01 ޖޫން 2023
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް މިދިޔަ އަހަރުގެ ޖުމްލަ ފައިދާގެ ގޮތުގައި 108 މިލިއަން ރުފިޔާ ލިބުނު އިރު ޑިވިޑެންޑްގެ ގޮތުގައި ސަރުކާރަށް 67.5 މިލިއަން ރުފިޔާ ދޭން އެ ކުންފުނީގެ ބޯޑުން ފާސްކޮށްފި އެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް މިދިޔަ އަހަރުގެ ޖުމްލަ ފައިދާގެ ގޮތުގައި 108 މިލިއަން ރުފިޔާ ލިބުނު އިރު ޑިވިޑެންޑްގެ ގޮތުގައި ސަރުކާރަށް 67.5 މިލިއަން ރުފިޔާ ދޭން އެ ކުންފުނީގެ ބޯޑުން ފާސްކޮށްފި އެވެ.
ރޭ ބޭއްވި އެމްޕީއެލްގެ އަހަރީ އާންމު ޖަލްސާގައި އެ ގޮތަށް ފާސްކުރީ، އެ ކުންފުނީގެ ބޯޑު މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މިދިޔަ އަހަރުގެ ފައިދާ އިން ޑިވިޑެންޑްގެ ގޮތުގައި ސަރުކާރަށް ދޭން ނިންމި އަދަދަކީ އޭގެ ކުރީ އަހަރަށް ވުރެ 78 ޕަސެންޓުގެ އިތުރުވުމެކެވެ.
ރޭގެ އަހަރީ އާންމު ޖަލްސާގައި އެމްޕީއެލް އިން ވަނީ އެ ކުންފުނީގެ މާލީ ހާލަތު ހާމަކޮށްފަ އެވެ. މިދިޔަ އަހަރު ފައިދާގެ ގޮތުގައި ލިބުނީ 2021 ވަނަ އަހަރަށް ވުރެ 43 ޕަސެންޓުގެ ކުރިއެރުމެކެވެ. އެމްޕީއެލް އަށް އާމްދަނީގެ ގޮތުގައި 809 މިލިއަން ރުފިޔާ ލިބިފައި ވެ އެވެ. އެއީ 2021 ވަނަ އަހަރާ ބަލާއިރު 15 ޕަސެންޓުގެ ކުރިއެރުމެކެވެ.
އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ، މާލީ ގޮތުން ލިބުނު ކާމިޔާބާ އެކު، މި އަހަރު އެކުންފުނީގެ ހާލަތު، ކޮވިޑުގެ ކުރީގެ ހާލަތަށް ވުރެ ރަނގަޅުވާނެ ކަމަށެވެ.
ބަނދަރުގެ ހިދުމަތް އަވަސްކުރުމުގެ މަސައްކަތް ފަށައިފި
ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރަނީ
އިގުތިސާދީ ހެޔޮބަދަލު ވަޖީހު ދެއްކެވީ ގްރާފުން
މުދާ ބޭރުކުރަން އާ ވެހިކަލްތަކެއް، އަވަސް ވާނެ
2018 އިން ފެށިގެން ދިޔައީ ތެލުގެ ވައްކަން ކުރަމުން
އެމްޕީއެލް ފްލެޓަށް ފައިސާ ދެއްކުމަށް އިތުރު ލުޔެއްދީފި
ޑައުންޕޭމަންޓެއް ނެތި ކުރިއަށް ދާން އުނދަގޫ:އެމްޕީއެލް
އެމްޕީއެލް އެޕްރެންޓިސްޝިޕްގެ ބައިވެރިންނަށް ވަޒީފާ
އެމްޕީއެލް ފްލެޓުތަކަށް އަންނަ އަހަރު ކުރީކޮޅު ވަދެވޭނެ
މަތީ ތައުލީމަށް ކިޔަވަން އެމްޕީއެލްގެ ސްކޮލަޝިޕްތަކެއް