލިއާ ކުރަން ލަސްވެ، ތަކެތީގެ އަގުތައް އުފުލިޔަ ނުދިނުން ކަމަށެވެ. މިދިޔަ އަހަރުގެ ރޯދަމަހެކޭ އެއްގޮތަށް އަވަހަށް ހަލާކުވާޒާތުގެ މުދާ މި އަހަރު ވެސް އެއް ދުވަސް ތެރޭގައި ކްލިއާ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރޯދަމަހާ ދިމާކޮށް ކާބޯތަކެތި ކްލިއާކުރުން އަވަސް ކުރަނީ
ޕޯޓުގެ ހުރިހާ މަޖޫރީން ތަމްރީން ހަދަން ލާޒިމްކޮށްފި
އާސިމް މަރުވި އެކްސިޑެންޓް އަންނަނީ ތަހުގީގުކުރަމުން
މަޖޫރީއަކު ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
އެމްޕީއެލް ކުރިއެރުމުގެ ސިއްރަކީ މުވައްޒަފުން: ޝާހިދު
އާ ބަނދަރުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭތޯ ބަލަނީ
"140 މިލިއަނަށް ގަތް ވެހިކަލްތައް ބޭނުމެއްނުކުރެވޭ"
ބަނދަރުގެ ހިދުމަތް އަވަސްކުރުމުގެ މަސައްކަތް ފަށައިފި
މުދާ ނުބޭލިގެން ފުރި ބޯޓުގެ ކޮންޓެއިނާތައް ގެނެސްފި
100 ކޮންޓެއިނަރު ނުބޭލިގެން ބޯޓު ފުރައިފި