24 ޑިސެމްބަރ 2019
ޖަޕާނުގައި ރަސްމީ ސްކޫލްތަކަށް ކިޔަވަން ނުދާ ކުދިން އިތުރުވާން ފަށައިފި އެވެ.
ޖަޕާނުގައި ރަސްމީ ސްކޫލްތަކަށް ކިޔަވަން ނުދާ ކުދިން އިތުރުވާން ފަށައިފި އެވެ.
މި މައްސަލަ އޭޝިއާގެ އެންމެ ކުރިއަރާފައިވާ ގައުމުން ފެންމަތިވާން ފެށީ 80 ގެ އަހަރުތަކުގެ ކުރީކޮޅު އެވެ. އޭގެ ފަހުން އަހަރުން އަހަރަށް މި މައްސަލަ ދަނީ ބޮޑުވަމުންނެވެ. މިކަން ގައުމީ ބޮޑު މައްސަލައަކަށްވެފައިވާ އިރު މިއަށް ޖަޕާން ބަހުން ކިޔާ ހާއްސަ ނަމެއް ވެސް މިހާރު އޮވެ އެވެ. އެއީ "ފުޓޯކޯ" އެވެ. އަދި މި ބަސް ދަރިވަރުންނަށް ބޭނުން ކުރަން ފަށަނީ އެއްވެސް އުޒުރަކާ ނުލައި ސްކޫލަށް ނުގޮސް މަސް ދުވަސްވުމުންނެވެ. އެ ބަސް އެކިގޮތަށް މާނަކުރާ އިރު އޭގެ ތެރޭގައި "އެބްޒެންޓީޒަމް" އަދި "ސްކޫލް ފޯބިއާ" ހިމެނެ އެވެ. އަދި "ފުޓޯކޯ" ނަފުސާނީ މައްސަލައެއްގެ ގޮތުގައި ވެސް މިހާރު ސިފަކުރެ އެވެ.
ޖަޕާނުގައި ރަސްމީ ސްކޫލްތަކަށް ނުދާ ކުދިން ގިނަވާ މައިގަނޑު ސަބަބެއް ކަމަށް ވަނީ އެ ގައުމުގެ ތައުލީމީ ނިޒާމުގެ ތެރޭގައި ހުރި ހަރުކަށި ބައެއް އުސޫލުތަކާ ހެދި އެވެ. އޭގެ ތެރޭގައި ބޮލުގެ އިސްތަށިގަނޑު ކަޅުކުރަން މަޖުބޫރުވުމާއި ޔުނިފޯމް ވަކި ގޮތަކަށް އަޅަން ޖެހުން ހިމެނެ އެވެ. އަދި ބައެއް ސްކޫލްތަކުގައި ދަރިވަރުން އަަޑިން ލަނީ ކޮން ކުލައެއްގެ އެއްޗެއްތޯ ވެސް ބެލުމަކީ ދަރިވަރުންނަށް ބޮޑު މައްސަލައެކެވެ.
ޖަޕާނުގެ ކުދިންތަކެއް.
މިކަން އެ ގައުމުގައި ސިފަކުރަނީ "ބްލެކް ސްކޫލް ރޫލްސް" ގެ ގޮތުގަ އެވެ. މާނަ އަކީ "ދަރިވަރުން އަޅުންގެ ދަރަޖައިގައި" ގެންގުޅުމެވެ.
އެހެންވެ މިކަމާ ދެކޮޅަށް މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ކެމްޕޭން ގްރޫޕެއް ކަމަށްވާ ބްލެކް ކޮސޫކޯ އޮ ނަކޫސޯ! (ލެޓްސް ގެޓް ރިޑް އޮފް ބްލެކް ސްކޫލް ރޫލްސް!) އިން ވަނީ އެޑިއުކޭޝަން މިނިސްޓްރީ އަށް 60،000 މީހުން ސޮއިކޮށް ޕެޓިޝަނެއް ހުށަހަޅައި އެ އުސޫލުތައް އުވައިލަން އެދިފަ އެވެ.
ހަމަމިއާއެކު ސަރުކާރުން ހިންގާ ސްކޫލްތަކުގައި ބުލީކުރުން ފަދަ މައްސަލަތައް އިތުރުވުމަކީ ވެސް ކުދިން ސްކޫލަށް ނުދާން ބޭނުންވާ އެއް ސަބަބު ކަމަށް މީޑިއާތަކުން ބުނެ އެވެ. އަދި ރައްޓެހިންނާ ދެމެދު އުފެދޭ މައްސަލަތަކާއި އާއިލީ މައްސަލަތަކާއި ކުދިންގެ އަމިއްލަ އެކިއެކި ކަންކަމާއި ގިނަ ބައެއްގެ ތެރޭގައި އުޅެން ކުދިންނަށް އުނދަގޫވުން ފަދަ ކަންކަމާ ހުރެ ސްކޫލަށް ދިއުން ހުއްޓައިލަނީ އެވެ.
ޖަޕާނުގެ ކުދިންތަކެއް.
