09 ޖެނުއަރީ 2019
ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަން (ޓީޓީއެސް)ގެ 100 ކޮންޓެއިނާއާ އެކު މާލެ އައި ބޯޓު މުދާ ނުބޭލި ލަސްވެގެން ފުރައިިގެން ދިއުމަށް ފަހު އެ ބޯޓުގެ ކޮންޓެއިނަރުތައް އެހެން ބޯޓެއްގައި އިއްޔެ މާލެ ގެނެސްފި އެވެ.
ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަން (ޓީޓީއެސް)ގެ 100 ކޮންޓެއިނާއާ އެކު މާލެ އައި ބޯޓު މުދާ ނުބޭލި ލަސްވެގެން ފުރައިިގެން ދިއުމަށް ފަހު އެ ބޯޓުގެ ކޮންޓެއިނަރުތައް އެހެން ބޯޓެއްގައި އިއްޔެ މާލެ ގެނެސްފި އެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވީ، ބުރާސްފަތި ދުވަހު ފުރި ބޯޓުގައި ހުރި ކޮންޓެއިނަރުތައް މާލެ ގެނެސްފައިވާ ކަމަށާއި މި ކޮންޓެއިނަރުތައް ކްލިއާ ކުރުމަށް ގާތްގަނޑަކަށް 10 ވަރަކަށް ދުވަސް ނަގާނެ ކަމަށެވެ.
"މިހާރުވެސް ތިން ބޯޓަކުން ދަނީ މުދާ ބާލައި ކްލިއާ ކުރަމުން. އެ ތިން ބޯޓުން މުދާ ކްލިއާކުރުމުން އެހެން ބޯޓުތަކަށް ފުރުސަތު ލިބިގެންދާނީ،" އޭނާ ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ، މުދާ ކްލިއާކޮށް ބޭލުން ލަސްވާ މައްސަލާގައި މިވަގުތު ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށެވެ. ބަނދަރުގެ ހާލަތު މި ދަރަޖައަށް ވެއްޓިފައިވަނީ މިދިޔަ އަހަރުތަކުގައި ބަނދަރުގެ ޖާގައިގެ ދަތިކަމާ ސްޕީޑު އަވަސް ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާރުން މިހާރަށް ހައްލު ކުރެވޭނެ ކަންކަމަކީ ހަލާކުވެފައިވާ އިކުއިޕްމެންޓްތައް ހެދުމުގެ އިތުރުން ވީހާ ވެސް ބޮޑަށް ބަނދަރުގެ ޖާގަ އިތުރުވާނެ ފަދަ ގޮތަކަށް ކޮންޓެއިނާތައް ތަރުތީބު ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މިކަމަށް ވެސް ދެތިން މަސް ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ބަނދަރުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ތިލަފުއްޓަށް ވިޔަފާރި ބަނދަރުގެ ބަދަލު ކުރުމުގެ މަސައްކަތް ކުރުމުގެ މަޝްވަރާތައް މިހާރު ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޓީޓީއެސްގެ ބޯޓު 100 ކޮންޓެއިނާ ހިފައިގެން އައިސް ބަނދަރުގައި ނުވަ ދުވަސް ހޭދަކުރުމަށްފަހު މުދާ ކްލިއާ ނުކުރެވިގެން އަނބުރާ ލަންކާއަށް ފުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. މެލޭޝިޔާ އިން މި ބޯޓު ރާއްޖެ އައީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.
މަހަކު ގެންނަ ކޮންޓެއިނާ 6،000 އަށް އިތުރުވާނެ
އިގުތިސާދީ ހެޔޮބަދަލު ވަޖީހު ދެއްކެވީ ގްރާފުން
މުދާ ބޭރުކުރަން އާ ވެހިކަލްތަކެއް، އަވަސް ވާނެ
އެމްޕީއެލްގެ "ސްޓޭކް ހޯލްޑާ ފޯރަމް" ބާއްވައިފި
ރޯދަމަހަށް ގެނައި ހުރިހާ ޝިޕްމަންޓެއް ކްލިއާކޮށްފި
ހިދުމަތް ހޯދުމުގައި ހުރި ދަތިތައް އެމްޕީއެލުން ބަލައިފި
ރޯދަމަހާ ދިމާކޮށް ކާބޯތަކެތި ކްލިއާކުރުން އަވަސް ކުރަނީ
ޕޯޓުގެ ހުރިހާ މަޖޫރީން ތަމްރީން ހަދަން ލާޒިމްކޮށްފި
އާސިމް މަރުވި އެކްސިޑެންޓް އަންނަނީ ތަހުގީގުކުރަމުން
މަޖޫރީއަކު ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