Roadha Mihaaru
އުމްރާގައި ހުއްޓައި އަނިޔާވި މީހާ ގެންނަން އެހީވަނީ

އުމްރާގައި ހުއްޓައި ހާލު ދެރަވި މީހާ ރާއްޖެ ގެންނަން އެމްބަސީން އެހީވަނީ

21 ޑިސެމްބަރ 2019

އުމްރާގެ އަޅުކަމަށް މައްކާގައި ހުރި ދިވެއްސެއްގެ ހާލު ދެރަވުމުން އޭނާ ރާއްޖެ ގެނައުމަށް ސައުދީގައި ހުންނަ ރާއްޖޭގެ އެމްބަސީން އެހީތެރިވަމުންދާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އުމްރާގެ އަޅުކަމަށް މައްކާގައި ހުރި ދިވެއްސެއްގެ ހާލު ދެރަވުމުން އޭނާ ރާއްޖެ ގެނައުމަށް ސައުދީގައި ހުންނަ ރާއްޖޭގެ އެމްބަސީން އެހީތެރިވަމުންދާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

ތ. ގުރައިދު އަށް ނިސްބަތްވާ އުމުރުން 79 އަހަރުގެ ހައްވާ އަލީ އުމްރާގެ އަޅުކަމުގައި ހުއްޓައި ވެއްޓި، ފައިގެ ބައެއް ކަށިތަކުގައި ވަނީ ރެނދު ލައިފަ އެވެ. އޭނާ މާލެ ގެނައުމަށް އެހީ ހޯދުމުގެ މަސައްކަތް އާއިލާއިން އަންނަނީ ކުރަމުންނެވެ.

އެކަމާ ގުޅިގެން ފޮރިން މިނިސްޓަރު ޝާހިދު ކުރެއްވި ޓްވީޓެއްގައި ވަނީ ސައުދީގައި ހުންނަ ރާއްޖޭގެ ސަފީރު، ހައްވާ އާއި އޭނާގެ އާއިލާއާ ބައްދަލު ކޮށްފައިވާ ކަމަށާއި އޭނާ ރާއްޖެ ގެނައުމަށް އެމްބަސީން އެހީތެރިކަން ފޯރުކޮށް ދެމުން އަންނަ ކަމަށެވެ.

ޝާހިދުގެ ޓްވީޓް

ޔަލަމްލަމް ޖަމާއަތުގެ ހަވާލުގައި އުމްރާއަށް ދިޔަ އެ މީހާ ރާއްޖެ ގެނައުމަށް ކަމާބެހޭ ފަރާތްތަކާ މުއާމަލާތް ކުރަމުންދާ ކަމަށް އެ ޖަމާއަތުން ވެސް ވަނީ ބުނެފަ އެވެ. އެކަމަކު ބަލި މީހަކު ގެނެވޭނެ މިންވަރުގެ ޖާގަ އެއާލައިނުން ލިބުމުގެ ދަތިތައް ކުރިމަތިވެފައިވާ ކަމަށް އެ ޖަމާއަތުން ބުނެފައިވެ އެވެ.