26 ޑިސެމްބަރ 2019
ރިޔާސީ ކޮމިޝަންތަކުން ހާމަކޮށްފައިވާ ކަންތައްތަކާ މެދު މިހާތަނަށް އެއްވެސް ފިޔަވަޅެއް ނޭޅިފައި ވަނީ އެ ކޮމިޝަންތަކުގެ ރިޕޯޓު ފައިނަލް ކޮށްފައި ނެތުމުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވުމުން، މަރު ކޮމިޝަންގެ ރިޕޯޓުގައި ތުހުމަތުތައް ކޮށްފައިވާ ކުރީގެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ރައްދު ދެއްވައިފި އެވެ.
ރިޔާސީ ކޮމިޝަންތަކުން ހާމަކޮށްފައިވާ ކަންތައްތަކާ މެދު މިހާތަނަށް އެއްވެސް ފިޔަވަޅެއް ނޭޅިފައި ވަނީ އެ ކޮމިޝަންތަކުގެ ރިޕޯޓު ފައިނަލް ކޮށްފައި ނެތުމުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވުމުން، މަރު ކޮމިޝަންގެ ރިޕޯޓުގައި ތުހުމަތުތައް ކޮށްފައިވާ ކުރީގެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ރައްދު ދެއްވައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ، ގޮތް ނޭނގޭ މަރުތަކާއި ގެއްލުވައިލާފައިވާ މީހުންނާ ގުޅޭ މައްސަލަތައް ބަލާ ކޮމިޝަނުން ވަނީ، ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި ޝަހީމްގެ މައްޗަށް ތުހުމަތުތަކެއް ކޮށް، އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ. ޝަހީމްގެ މައްޗަށް ދައުވާ ކުރަނީ އަފްރާޝީމްގެ މައްސަލައިގެ ތަހުގީގަށް އޭނާ ދޮގު މައުލޫމާތު ދެއްވާފައި ވާތީ އާއި ތަހުގީގަށް ހުރަސް އަޅުއްވާފައިވާ ކަމަށް ބުނެ އެވެ. އެކަމަކު، މި މައްސަލައިގައި ޝަހީމްގެ މައްޗަށް ދައުވާ ކުރުމާ މެދު ޕީޖީ އޮފީހުން ގޮތެއް ނިންމި ކަމެއް އަދި ނޭނގެ އެވެ.
Hoodhu! @MvSpokesperson Manikufaanu Vidhaalhuveballavaa, Thuhumatheh gai Jinaaee Thahuqeeqeh ves Nuhingai,, adhi Furihiama ves nuve oy Report eh ge mahchah binaakoh, Aadhamuge dhareenge mahchah Jinaaee Dhauvaakuran fonuvidhaane gotheh! Miee jaahiliyya zamaaneh noon ingeytho?
— Mohamed Shaheem Ali Saeed (@Mohamedshaheem1) December 25, 2019
ހޫދުގެ ވާހަކައަށް ރައްދު ދެއްވައި ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ތުހުމަތެއްގައި ޖިނާއީ ތަހުގީގެއް ވެސް ނުހިންގައި އަދި ފުރިހަމަ ވެސް ނުވެ އޮތް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް، "އާދަމު ދަރިއެއްގެ" މައްޗަށް ޖިނާއީ ދައުވާކުރަން ފޮނުވިދާނެ ގޮތެއް އޮތްތޯ އައްސަވައިފަ އެވެ.
"މިއީ ޖާހިލިއްޔަ ޒަމާނެއް ނޫން އިނގޭތޯ،" އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ގޮތްޕެއްގެ ވެރިއަކަށް ހުންނެވި ޝަހީމް ވިދާޅުވި އެވެ.
އަފްރާޝީމްގެ ރިޕޯޓު އާއްމުވުމާ އެކު، އެންމެ ބޮޑު ތުހުމަތެއް އެޅުނީ ޝަހީމްގެ އިސްތަށިފުޅުގަ އެވެ. ސަބަބަކީ އަފްރާޝީމް، އަވަހާރަކޮށްލި ރޭ ޓީވީ ޕްރޮގްރާމަށް އަރާވަޑައިގަތުމާ ގުޅޭ ގޮތުން ޝަހީމް ދެއްވި ބަޔާނާއި ހެކީގެ ގޮތުގައި ހޯދި މެސެޖްތަކުގައި ބޮޑެތި ފުށުއެރުންތަކެއް ހުރުމުންނެވެ.
އެކަމަކު މި ތުހުމަތު ދޮގުކުރައްވައި ޝަހީމް ވިދާޅުވެފައި ވަނީ ކޮމިޝަނަށް އޭނާ ދެއްވީ ތެދު މައުލޫމާތު ކަމަށެވެ. އަފްރާޝީމަށް، އިލްމުވެރިންނާ އެއް މޭޒަކުން ބައްދަލުވެވޭ ގޮތާއި ޓީވީ ޕްރޮގްރާމުން ފުރުސަތު ހޯއްދެއްވީ އޭނާ އެދިވަޑައިގަތުމުން ކަމަށް ޝަހީމް ވިދާޅުވެފައިވެ އެވެ.
