16 ސެޕްޓެމްބަރ 2019
މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) އިން މިދިޔަ 33 އަހަރުގައި ހޯދާފައިވާ ކުރި އެރުމުގެ އަސްލަކީ އެކުންފުނީގެ މުވައްޒަފުން ކަމަށް ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) އިން މިދިޔަ 33 އަހަރުގައި ހޯދާފައިވާ ކުރި އެރުމުގެ އަސްލަކީ އެކުންފުނީގެ މުވައްޒަފުން ކަމަށް ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެ އެވެ.
އެމްޕީއެލްގެ ހެޑް އޮފީހުގައި، އެ ކުންފުންޏަށް 33 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތުގައި ޝާހިދު ވިދާޅުވީ، މިދިޔަ އަހަރުތަކުގައި އެ ކުންފުނީގެ ހިދުމަތްތަކާއި މުވައްޒަފުންނާއި ވަސީލަތްތަކާއި ޓެކްނޮލޮޖީގެ ގޮތުން ވެސް ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކަމަށެވެ.
ޝާހިދު ވިދާޅުވީ، މުވައްޒަފުންގެ ކުރިއެރުމަށް އެމްޕީއެލް އިން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭ ކަމަށާއި ރާއްޖޭން ބޭރުން ވެސް މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ދެމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ، އެމްޕީއެލުން މާލޭ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމުން އެމްޕީއެލްގެ ހިދުމަތްތައް އިތުރު ހަރުފަތަކަށް ޖެހިގެންދާނެ ކަމަށެވެ.
"މިހާރު މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ދަތިތައް ހައްލުވެ، ޒަމާނީ ވަސީލަތްތަކާ އެކު ދުނިޔޭގެ އެހެން ބަނދަރުތަކުގައި ވެސް ލިބޭ ފެންވަރުގެ ހިދުމަތްތަކެއް މި ޕްރޮޖެކްޓް ފުރިހަމަވުމުން މާލޭ ވިޔަފާރި ބަނދަރުން ލިބިގެންދާނެ،" އޭނާ ވިދާޅުވި އެވެ.
ދިދަ ނެގުމުގެ ރަސްމިއްޔާތުގެ އިތުރުން އެ ކުންފުނީގެ އަހަރީ ދުވަހާ ގުޅުވައިގެން ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދިޔަ އެވެ. އެގޮތުން ޖަމާލުއްދީން ސްކޫލުގެ ހާއްސަ އެހީ އަށް ބޭނުންވާ ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދެމުންދާ "ހޯފާ" ކްލާސް ރޫމަށް ބޭނުންވާ ބައެއް ތަކެތި އެމްޕީއެލް އިން ހަދިޔާކޮށްފައިވެ އެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހަދިޔާ ދީފައިވެ އެވެ.
ޖަމާލުއްދީ ސްކޫލުގެ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ކްލާސް ރޫމަށް ބައެއް ތަކެތި ހަދިޔާކޮށްދެއްވަނީ--ފޮޓޯ: އެމްޕީއެލް
މާލޭ ވިޔަފާރި ބަނދަރު ތަރައްގީ ކުރަން 1985 ވަނަ އަހަރު ފެށި ޕްރޮޖެކްޓްގެ ދަށުން ވިޔަފާރި ބަނދަރަށް ބޮޑެތި ބަދަލުތަކެއް ގެނެސް ބަނދަރު ހިންގުމަށް މޯލްޑިވްސް ޕޯޓްސް އޮތޯރިޓީ އުފެއްދީ 1986 ވަނަ އަހަރު އެވެ. އޭގެ ފަހުން 2008 ވަނަ އަހަރު ޕޯޓްސް އޮތޯރިޓީ ވަނީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏެއްގެ ގޮތުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އަށް ބަދަލުކޮށްފަ އެވެ.
މުދާ ބޭރުކުރަން އާ ވެހިކަލްތަކެއް، އަވަސް ވާނެ
ރޯދަމަހާ ދިމާކޮށް ކާބޯތަކެތި ކްލިއާކުރުން އަވަސް ކުރަނީ
ޕޯޓުގެ ހުރިހާ މަޖޫރީން ތަމްރީން ހަދަން ލާޒިމްކޮށްފި
އާސިމް މަރުވި އެކްސިޑެންޓް އަންނަނީ ތަހުގީގުކުރަމުން
މަޖޫރީއަކު ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
އާ ބަނދަރުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭތޯ ބަލަނީ
"140 މިލިއަނަށް ގަތް ވެހިކަލްތައް ބޭނުމެއްނުކުރެވޭ"
ބަނދަރުގެ ހިދުމަތް އަވަސްކުރުމުގެ މަސައްކަތް ފަށައިފި
މުދާ ނުބޭލިގެން ފުރި ބޯޓުގެ ކޮންޓެއިނާތައް ގެނެސްފި
100 ކޮންޓެއިނަރު ނުބޭލިގެން ބޯޓު ފުރައިފި