Roadha Mihaaru
އާ ބަނދަރުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭތޯ ބަލަނީ

އާ ބަނދަރުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭތޯ ބަލަނީ

15 ޖެނުއަރީ 2019

ތިލަފުށީގައި ތަރައްގީކުރާ ވިޔަފާރި ބަނދަރުގެ އަމަލީ މަސައްކަތް މިއަހަރު ފަށަން އުންމީދުކުރާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) ގެ މެނޭޖިން ޑިރެކްޓަ ޝާހިދު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ތިލަފުށީގައި ތަރައްގީކުރާ ވިޔަފާރި ބަނދަރުގެ އަމަލީ މަސައްކަތް މިއަހަރު ފަށަން އުންމީދުކުރާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) ގެ މެނޭޖިން ޑިރެކްޓަ ޝާހިދު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޕީއެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ ވިޔަފާރި ބަނދަރުގެ މައްސަލަތަަށް ދާއިމީ ހައްލެއް ހޯދަން ވިޔަފާރި ބަނދަރުގެ ކެޕޭސިޓީ ވަރަށް އަވަހަށް އިތުރު ކުރަންޖެހޭ ކަމަށެވެ.

"މާލޭ ކޮމާޝަލް ހާބަރުގެ ކޮންޓެއިނާ ޓާމިނަލް ތިލަފުއްޓަށް ބަދަލުކުރުން ވިސްނުމަކީ. މި ބަނދަރުގައި ޖާގަ ބޮޑުކުރެވޭނެ އެއްވެސް ގޮތެއް ނެތް. ދެފަރާތުން ވެސް މިހާރު އޮތީ ލިމިޓްވެފައި،" އޭނާ ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި، ކޮންޓެއިނާތައް އެއްތަނުން އަނެއްތަނަށް ފަސޭހަ ކަމާ އެކު އުފުލޭނެ ގޮތްތަކެއް ހޯދައިގެން މިކަމަށް އަވަސް ހައްލެއް ބޭނުންވެ އެވެ. އެމްޕީއެލްގެ އަމާޒަކީ ކުރިއަށް އޮތް 20 ނުވަތަ 25 އަހަރަށް އަމާޒުކޮށްގެން، ތިލަފުށީގައި ފަސޭހަ ކަމާ އެކު މުދާ އުފުލާ ބޭލޭނެ ބަނދަރެއް ތަރައްގީކުރުން ކަމަށް ޝާހިދު ވިދާޅުވި އެވެ.

ވިޔަފާރި ބަނދަރުން މިހާރު މުދާ ބާލައި ކްލިއާ ކުރުމަށް އެވްރެޖުކޮށް 10 ދުވަސް ނަގަ އެވެ. ވިޔަފާރިވެރިން ބުނާ ގޮތުގައި މި ދުވަސްވަރު މުދާ ކްލިއާކުރުމަށް ދެހަފުތާ ވެސް ހޭދަވެ އެވެ. މުދާ ކްލިއާ ކުރުމުގެ މަސައްކަތް ތިން ދުވަހަށް މަދުކުރެވިއްޖެ ނަމަ، ތަކެތީގެ އަގު ހެޔޮވާނެ ކަމަށް ވިޔަފާރިވެރިން ބުނެ އެވެ.