ރިޕޯޓުގައިވާ ކަންތައްތަކާ ގުޅޭގޮތުން ޝަހީމް ފަހުން ވިދާޅުވީ އަފްރާޝީމްގެ މަރާ އޭނާއާ ގުޅުމެއް ނުވާ ކަމަށާއި ތުހުމަތުތަކެއްކޮށް ދައުވާ ކުރަނީ ސިޔާސީ މުސްތަގްބަލް ދުއްވާލަން ކަމަށެވެ.
"ދައުވާކުރަނީ އަޅުގަނޑުގެ މަސައްކަތަށް ހުރަސް އަޅައި ސިޔާސީ މުސްތަގުބަލު ދުއްވާލުމަށް. މާތް ﷲއާ ވަކީލް،" ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ އޭނާއާ ގުޅުމެއް ނެތް ކަމެއްގައި ދައުވާކުރާތީ އަޖައިބުވާ ކަމަށެވެ.
ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށާއި ގޮތް ނޭނގޭ މަރުތަކާއި ގެއްލުވައިލާފައިވާ މީހުންނާ ގުޅޭ މައްސަލަތައް ބެލުމަށް އުފެއްދި ކޮމިޝަނުން ހާމަކޮށްފައިވާ ކަންތައްތަކާ މެދު އެއްވެސް ފިޔަވަޅެއް ނޭޅިފައި ވަނީ ފައިނަލް ރިޕޯޓު ނުލިބިގެން ކަމަށް، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޫދު ވިދާޅުވިޔަސް މަރުތަކުގެ މައްސަލަ ބެލުމަށް އުފައްދާފައިވާ ކޮމިޝަނުން އެކުލަވައިލި ދެ ރިޕޯޓެއް ސަރުކާރުން ވަނީ އާންމު ވެސް ކޮށްފަ އެވެ.
އެއީ ޑރ. އަފްރާޝީމް އަވަހާރަކޮށްލުމާ ބެހޭ ރިޕޯޓަކާއި ގެއްލުވައިލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނާ ގުޅޭ ރިޕޯޓެވެ. އެ ރިޕޯޓުތަކުގައި، ތުހުމަތު ކުރެވޭ މީހުންގެ ނަންތައް ވެސް ހިމަނާފައިވެ އެވެ. ފައިނަލް ނުކުރާ ރިޕޯޓުތަކެއް ސަރުކާރުން އާންމުކޮށް، އަދި ވަކި ބައެއްގެ މައްޗަށް ދައުވާ ކުރުމަށް އެދި ހުށަހަޅާފައިވާ މައްސަލައިގައި ވެސް ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. އެކަމަކު، ރައީސްގެ ތަރުޖަމާން ހޫދު މިއަދު ވެސް ވިދާޅުވީ ރިޔާސީ ދެ ކޮމިޝަންގެ ރިޕޯޓުތައް އެކުލަވާލައި ރައީސް އަދި ނުފޮނުވާ ކަމަށެވެ. އޭނާ ވިދާޅުވާ ގޮތުން ނަމަ ދެ ކޮމިޝަނުން މިހާތަނަށް ރައީސަށް ފޮނުވާފައި ވަނީ މުޅިން ވެސް ޑްރާފްޓެވެ. އަދި އެއް ޑްރާފްޓުން އަނެއް ޑްރާފްޓަށް ބޮޑެތި ބަދަލުތައް އަންނަ ކަމަށް ހޫދު ވިދާޅުވުމުން އޭގެ ސައްހަ ކަމާ މެދު ވެސް ސުވާލު އުފައްދަން ވަނީ ފަށައިފަ އެވެ.
މަރުތަކުގައި ތުހުމަތުކޮށް ބައެއްގެ ނަންތައް އާއްމުކޮށްފައި ވިޔަސް އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅޭ ވަރުގެ ހެއްކެއް ނެތް ކަމަށް ހޯމް މިނިސްޓްރީ އާއި ފުލުހުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ބުނެފަ އެވެ.
ޝަހީމަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އަށް
ޝަހީމްގެ މައްސަލަ އިތުރަށް ތަހުގީގުކުރަން ފުލުހަށް
މަރު ކޮމިޝަންގެ މިސްރާބާއި އިތުބާރު ގެއްލެނީ؟!
ފިޔަވަޅު އެޅޭނީ ފައިނަލް ރިޕޯޓުތައް ލިބުމުން: ހޫދު
މަރު ކޮމިޝަންގެ މަސައްކަތް ކުރިއަށް އެބަދޭ: ހޫދު
ދައުވާކުރަނީ ސިޔާސީ މުސްތަގުބަލު ދުއްވާލަން: ޝަހީމް
ސަލަފާއި ޝަހީމަށް ފިޔަވަޅު އަޅައިދޭން އެދި ފާސްކޮށްފި
ޝަހީމަށް ކުރި ތުހުމަތުގެ ހަގީގަތަކީ ކޮބާ؟
ސިޔާސީ ކަމެކޭ ބުނީ އޭރު ލިބުނު މައުލޫމާތުން: ރިޔާޒް
4 މިލިއަނާ ގުޅޭ ގޮތުން ޖާގެ އޯޑިއޯ ވީތަނެއް ނޭނގޭ!