Roadha Mihaaru
އެމްޕީއެލް ފްލެޓުތަކަށް އަންނަ އަހަރު ކުރީކޮޅު ވަދެވޭނެ

އެމްޕީއެލްގެ ފްލެޓްތަކަށް އަންނަ އަހަރުގެ ކުރީކޮޅު މުވައްޒަފުންނަށް ވަދެވޭނެ

17 އޯގަސްޓް 2022

އެމްޕީއެލްގެ ފްލެޓްތަކުގެ މަސައްކަތް އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ނިންމައި އަންނަ އަހަރުގެ ކުރީކޮޅު އެތަނުގައި ދިރިއުޅެން ފެށޭނެ ކަމަށް އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެމްޕީއެލްގެ ފްލެޓްތަކުގެ މަސައްކަތް އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ނިންމައި އަންނަ އަހަރުގެ ކުރީކޮޅު އެތަނުގައި ދިރިއުޅެން ފެށޭނެ ކަމަށް އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެ އެވެ.

ފްލެޓްތަކުގެ މޮކްއަޕް މީޑިއާތަކަށް މިއަދު ދައްކާލުމަށް ފަހު ޝާހިދު ވިދާޅުވީ އޮކްޓޫބަރު މަހަށް މަސައްކަތް ނިންމަން އޮތް ނަމަވެސް، މިހާރު މަސައްކަތްދާ ސްޕީޑުން ޕްލެޓްތަކުގެ ފިނިޝިން ނިންމާލެވޭނީ ޑިސެމްބަރު މަހު ކަމަށެވެ. އޭނާ އުއްމީދުކުރައްވަނީ، އަންނަ އަހަރުގެ ޖެނުއަރީ ނުވަތަ ފެބުރުއަރީ މަހުގެ ތެރޭގައި މީހުންނަށް ވަދެވޭ ވަރު ވާނެ ކަމަށެވެ.

އެ ފްލެޓްތައް އިމާރާތްކޮށްފައި ވަނީ 15 ބުރީގެ ތިން ޓަވަރުގަ އެވެ. އެތަނުގައި 534 އެޕާޓްމެންޓް ހަދާފައިވެ އެވެ. އެއީ އެއް ރޫމްގެ 204 އެޕާޓްމެންޓާއި 1+2 ރޫމްގެ 330 އެޕާޓްމެންޓެވެ.

އެމްޕީއެލްގެ މުވައްޒަފުންނަށް ފްލެޓް އިމާރާތްކޮށްފައި ވަނީ 15 ބުރީގެ ތިން ޓަވަރުގައި.

އެމްޕީއެލްގެ މުވައްޒަފުންނަށް ފްލެޓް އިމާރާތްކޮށްފައި ވަނީ 15 ބުރީގެ ތިން ޓަވަރުގައި.

ފްލެޓްތަކަށް ޑައުންޕޭމަންޓް ދައްކަން 9 މަސް ދުވަހުގެ މުއްދަތެއް ވަނީ ކަނޑައަޅައިފަ އެވެ. އެއް ރޫމް އެޕާޓްމަންޓް ލިބުނު މީހުން ޑައުންޕޭމަންޓުގެ ގޮތުގައި 150،000ރ. ދައްކަން ޖެހެ އެވެ. އަދި 1+2 ރޫމްގެ އެޕާޓްމެންޓްތަކަށް 300،000ރ. ދައްކަން ޖެހެ އެވެ.

އެޕާޓްމަންޓްތަކުގެ އަގު ދައްކަން ލުއި ގޮތްތަކެއް ވެސް ވަނީ ހަމަޖައްސައިފަ އެވެ.

ޝާހިދު ވިދާޅުވީ އެމްޕީއެލްގެ ހާއްސަ ސްކީމުގެ އިތުރުން ބޭންކް މެދުވެރިކޮށް އަދި އެއް ފަހަރާ ވެސް ފައިސާ ދެއްކޭނެ ކަމަށެވެ. އެމްޕީއެލްގެ ސްކީމުގެ ދަށުން އެޕާޓްމެންޓުގެ އަގު ދައްކަން ޖެހެނީ 20 އަހަރަށް ބަހާލައިގެންނެވެ.

"އެމްޕީއެލްގެ ހާއްސަ ސްކީމެއް ހެދީ މުވައްޒަފުންނަށް ލުއި ގޮތްތަކެއް ހަދައިދޭން. ޑައުންޕޭމަންޓް ދެއްކުމަށް ވެސް ލުއިތަކެއް ދީފައި މިވަނީ. ޑައުންޕޭމަންޓް ދައްކާ އިރު އެޕާމެންޓްތަކުގެ އަގު ވެސް ނުނަގަން،" އޭނާ ވިދާޅުވި އެވެ.

އެމްޕީއެލްގެ މޮކްއަޕް އެޕާޓްމެންޓްގެ ރޫމެއް. ތިން ޓަވަރުގައި 534 އެޕާޓްމަންޓް ހުރޭ--ފޮޓޯ: މިހާރު

އެމްޕީއެލްގެ މޮކްއަޕް އެޕާޓްމެންޓްގެ ރޫމެއް. ތިން ޓަވަރުގައި 534 އެޕާޓްމަންޓް ހުރޭ--ފޮޓޯ: މިހާރު

އެމްޕީއެލް އިން މި ފްލެޓްތައް އެޅީ 700މި ލިއަން ރުފިޔާ ހޭދަކޮށްގެންނެވެ. މި ފްލެޓްތަކުގެ އަގު ހޯދަނީ ފްލެޓް ލިބޭ ފަރާތްތަކުންނެވެ. އެހެން ނަމަވެސް އެ ފްލެޓްތައް ހެދުމަށް ދިޔަ 23 މިލިއަން ރުފިޔާ ދައްކަނީ އެމްޕީއެލް އިންނެވެ.

އެމްޕީއެލް އިން ފްލެޓްް ދައްކާލި އިރު ފްލެޓްތަކާ ގުޅިގެން މުވައްޒަފުންގެ ހުރި ކަންބޮޑުވުންތައް ބަޔާންކޮށް މި މަހުގެ ކުރީ ކޮޅު ޕްލޭނިން މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައިވެ އެވެ. އެމްޕީއެލްގެ ސްކީމުގެ ދަށުން ޑައުމްޕޭމަންޓް ދައްކާ ނަމަ، ފުރަތަމަ ތިން މަހުގެ ތެރޭގައި 150،000ރ. ދައްކަން ޖެހެ އެވެ. އެއީ ކޮންމެ މަހަކަށް ބަލާ ނަމަ 50،000ރ. އެވެ. ބާކީ 150،000ރ. ކޮންމެ މަހަކު 25،000ރ. ގެ އުސޫލުން ދައްކަމުން ދެވިދާނެ ކަމަށެވެ.

އެގޮތަށް ފައިސާ ދައްކަން އުނދަގޫ ކަމަށް ޕްލޭނިން މިނިސްޓްރީއަށް އެމްޕީއެލްގެ މުވައްޒަފުން ފޮނުވި ސިޓީގައިވެ އެވެ.