22 ޑިސެމްބަރ 2019
އަވަށްޓެރި ތިން ގައުމަކުން އިންޑިއާއަށް ގަވާއިދާ ހިލާފަށް ވަދެފައިވާ މީހުންގެ ތެރެއިން މުސްލިމުން ނޫން އެހެން ދީންތަކުގެ މީހުންނަށް ރައްޔިތުކަން ދޭ ބިލް ދިފާއުކުރައްވާ، ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ވެސް ވާހަކަ ދައްކަވައިފި އެވެ.
އަވަށްޓެރި ތިން ގައުމަކުން އިންޑިއާއަށް ގަވާއިދާ ހިލާފަށް ވަދެފައިވާ މީހުންގެ ތެރެއިން މުސްލިމުން ނޫން އެހެން ދީންތަކުގެ މީހުންނަށް ރައްޔިތުކަން ދޭ ބިލް ދިފާއުކުރައްވާ، ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ވެސް ވާހަކަ ދައްކަވައިފި އެވެ.
ނިއު ދިއްލީގެ އާންމު އިންތިހާބުގެ ކެމްޕޭން ފެށުމުގެ ގޮތުން ބީޖޭޕީން ބޭއްވި އެއްވުމެއްގައި ވާހަކަ ދައްކަވަމުން މޯދީ ވިދާޅުވީ ސިޓިޒަންޝިޕް އެމެންޑްމެންޓް އެކްޓް (ސީއޭއޭ) އަކީ އެހެން ގައުމުތަކުގައި ބޭއިންސާފާއި އަނިޔާއާ ކުރިމަތިވެފައިވާ މީހުންގެ ހިމާޔަތަށް ހެދި ގާނޫނެއް ކަމަށެވެ.
އެކަމަކު މުސްލިމުން ގަބޫލުކުރާ ގޮތުގައި އެއީ ސީދާ މުސްލިމުންނަށް އަމާޒުކޮށް ބީޖޭޕީ ސަރުކާރުން ހިންގާ ބޭއިންސާފު އަމަލެކެވެ.
އަފްގާނިސްތާނާއި ބަންގްލަދޭޝް އަދި ޕާކިސްތާނުން ވެސް އިންޑިއާއަށް ވަގަށް އެތެރެވެގެން އެތައް ލައްކަ މުސްލިމުން އުޅެ އެވެ. އެކަމަކު އެ ގާނޫނުން އެ މީހުންނަށް އެއްވެސް ހިމާޔަތެއް ނުލިބެ އެވެ.
މުސްލިމުންގެ އިތުރުން އިންޑިއާގެ އިލްމުވެރިންނާއި އާޓިސްޓުންނާއި ލިއުންތެރިންނާއި ފިލްމީ ތަރިންނާއި އެކި ދީންތަކުގެ އެތައް ބަޔަކު ވެސް ދެކެނީ އިިންޑިއާގެ ގާނޫނުއަސާސީއާ، އާ ގާނޫނު ހިލާފު ކަމަށެވެ.
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގެ ގާނޫނުއަސާސީ ބުނާ ގޮތުން އެ ގައުމުގެ ރަައްޔިތަކަށް ވާން ވަކި ދީނެއްގެ މީހަކަށް ވުން ޝަރުތެއް ނުކުރެވޭނެ އެވެ.
އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި ހަމަނުޖެހުމާއި މުޒާހަރާތައް ދަނީ ކުރިއަށެވެ. މިހާތަނަށް 20 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
"އިންޑިއާގެ ރައްޔިތުންގެ މަޖިލިހާއި އެ މަޖިލިހުގެ މެމްބަރުންނަށް އަހަރެމެން އިހުތިރާމްކުރަން ޖެހޭނެ،" މޯދީ ވިދާޅުވި އެވެ.
އޭނާ މިފަހަރު ވެސް ގޯސްކުރެއްވީ އިދިކޮޅު ފަރާތްތަކެވެ. މޯދީ ވިދާޅުވީ ގާނޫނާ ބެހޭ ގޮތުން އިދިކޮޅު ފަރާތްތަކުން ފަތުރަނީ ދޮގު އަދި މުޅިން ގޯސް މައުލޫމާތުތަކެއް ކަމަށެވެ. އަދި އެއްވުންތަކުގައި ފުލުހުންނަށް ހަމަލާދީ، ވެހިކަލްތަކާއި ސަރުކާރުގެ އިމާރާތްތަކަށް ދޭ ގެއްލުންތައް ކުށްވެރިކުރެއްވި އެވެ.
