02 މެއި 2023
އިންޑިއާގައި ދިރިއުޅޭ ބައި މަދު ދީނީ އަގީދާތަކުގެ މީހުންގެ ދީނީ މިނިވަންކަމުގެ ހާލަތު އަހަރުން އަހަރަށް ދަށަށް ދާ ކަމަށް ބުނެ، ދީނީ މިނިވަންކަމުގެ ކަޅު ލިސްޓުގައި އެ ގައުމު ހިމެނުމަށް، އެމެރިކާގެ އަމިއްލަ ޖަމާއަތަކުން އެމެރިކާ ސަރުކާރާށް ގޮވާލައިފި އެވެ.
އިންޑިއާގައި ދިރިއުޅޭ ބައި މަދު ދީނީ އަގީދާތަކުގެ މީހުންގެ ދީނީ މިނިވަންކަމުގެ ހާލަތު އަހަރުން އަހަރަށް ދަށަށް ދާ ކަމަށް ބުނެ، ދީނީ މިނިވަންކަމުގެ ކަޅު ލިސްޓުގައި އެ ގައުމު ހިމެނުމަށް، އެމެރިކާގެ އަމިއްލަ ޖަމާއަތަކުން އެމެރިކާ ސަރުކާރާށް ގޮވާލައިފި އެވެ.
މިއީ، ދީނީ މިނިވަންކަމުގެ ކަޅު ލިސްޓުގައި އިންޑިއާ ހިމެނުމަށް، "ޔުނައިޓެޑް ސްޓޭޓްސް ކޮމިޝަން އޮން އިންޓަނޭޝަނަލް ރިލިޖަސް ފްރީޑަމް" (ޔޫއެސްސީއައިއާރްއެފް)ގެ ފަރާތުން އެމެރިކާ ސަރުކާރަށް، ވިދިވިދިގެން ގޮވައިލި ހަތަރު ވަނަ އަހަރެވެ. އެ ޖަމާއަތުން ބުނި ގޮތުގައި އިންޑިއާގައި ދިރިއުޅޭ ހިންދޫ ދީނުގެ މީހުން ފިޔަވައި އެހެން ދީންތަކުގެ މީހުންގެ ދީނީ މިނިވަންކަމަށް، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ހުރަސްއަޅަމުން ދާތީ، ދީނީ މިނިވަންކަމުގެ ކަޅު ލިސްޓުގައި އިންޑިއާ ސަރުކާރު ހިމަނަންޖެހެ އެވެ.
އެ ޖަމާއަތުން ނެރުނު 2022 ވަނަ އަހަރުގެ އަހަރީ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އިންޑިއާ އަކީ އެގައުމާ މެދު "ޚާއްސަ ކަންބޮޑުވުމެއް އުފެދިފައިވާ ގައުމެއް"ގެ ގޮތުގައި އެމެރިކާގެ ޚާރިޖީ ވުޒާރާ އިން ކަނޑައަޅަންޖެހެ އެވެ. އެމެރިކާ ސަރުކާރާ އެއްވެސް ގުޅުމެއް ނެތް އެ ޖަމާއަތުން، އެކަމަށް އެދި އެމެރިކާ ސަރުކާރަށް ގޮވާލަން ފެށީ 2020 ވަނަ އަހަރު އެވެ.
އެ ޖަމާއަތުގެ އަހަރީ ރިޕޯޓްގައި ބުނެފައިވާ ގޮތުން އިންޑިއާގައި މިހާރު އޮތް ސަރުކާރަކީ، ދީނީ މިނިވަންކަމަށް ވަރަށް އިންތިޒާމީ އަދި އިހާނެތި ގޮތެއްގައި އަރައިގަންނަމުން ދާ ސަރުކާރެކެވެ. މި ސަބަބަށްޓަކައި އިންޑިއާ އަށް އިގްތިސާދީ ގޮތުން ދަތި ކުރުމުގެ ފިޔަވަޅު އެޅުމުގެ ފުރުސަތު މިހާރު ހުޅުވިފައި އޮތް ކަމަށް ވެސް އެ ރިޕޯޓްގައި ބުނެފައިވެ އެވެ.