މިދިޔަ އޮކްޓޯބަރު މަހު ޖަޕާނުގެ އެޑިއުކޭޝަން މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އެ ގައުމުގެ އިލެމެންޓްރީ އާއި ޖޫނިއާ ހައި ސްކޫލްތަކުގެ ދަރިވަރުންގެ ތެރެއިން 164,528 ދަރިވަރުން އުޒުރެއް ނެތި 30 ދުވަހަށް ސްކޫލަށް ހާޒިރެއް ނުވެ އެވެ. މި އަދަދު 2017 އޮތީ 144,031 ގަ އެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި ރަސްމީ ސްކޫލްތަކަށް ނުދާ ކުދިންނަކީ ގޭތެރޭގައި ބަންދުވެ، މުޖުތަމައު އިން އެކަހެރިވެ އެކި ބާވަތުގެ ސިއްހީ މައްސަލަތަކަށް ހުށަހެޅޭ ކުދިންނެވެ. މިކަމަށް ކިޔައި އުޅެނީ "ހިކިކޮމޯރީ" އެވެ. އަދި މިފަދަ މައްސަލަތަކާ އެކު ކުރިމަތިވާ ނަފުސާނީ އެކި ބާވަތުގެ މަލިމަޑުކަމާ ހުރެ ސްކޫލްތަކަށްދާ އުމުރުގެ ކުދިން އަމިއްލަ އަށް މަރުވާ މައްސަލަ ދަނީ ބޮޑުވަމުންނެވެ. ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރު މިފަދަ 332 މަރު ރިޕޯޓްކޮށްފައިވާ އިރު، މިއީ ފާއިތުވި 30 އަޅާބަލާ އިރު ރިކޯޑް އަދެދެކެވެ.
ސަރުކާރުގެ ސްކޫލްތަކަށް ނުދާ ކުދިން ޖަޕާނުގައި އިތުރުވަމުން ދިއުމުގެ ނަތީޖާ އަކީ އެ ގައުމުގައި "ފްރީ ސްކޫލް މޫވްމަންޓް" ގެ ނަމުގައި ހަރަކާތްތަކެއް ވެސް ފެށުމެވެ. އަދި މީގެ ތެރެއިން ކިޔަވައިދޭ އަމިއްލަ ތަންތަން އުފެދި، ދަރިވަރުންނަށް ބޭނުން ގޮތަކަށް މިނިވަންކަމާ އެކު އުޅެލެވޭ ގޮތަށް ބައްޓަންވެފައިވާ އަމިއްލަ ތަންތަން އުފެދެން ފެށި އެވެ.
ޖަޕާނުގެ ކުދިންތަކެއް.
އެކަމަކު އެ ތަންތަނަކީ ދަރިވަރުންނަށް ރަސްމީ އެއްވެސް ކޮލިފިކޭޝަނެއް ދެވޭ ތަންތަނެއް ނޫނެވެ. ނަމަވެސް އެފަދަ ތަންތަނަކީ ކުދިންނާ ވަރަށް ރައްޓެހިކޮށް ހުނަރުތައް ތަރައްގީކޮށް ދޭން މަސައްކަތްކުރާ ތަންތެނެވެ.
ދެލިގަނޑު ދަސްކުރުމުގެ ބަދަލުގައި ކުދިންނަށް އެތަންތަނުން ދަސްކޮށް ދެނީ އެ ކުއްޖެއްގެ ކިބައިގައި ހުރި ހުނަރުތައް ފާހަގަކޮށް، އެ ހުނަރުތައް ތަރައްގީކޮށް ކުރިއަރުވަން އެހީވެ ދިނުމެވެ. އެހެން ގޮތަކަށް ބުނާ ނަމަ މަސައްކަތެއް ދަސްކޮށްދިނުމެވެ.
ސްކޫލް ހުޅުވާއިރު އެނގެން ޖެހޭ ފަސް ކަމެއް
ގަޑިޖެހިގެން ކުދިން ބަލައި ދާ ނަމަ ޖޫރިމަނާކުރަނީ
ކިންޑަގާޓްން އަދި ޑޭކެއާ، ކެނެޑާގެ ތަޖުރިބާ އިން
16 ދަރިވަރުން ތަޖުރިބާ ދަތުރެއްގައި އިންޑިއާއަށް
ރާއްޖޭގައި 12 އަހަރުން ލިބެނީ 8 އަހަރުގެ ތައުލީމް
ދިރާސީ ކަލަންޑަރާ ހިލާފަށް ކިޔަވައިދިނުން މަނާ!
ދިރާސީ އަހަރާ އެކު ގައުމިއްޔަތު މާއްދާ ކިޔަވައިދޭނެ
4 އަހަރުގެ ޑިގްރީއެއް ނެތް ނަމަ ޓީޗަރަކަށް ނުވެވޭނެ
ދަރިވަރުންނަށް ނަފްސާނީ އެހީތެރިކަން ދޭން ހޮޓްލައިނެއް
ސްކޫލު ކުދިން، އެކަމަކު ހީވީ ގޭންގެއް އަރައިގަތްހެން