27 ޖޫން 2019
ނިއު ދިއްލީ (ޖޫން 27) - ހިންދޫންގެ ކަލާނގެ އަށް ސަނާ ކިޔާ މަޖްބޫރުކުރުމުގެ އިތުރުން އަނިޔާކޮށް މުސްލިމަކު މިދިޔަ ހަފުތާގައި މަރާލުމަކީ ވަރަށް އަސަރު ކުރުވި ކަމެއް ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.
ނިއު ދިއްލީ (ޖޫން 27) - ހިންދޫންގެ ކަލާނގެ އަށް ސަނާ ކިޔާ މަޖްބޫރުކުރުމުގެ އިތުރުން އަނިޔާކޮށް މުސްލިމަކު މިދިޔަ ހަފުތާގައި މަރާލުމަކީ ވަރަށް އަސަރު ކުރުވި ކަމެއް ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.
ހަރުކަށި ހިންދޫ މުސްލިމުންނަށް އަނިޔާ ދެމުންދާ އިރު މޯދީ ހަނު ހުންނަވާތީ ވަރަށް ބޮޑަށް ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. ނަމަވެސް މޯދީ އިއްޔެ ވިދާޅުވީ އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.
"ޖަރުކަންދުގައި މުސްލިމަކު މަރާލުމަކީ ވަރަށް ހިތުގައި ޖެހުނު ކަމެއް. ޒުވާނެއްގެ ފުރާނަ ދުއްވާލުމަކީ ކޮންމެ މީހަކު ވެސް ހިތާމަ ކުރާނެކަމެއް. އެކަން ކުރި ބަޔަކަށް ހަރުކަށި އަދަބު ދޭން ޖެހޭނެ،" ޕާލަމެންޓުގެ މަތީ ގޭގައި ވާހަކަ ދައްކަވަމުން މޯދީ ވިދާޅުވި އެވެ.
އިރުމަތީގެ ޖަރްކަންޑް ސްޓޭޓުގެ ގެއަކުން ސައިކަލެއް ވަގަށް ނެގި ކަމަށް ތުހުމަތުކޮށް ހިންދޫންގެ ބަޔަކު އަނިޔާކޮށް މަރާލީ އުމުރުން 24 އަހަރުގެ މުސްލިމް ޒުވާނެއް ކަމަށްވާ ތަބްރޭޒީ އަންސާރީ އެވެ. އޭނާ އަށް އަނިޔާކުރަމުން ދިޔަ އިރު ވަނީ ހިންދޫ ކަލާނގެ އަށް ތައުރީފްކޮށް ބަސްތައް ބުނުމަށް މަޖްބޫރުކޮށްފަ އެވެ. އެ ވީޑިއޯ ވަނީ ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފަ އެވެ.
އަންސާރީގެ މަރާ ގުޅިގެން ފުލުހުން ވަނީ 11 މީހަކު ހައްޔަރުކޮށްފަ އެވެ.
އަންސާރީގެ އަންހެނުން ޝަހިސްތާ ޕަރްވީން ބީބީސީ އަށް ބުނީ ކަރަންޓް ހޮޅިދަނޑިއެއްގައި އަންސާރީ ބަނދެފައި އެއްރޭ ވަންދެން ބަހައްޓައި އަނިޔާ ކުރި ކަމަށެވެ. އަދި ފުލުހުންނަށް ހަވާލުކުރީ އަނެއް ދުވަހު ކަމަށް އޭނާ ބުންޏެވެ. ހޮސްޕިޓަލަށް ގެންދިޔައީ ހަތަރު ދުވަސް ފަހުން ކަމަށް ވެސް އޭނާ ބުންޏެވެ. ޕަރްވީން ބުނީ އަންސާރީ އަށް އަނިޔާކުރީ ހިންދޫ ކަލާނގެ އަށް ތައުރީފްކޮށް ވާހަކަ ދައްކަން ދެކޮޅު ހެދުމުން ކަމަށެވެ.
އިންޑިއާގެ އިދިކޮޅު ޕާޓީތަކުން ތުހުމަތު ކުރަނީ ދީނީ ހަމަނުޖެހުންތައް ހުއްޓުވުމަށް މޯދީ އެއްވެސް މަސައްކަތެއް ނުކުރައްވާ ކަމަށެވެ. އަދި ހިންދޫންގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) 2014 ވަނަ އަހަރު ވެރިކަމަށް އައި ފަހުން މުސްލިމުންނަށް ކުރާ އަނިޔާތައް އިތުރުވެފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ. އެ ޕާޓީ ވަނީ ނިމިގެން ދިޔަ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބުކޮށް މިދިޔަ މަހު ވެރިކަމާ އަލުން ހަވާލުވެފަ އެވެ.
މޯދީގެ ބަސްމަގު ބަދަލުވެ، މުސްލިމުންނަށް އިތުރު ބިރެއް
ދީނީ މިނިވަންކަމުގެ ކަޅު ލިސްޓުގައި އިންޑިއާ ހިމަނާ
ބީބީސީގެ ޑޮކިއުމެންޓްރީ އިންޑިއާގައި މަނާކޮށްފި
މޯދީއާ ދެކޮޅު ލިންކުތައް ބަންދުކުރުމަށް އަންގައިފި
ޝާހްރުކްގެ ދަރިފުޅާ މެދު ކަންތައް ކުރަނީ "ޒާތީކޮށް"
އިންޑިއާގެ މުސްލިމް މާމަ ޓައިމްގެ ގަދަ 100 އަށް
ފަރުހާނާ ދެކޮޅަށް ސޯޝަލް މީޑިއާގައި ކެމްޕޭނެއް
މޯދީ ވިދާޅުވަނީ ވަކި ދީނަކަށް އަމާޒުނުކުރާ ކަމަށް!
މޯދީއަށް ހާސްކަމެއް ނެތް! ގޯސްކުރެއްވީ އިދިކޮޅު!
މޯދީގެ ކާމިޔާބީއާ އެކު މުސްލިމުންނަށް ވާނީ ކިހިނެއް؟