IAMC welcomes the @USCIRF's decision to recommend India as a Country of Particular Concern (CPC) for its severe violations of human rights and religious freedoms for the fourth consecutive year.
— Indian American Muslim Council (@IAMCouncil) May 1, 2023
CPC is a designation reserved for the world’s worst violators of religious freedom. pic.twitter.com/tlmxKE7thT
"އިންޑިއާ ސަރުކާރުން ވަނީ 2022 ވަނަ އަހަރުގެ ތެރޭގައިވެސް، ގައުމީ ފެންވަރުގަޔާއި ދައުލަތުގެ ފެންވަރުގައި އަދި ފަރުދީ ފެންވަރުގައި ވެސް، ދީނީ ގޮތުން ތަފާތުކުރުމުގެ ސިޔާސަތުތައް ފަތުރަމުން އަދި އެފަދަ ސިޔާސަތުތައް ތަންފީޒު ކުރަމުން،" ޔޫއެސްސީއައިއާރްއެފްގެ އަހަރީ ރިޕޯޓްގައިވެ އެވެ.
"އިންޑިއާ ސަރުކާރުން ފަތުރަމުންދާ، ދީނީ ތަފާތުކުރުމުގެ ސިޔާސަތުތަކުގެ ތެރޭގައި ދީން ބަދަލުކުރުމާ ދެކޮޅަށް ގާނޫނު ހެދުމާއި، އަގީދާތަކުގެ މެދުގައި ގުޅުން ދެމެހެއްޓުމާ ދެކޮޅު ހެދުމާއި، ބުރުގާ އެޅުން މަނާކުރުމާއި، ގެރި ކަތިލުން މަނާކުރުން ހިމެނޭ. ގެރި ކަތިލުން މަނާކުރުމުން މުސްލިމުންނާއި ކްރިސްޓިއަނުންނާއި ސިކުން އަދި ހިންދީން ނޫން އެހެން އަގީދާތަކުގެ މީހުންގެ އާންމު ދިރިއުޅުމަށް ނުރަނގަޅު އަސަރު ފޯރާ ކަމެއް."
އެ ރިޕޯޓްގައި ބުނެފައިވާ ގޮތުން އިންޑިއާގެ އާބާދީގެ މެދުގައި ދީނީ އަގީދާތައް ބެހިފައި އޮތް ގޮތުން އެ ގައުމުގެ އާބާދީގެ 80 ޕަސެންޓް ހިއްސާކުރަނީ ހިންދޫ އަގީދާތަކުގެ މީހުންނެވެ. އަދި ގާތްގަނޑަކަށް 14 ޕަސެންޓު މުސްލިމުން ހިއްސާ ކުރާއިރު، ދެ ޕަސެންޓަކީ ކްރިސްޓިއަނުން އަދި 1.7 ޕަސެންޓަކީ ސިކުންނެވެ.
އިންޑިއާގައި މިހާރު ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީގެ ބޮޑުވަޒީރު މޯދީގެ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ، ދީނީ މިނިވަންކަމާ ގުޅޭ ގޮތުން ސަރުކާރާ ދެކޮޅަށް ފާޑުކިޔާ އަޑުތައް ނައްތައިލުމަށެވެ. ވަކިން ޚާއްސަ ގޮތެއްގައި ބައިމަދު އަގީދާތަކުގެ މީހުންގެ ހައްގުގައި އުފުލާ އަޑުތައް ނައްތައިލުމަށް މޯދީގެ ސަރުކާރުން ފާޅުގައި އަދި ހުއްޓުމެއް ނެތި ދަނީ މަސައްކަތް ކުރަމުންނެވެ.
