Roadha Mihaaru
އެމްޕީއެލްގެ "ސްޓޭކް ހޯލްޑާ ފޯރަމް" ބާއްވައިފި

އެމްޕީއެލްގެ "ސްޓޭކް ހޯލްޑާ ފޯރަމް" ބާއްވައިފި

28 ޖޫން 2022

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ހިދުމަތްތަކާ ގުޅުން ހުރި ފަރާތްތަކާ އެކު "ސްޓޭކްހޯލްޑާ ފޯރަމް" ގެ ނަމުގައި މަޝްވަރާ ބައްދަލުވުމެއް ބާއްވައިިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ހިދުމަތްތަކާ ގުޅުން ހުރި ފަރާތްތަކާ އެކު "ސްޓޭކްހޯލްޑާ ފޯރަމް" ގެ ނަމުގައި މަޝްވަރާ ބައްދަލުވުމެއް ބާއްވައިިފި އެވެ.

އެމްޕީއެލް ހެޑް އޮފީހުގައި ރޭ ބޭއްވި ބައްދަލުވުމުގައި އެ ކުންފުނީގެ "މަސްލަހަތުވެރިން"ގެ ގޮތުގައި ހިމެނޭ ކްލިއަރިން އޭޖެންޓުންނާއި މާލޭ ވިޔަފާރި ބަނދަރު ސަރަހައްދުގައި މަސައްކަތްކުރާ ލޮރީ ޑްރައިވަރުން ބައިވެރިވި އެވެ.

އެ ބައްދަލުވުމުގައި ވަނީ އެ މީހުންނަށް ދިމާވާ ދަތިތަކާގުޅޭ ގޮތުން މަޝްވަރާކޮށް، އެމްޕީއެލް އިން ފޯރުކޮށްދޭ ހިދުމަތްތައް ރަނގަޅުކުރަން ހިޔާލު ހޯދައިފަ އެވެ.

އެމްޕީއެލްގެ ސްޓޭކްހޯލްޑަރުންނާ އެކު ބޭއްވި ބައްދަލުވުމުގައި މީހަކު ވާހަކަ ދައްކަނީ. ---ފޮޓޯ: އެމްޕީއެލް

އެމްޕީއެލްގެ ސްޓޭކްހޯލްޑަރުންނާ އެކު ބޭއްވި ބައްދަލުވުމުގައި މީހަކު ވާހަކަ ދައްކަނީ. ---ފޮޓޯ: އެމްޕީއެލް

ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ބައްދަލުވުމެއްގެ މަގްސަދަކީ ހިދުމަތް ހޯދާ މީހުންނާ ގުޅުން ބަދަހިކޮށް، ކުންފުނީގެ އޮޕަރޭޝަނަށް ގެންނަ ބަދަލުތަކާ ކަންކަން ރަނގަޅުކުރުމަށް ހިޔާލު ހޯދުން ކަމަށެވެ.

"މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ތިބޭފުޅުންގެ ހިޔާލުތައް އަޑުއަހައި، މި ކުންފުނީގެ މަސައްކަތްތައް ބައްޓަންކުރުމުގައި އެހިޔާލުތައް ބޭނުންކުރުން،" ޝާހިދު ވިދާޅުވި އެވެ.

އެމްޕީއެލް އިން ބުނީ މި އަހަރުތެރޭގައި އެ ކުންފުނީގެ ހިދުމަތާ ގުޅުންހުރި ފަރާތްތަކާ އެކު ސިލްސިލާ ބައްދަލުވުންތަކެއް ބާއްވަން ހަމަޖެހިފައިވާ ކަމަށާއި، ރޭ ބޭއްވި ބައްދަލުވުމަކީ އޭގެތެރެއިން ދެވަނަ ބައްދަލުވުން ކަމަށެވެ.