އިންޑިއާއަކީ ހަމައެކަނި ހިންދޫންގެ ތަނެއް ކަމަށް ގަބޫލުކުރާ ފަލްސަފާގެ ތެރެއިން ސިޔާސީ ބާރުވެރިކަން ހޯދާފައިވާ ބީޖޭޕީ، ސިޔާސީ ގޮތުން މިހާތަނަށް އެންމެ ބޮޑު ކާމިޔާބީއަކާ ހަމައަށް ގެންގޮސްދެއްވި މޭސްތިރި ކަމަށް ބެލެވޭ މޯދީ ވިދާޅުވީ ސަރުކާރުގެ މައިގަނޑު ސިޔާސަތުތައް ތަންފީޒުކުރާ އިރު އެއްވެސް މީހެއްގެ ދީނަކަށް ނުބައްލަވާނެ ކަމަށެވެ.
ހިޔާލު ތަފާތުވުން އުފެދިގެން އުޅޭ ގާނޫނާ މެދު އިންޑިއާގެ އެއްވެސް މުސްލިމަކު ކަންބޮޑުވާން ނުޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އާ ގާނޫނު މިއައީ އިންޑިއާގެ ރައްޔިތުންގެ ރަޖިސްޓްރޭޝަން އާންމުކުރަން ސަރުކާރުން ފެށި މަސްކަތަށް ފަހު އެވެ. ނެޝަނަލް ރަޖިސްޓަ އޮފް ސިޓިޒަންސް (އެންއާރުސީ) އެންމެ ފުރަތަމަ އާންމުކުރީ، ބަންގްލަދޭޝް އިން ގިނަ އަދަދަދެއްގެ މުސްލިމުން ހިޖުރަކޮށް، ދިރިއުޅޭތާ އެތައް އަހަރެއް ވެފައިވާ އިރުއުތުރު ސްޓޭޓެއް ކަމަށްވާ އާސާމްގަ އެވެ. އެ ސްޓޭޓުން އެންއާރުސީ އާންމުކުރުމާ އެކު، 1.9 މިލިއަން މީހުންނަކީ އެއްވެސް ގައުމަކަށް ނިސްބަތްނުވާ ބަޔަކަށް ވަނީ ވެފަ އެވެ.
އެންއާރުސީގައި ހިމެނުމަށްޓަކައި އެމީހެއްގެ މައިންބަފައިންނަކީ ކުރިންސުރެ އިންޑިއާގައި އުޅުނު/އުޅޭ ބައެއްކަމުގެ ލިއުން ހުށައަޅަން ޖެހެ އެވެ. އެކަމަކު ކާބަފައިން ފެށިގެން އިންޑިއާގައި އުޅެމުން އަންނަ އެތައް ބައެއްގެ ރައްޔިތުކަން ވަނީ، ހެއްކެއްގެ ގޮތުގައި ލިއުން ނެތުމުން، ގެއްލިފަ އެވެ. އޭގެ ތެރޭގައި ގިނައީ މުސްލިމުންނެވެ.
މުސްލިމުން ދެކޭ ގޮތުގައި އެއީ ވެސް މުސްލިމުންނަށް އަމާޒުކޮށް ކުރިއަށް ގެންދާ ސިޔާސަތެކެވެ. އެކަމަކު ސަރުކާރުން ބުނަނީ އޭގެ ބޭނުމަކީ ގަވާއިދާ ހިލާފަށް އުޅޭ މީހުން ދެނެގަތުން ކަމަށެވެ.
މޯދީގެ ބަސްމަގު ބަދަލުވެ، މުސްލިމުންނަށް އިތުރު ބިރެއް
ދީނީ މިނިވަންކަމުގެ ކަޅު ލިސްޓުގައި އިންޑިއާ ހިމަނާ
ބީބީސީގެ ޑޮކިއުމެންޓްރީ އިންޑިއާގައި މަނާކޮށްފި
މޯދީއާ ދެކޮޅު ލިންކުތައް ބަންދުކުރުމަށް އަންގައިފި
ޝާހްރުކްގެ ދަރިފުޅާ މެދު ކަންތައް ކުރަނީ "ޒާތީކޮށް"
އިންޑިއާގެ މުސްލިމް މާމަ ޓައިމްގެ ގަދަ 100 އަށް
ފަރުހާނާ ދެކޮޅަށް ސޯޝަލް މީޑިއާގައި ކެމްޕޭނެއް
މޯދީއަށް ހާސްކަމެއް ނެތް! ގޯސްކުރެއްވީ އިދިކޮޅު!
މުސްލިމް މީހާ މަރާލުމުން ވަރަށް އަސަރު ކުރި: މޯދީ
މޯދީގެ ކާމިޔާބީއާ އެކު މުސްލިމުންނަށް ވާނީ ކިހިނެއް؟