ޔޫއެސްސީއައިއާރްއެފް އަކީ އިންޑިއާ ސަރުކާރާ މުޅިން ވަކިން ހިންގާ މަދަނީ ޖަމާއަތަކަށްވާތީ، އެމެރިކާގެ ގައުމީ ސިޔާސަތުތައް ކަނޑައެޅުމުގައި އެ ޖަމާއަތުގެ އެއްވެސް ދައުރެއް ނޯވެ އެވެ. އޭޝިޔާ ސަރަހައްދުގައި ޗައިނާގެ ނުފޫޒު ފެތުރުމާ ދެކޮޅަށް އެމެރިކާ ގެންގުޅޭ ސިޔާސަތަށް އިންޑިއާގެ ތާއީދު ވަރަށް ބޮޑަށް ބޭނުންވާތީ، މި މައްސަލައިގައި އެމެރިކާ ސަރުކާރުން އިންޑިއާއާ ދެކޮޅަށް ފިޔަވަޅެއް އަޅާނެ ކަމަކަށް ނުބެލެވެ އެވެ.
އޭގެ އިތުރުން، މޯދީ ސަރުކާރުން ގެންގުޅޭ ދީނީ މިނިވަންކަން ހަނިކުރުމުގެ ސިޔާސަތުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބެނީ މުސްލިމުންނަށް ކަމަށް ވާތީ ވެސް، މުސްލިމުންގެ ހައްގުތަކެއް ހޯދައިދިނުމަށް އެމެރިކާ ސަރުކާރުން، އިންޑިއާ ސަރުކާރަށް އެއްވެސް ފިއްތުމެއް ކުރިމަތިކުރާނެ ކަމަކަށް ނުބެލެވެ އެވެ.
ޔޫއެސްސީއައިއާރްއެފްގެ ރިޕޯޓްގައި ބުނެފައިވާ ގޮތުން، އިންޑިއާގެ ބޮޑުވަޒީރު މޯދީގެ ސަރުކާރުން، މުސްލިމުންގެ ދީނީ މިނިވަންކަމަށް ފާޅުގައި ހުރަސްއަޅައި ހައްގުތައް ހަނިކުރަމުން ދާއިރު ވެސް، އަދި އެކަމާ މެދު ފިޔަވަޅު އަޅައިދިނުމަށް އެ ޖަމާއަތުން ތަކުރާރުކޮށް އެދުމުންވެސް، ރައީސް ބައިޑެންގެ ސަރުކާރު ވަނީ އިންޑިއާއާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ފެއިލްވެފަ އެވެ.
ބީބީސީގެ ޑޮކިއުމެންޓްރީ އިންޑިއާގައި މަނާކޮށްފި
މޯދީއާ ދެކޮޅު ލިންކުތައް ބަންދުކުރުމަށް އަންގައިފި
މޯދީގެ ބަސްމަގު ބަދަލުވެ، މުސްލިމުންނަށް އިތުރު ބިރެއް
އިސްލާމީ ގައުމުތަކުގެ ނުރުހުން އިންޑިއާ އަށް
މުސްލިމުންނާ ދެކޮޅު ވާހަކަތައް ތަހުގީގުކުރަން އަންގައިފި
ޝާހްރުކްގެ ދަރިފުޅާ މެދު ކަންތައް ކުރަނީ "ޒާތީކޮށް"
އިންޑިއާގެ މުސްލިމް މާމަ ޓައިމްގެ ގަދަ 100 އަށް
ފަރުހާނާ ދެކޮޅަށް ސޯޝަލް މީޑިއާގައި ކެމްޕޭނެއް
މޯދީ ވިދާޅުވަނީ ވަކި ދީނަކަށް އަމާޒުނުކުރާ ކަމަށް!
މޯދީއަށް ހާސްކަމެއް ނެތް! ގޯސްކުރެއްވީ އިދިކޮޅު!